Advertisement
header ad
XeeTimesXeeTimes
ކުދިންގެ މިޒާޖަށް އަވަސްއަވަހަށް ބަދަލު އަންނަނީ ކީއްވެ؟ ކޮބާ ހައްލަކީ؟ އިލްމާއި ހިލްމު

ކުދިންގެ މިޒާޖަށް އަވަސްއަވަހަށް ބަދަލު އަންނަނީ ކީއްވެ؟ ކޮބާ ހައްލަކީ؟

ސްކޫލަށް ކުދިން ދާންފަށާ ދުވަސްވަރަކީ ތަފާތު މިޒާޖުގެ ކުދިންނާއި ދިމާވެ އާއިލާއާއި ދުރުގައި ވަގުތުތަކެއް ހޭދަކުރަންޖެހި ކުދިންގެ މިޒާޖަށް ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. މިފަދަ ދުވަސްވަރެއްގައި ކުދިންނަށް އެއަންނަ ބަދަލު ދެނެގަނެ އެހީތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ބައެއް ފަހަރަށް ކުދިންނަށް ކުރިމަތިވާ ޕްރެޝަރުތަކެއްގެ ސަބަބުންވެސް މިޒާޖަށް ބަދަލު އާދެއެވެ. މިގޮތުން ގިނައަދަދެއްގެ ފިލާވަޅު އެއްފަހަރާ ދަސްކުރަންޖެހި ނުވަތަ އެކީގައި އުޅޭ ކުލާސްކުދިން އަމަލުކުރާ ގޮތުން ދެރަވެ އެކަމުގެ ރުޅިވެރިކަން ގެއަށް އައިސް ފެނުމަކީ އެކަށީގެންވާކަމެކެވެ.

މިޒާޖު ގޯސްނަމަ އަމަލުކުރާނީ ކިހިނެއް؟

  • ދަރިފުޅާއި ހަތަރުކަޅި ހަމަކޮށް ވާހަކަދައްކާށެވެ.
  • ގޯސްކޮށް ދިމާވެފައިވަނީ ކޮންކަމެއްތޯ މަޑުމައިތިރިކަމާއެކު އަހާއޮޅުންފިލުވާށެވެ.
  • ދަރިފުޅަށް ސަމާލުކަންދޭކަށް އަމަލާއި ބަހުން ސާބިތުކޮށްދޭށެވެ.
  • ދަރިފުޅުގެ ރަނގަޅު ކަންތައް ފާހަގަކޮށް ހިތްވަރުދޭށެވެ.
  • މިޒާޖު ގޯސްވާއިރު ރީއްޗަށް ވާހަކަދައްކައިގެން ދަރިފުޅަށް ވިސްނައިދިނުމަށް މަސައްކަތްކުރާށެވެ.
  • ދަރިފުޅު އެކަންތައްތަކުން އަރައިގަތުމަށް ކުޑަވަގުތުކޮޅެއް ދޭށެވެ. ހަމަޖެހިލުމުން ދެން ވާހަކަ ދެއްކިދާނެއެވެ.

މާބޮޑަށް ރުޅިގަދަކުރާނަމަ އަމަލު ކުރެވިދާނެ ގޮތެއް

Article - in content
Advertisement
  • ފުންކޮށް ލަސްލަހުން ނޭވާލުމަށް ބުނެދިނުން
  • އިތުބާރުކުރެވޭ މީހަކާއި ކަންތައްތައް ހިއްސާކުރުމަށް ބާރުއެޅުން
  • ދަރިފުޅު ދާހިތްވާފަދަ ތަނަކަށް ބީޗަށް ނުވަތަ ޕާކަށްވިއަސް ގެންދިއުން
  • 1 އިން ފެށިގެން 10 އާއި ހަމައަށް ގުނުމަށް ބުނުން

ރުޅިއައިސް މިޒާޖަށް ބަދަލުއައިސް ހުންނަ ކުއްޖަކާއި ދިމާލަށް ނުބުނަންވީ ކީކޭ؟

" ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟ މިއީ ކުއްޖާގެ މައްސަލައެއް " މިފަދައިން ބުނުމުން އެކުއްޖެއްގެ ރުޅިގަދަވުމަށް އެހީވެއެވެ. ރުޅިއައިސް ހުންނައިރު ދަރިފުޅާއި 'ޗެލެންޖް' ނުކުރާށެވެ. އެއީ އަލިފާނަށް ތެޔޮއެޅުންފަދަ ކަމެކެވެ. އޭގެ ބަދަލުގައި މަޑުމަޑުން ދަރިފުޅަށް ވިސްނޭގޮތަށް ވާހަކަދައްކާ އެހެން މައުޟޫއަކަށް ވާހަކަ ބަދަލުކުރުން ނުވަތަ އެހެންކަމަކަށް ސަމާލުކަންދޭތޯ މަސައްކަތް ކުރެވިދާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —