Advertisement
header ad
XeeTimesXeeTimes
ޑޮކްޓަރީ ބޭސް ރާއްޖޭގައި ވިއްކާ އަގު ބޮޑުވުމުން އަގު ކުޑަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަނީ!

ޑޮކްޓަރީ ބޭސް ރާއްޖޭގައި ވިއްކާ އަގު ބޮޑުވުމުން އަގު ކުޑަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަނީ!

ޑޮކްޓަރީ ބޭސް އެކި އަގުތަކުގައި ބޭސްފިހާރަތަކުން ވިއްކާތީ އެއީ އާންމުންގެ ކަންބޮޑުވުމެކެވެ. މިގޮތުން ބޭސްފިހާރަތަކުގައި ތިބޭ ބިދޭސީން ހިތަށްއެރި އަގެއްގައި ބޭސް ވިއްކާކަން ވަނީ ފާހަގަވެފައެވެ. އެއްދުވަހު ގަންނަ ބޭސް ޖެހިގެން އަންނަ ދުވަހު ގަންނައިރު އަގަށް ބޮޑު ބަދަލެއް ގެނެސްފައި ހުރެއެވެ.

ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ބާޒާރުގައި ވިއްކަމުންދާ އަގު ބޮޑުވުމުން އެކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި މުއައްސަސާތަކަށް އަންގަވާފައި ވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިރޭ ސޯޝަލްމީޑިއާ މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.

ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ 200 އިންސައްތައިން ފެށިގެން 2000 އިންސައްތައާއި ދެމެދުގެ ފައިދާއެއް ލިބޭ މިންވަރުގައިކަން ފާހަގަކުރައްވާފައި ވެއެވެ.

Article - in content
Advertisement

" މިކަމަށް ފިޔަވަޅު އެޅުމުން ބޭހުގެ ބާޒާރުގެ އަގާއި އާސަންދައިން ޗާޖުކުރާ އަގު ދަށްކުރެވިގެންދާނެ. އަދި މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދައިން އިސްރާފުވަމުންދާ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަލާމަތްކުރެވި، ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެ". ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

ޑޮކްޓަރީ ބޭހުގެ އަގު ކުޑަކުރުމަށް ބަދަލު ގެންނާނެ ގޮތުގެ ތާވަލާއި ތަފްސީލު ވަރަށް އަވަހަށް އާންމުކޮށް އިޢުލާންކުރެވޭނެކަމުގައި ވެސް ރައީސުލްޖޫމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —