Advertisement
header ad
XeeTimesXeeTimes
އަޒަރުބައިޖާން އެއަރލައިންސްއިން ބަކޫއާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި ދެމެދު ސީދާ ދަތުރުތައް ފަށައިފި! ވިޔަފާރި

އަޒަރުބައިޖާން އެއަރލައިންސްއިން ބަކޫއާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި ދެމެދު ސީދާ ދަތުރުތައް ފަށައިފި!

އަޒަރުބައިޖާންގެ ވެރިރަށް ބަކޫ އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އަށް އަޒަރުބައިޖާން އެއަރލައިންސްގެ ސީދާ ދަތުރުތައް މިއަދު ވަނީ ފަށައިފައެވެ. އަޒަރުބައިޖާން އެއަރލައިންސްގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ މިއަދު ހެނދުނު 09:45 ގައެވެ. މި ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު، ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ލަމްޢާން، ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޖުތަބާ ލަތީފްގެ އިތުރުން ކުންފުނީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރ މުހައްމަދު މިހާދު ވިދާޅުވީ މި އައު ރޫޓުގެ ސަބަބުން ދެޤައުމުގެ މެދުގައި ދަތުރުފަތުރުގެ ގުޅުން ވަރުގަދަވެ އަޒަރުބައިޖާނުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހައިން ދަތުރުކުރެވޭނެ މަގު ހުޅުވިގެންދާނެ ކަމަށެވެ.

އަޒަރުބައިޖާން އެއަރލައިންސްގެ ޗީފް ކޮމާޝަލް އޮފިސަރ ޖަމީލް މަނިޒާޑޭ ވިދާޅުވީ ވިންޓަރ ސީޒަންގައި ދިވެހިރާއްޖެ ފަދަ މަޤްބޫލު މަންޒިލަކަށް ސީދާ ދަތުރުތައް ފެށުމަކީ އަޒަރުބައިޖާނުގެ ފަތުރުވެރިންނަށް ލިބޭ ބޮޑު ފަސޭހައެއް ކަމަށެވެ.

Article - in content
Advertisement

ބަކޫ އާއި ވީއައިއޭއާއި ދެމެދު އަޒަރުބައިޖާން އެއަރލައިންސްއިން ހަފްތާއަކު ދެ ފްލައިޓެއް އޮޕަރޭޓްކުރުމަށް ނިންމާފައިވާއިރު މި ދަތުރުތަކުގައި ބޭނުންކުރާނީ އެއަރބަސް ބީ 787 މަރުކާގެ މަތިންދާބޯޓެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —