Advertisement
header ad
XeeTimesXeeTimes
ޓެލެތޯން: ފަލަސްޠީނަށް އެހީތެރިވުމުގައި ދިވެހީން ދަނީ ނަމޫނާ ދައްކަމުން

ޓެލެތޯން: ފަލަސްޠީނަށް އެހީތެރިވުމުގައި ދިވެހީން ދަނީ ނަމޫނާ ދައްކަމުން

ފަލަސްތީނަށް އެހީތެރިވުމުގައި ދިވެހިންނަކީ ނަމޫނާއެކެވެ. މިނަމޫނާ އެތައްފަހަރެއްގެމަތިން ދައްކާ ދިވެހިން ވަނީ މިއަދު ކުރިއަށްދާ ޓެލެތޯނުގައިވެސް ގިނައަދަދެއްގެ ފައިސާ ފަލަސްތީނަށް ހަދިޔާކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން މީޑިއާތަކުގެ އެހީތެރިކަމާއެކު މިއަދު ހެނދުނުން ފެށިގެން ކުރިއަށްގެންދާ ޓެލެތޯނުގައި މިހާތަނަށް 8 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މާލެ ސަރަހައްދުގައި 13 ފަންޑުފޮށި ބެހެއްޓުނުއިރު މިރޭ 12 ޖެހުމާއި ހަމައަށް ޓެލެތޯން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އާންމު ފަރުދުންގެ އިތުރަށް ރަށްރަށުގެ ކައުންސިލް އަދި މިނިސްޓްރީތަކާއި ކުންފުނިތައް މެދުވެރިކޮށްވެސް ވަނީ ފައިސާ ހަދިޔާކޮށްފައެވެ. 

ފައިސާ ހަދިޔާކުރެވޭނެ އެކައުންޓްގެ ނަމަކީ ފަލަސްތީނާއިއެކު ދިވެހީން އެވެ. އަދި އެކައުންޓް ނަންބަރުތައް: 7730000655865 (ދިވެހި ރުފިޔާ)

7730000655866 (ޑޮލަރު އެކައުންޓް)

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —