Advertisement
header ad
XeeTimesXeeTimes
4 މަހުގެ ތުއްތުކުއްޖެއްގެ މަރުގައި ޝައްކުތަކެއް، ޕޯސްޓްމޯޓަމް ހަދަނީ!

4 މަހުގެ ތުއްތުކުއްޖެއްގެ މަރުގައި ޝައްކުތަކެއް، ޕޯސްޓްމޯޓަމް ހަދަނީ!

4 މަހުގެ ކުއްޖަކު މަރުވެފައި އޮއްވާ ރޭ ދަންވަރު ފެނުނީ ކ. ގުރައިދޫ އިންނެވެ. މިކުއްޖާގެ މަރުގައި ޝައްކުތަކެއް އުފެދޭ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. މިގޮތުން މަރުވެފައި އޮތްއިރު ނޭފަތުން ލޭ އައިސްފައިވާ ކަމަށް ވަނީ ބުނެފައެވެ.

ފުލުހުން ވިދާޅުވީ ކ. ގުރައިދޫގައި 4 މަހުގެ ތުއްތުކުއްޖަކު މަރުވި މައްސަލަ 14 ޑިސެންބަރުގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މިކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ގުރައިދޫއިން މައުލޫމާތުދިން މީހަކު ބުނިގޮތުގައި މިކުއްޖާގެ ހަށިގަނޑު ފެނުނު ގެއާއި އެ ގެ ހިމެނޭ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައެވެ. މިކުއްޖާގެ ހަށިގަނޑު މާލެގެނެސް ޓެސްޓްތައް ހެދުމަށްފަހު ހަށިގަނޑު އޮތީ ގަލޮޅު މޯޗަރީގައި ބާއްވާފައެވެ. މިކުއްޖާގެ މަރާއި ގުޅޭގޮތުން އަދި އިތުރު ތަފްސީލީ މައުލޫމާތެއް ނުލިބެއެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —