Advertisement
header ad
XeeTimesXeeTimes
ފިރިހެނުންގެ ދުވަސް ފާހަގަ ކުރަނީ ކީއްވެ؟

ފިރިހެނުންގެ ދުވަސް ފާހަގަ ކުރަނީ ކީއްވެ؟

ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރ 19 އެވެ.  މިއަހަރު ފިރިހެނުންގެ ދުވަހުގެ ތީމަކީ "މެންސް ހެލްތް ޗެމްޕިއަންސް" އެވެ.

މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި ފިރިހެނުންނާއި ފިރިހެން ކުދިންގެ ސިއްހަތު ރަނގަޅުކުރުމާއި، ފިރިހެނުންގެ ނަފްސާނީ ސިއްހަތާއި ބެހޭގޮތުން ފާޅުކަން ބޮޑު ގޮތެއްގައި  ވާހަކަ ދެއްކުމާއި، އެހީތެރި އެއްބާރުލުންދޭ މާހައުލެއް ޕްރޮމޯޓްކުރުމަށް ބާރު އެޅުން ހިމެނެއެވެ.

ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 1992 ވަނަ އަހަރު އިލްމްވެރިއެއްކަމަށްވާ  ޑރ. ޖެރޯމް ޓިލަކްސިންގ އަށް ޝުކުރުއަދާކުރުމުގެ ގޮތުންނެވެ.  އޭނާއަށް އެދުވަސް ހައްސަ ކުރީ ފިރިހެނުންގެ ސިއްހަތާއި، ފިރިހެނުންނަށް ދިމާވާ ކްރިޓިކަލް މައްސަލަތަކާއި ޖެންޑާ ބޭސްޑް ވަޔަލެންސް އާއި ޕޮސިޓިވް ފިރިހެން ރޯލްމޮޑެލުންގެ މުހިންމުކަމާއި ބެހޭގޮތުން ފާޅުގައި ވާހަކަ ދެއްކުމާއި  ހޭލުންތެރިކަން އިތުރުކުރުމަށް އޭނާ ކުރެއްވި މަސައްކަތް ފާހަގަ ކުރުމުގެ ގޮތުންނެވެ. 

Article - in content
Advertisement

ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެކި ގައުމުތަކުގައި ހަރަކާތްތައް ބާއްވައެވެ. އެކި ކަހަލަ ހަފްލާތަކާއި ސެމިނާރތަކާއި  ވޯކްޝޮޕްތަކާއި ބައްދަލުވުންތައް ބާއްވައެވެ. އަދި ފިރިހެނުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަދިޔާ ދިނުން ފަދަ ކަންކަން ކުރެއެވެ. ރާއްޖޭގައިވެސް ބައެއް އާއިލާތަކާއި އޮފީސްތަކުން މި ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —