Advertisement
header ad
XeeTimesXeeTimes
ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ ކެތްތެރިކަމާއެކު އަދާކުރަންޖެހޭ ބުރަ ޒިންމާއެއް – ރައީސުލްޖުމްހޫރިއްޔާގެ ނައިބު

ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ ކެތްތެރިކަމާއެކު އަދާކުރަންޖެހޭ ބުރަ ޒިންމާއެއް – ރައީސުލްޖުމްހޫރިއްޔާގެ ނައިބު

ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ ވަރަށް ކެތްތެރިކަމާއި ހިކުމަތްތެރިކަމާއި ކަމަށް ކަމޭ ހިތުމާއެކު އަދާކުރަންޖެހޭ ބުރަ ޒިންމާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަޠީފް ވަނީ ވިދާޅުވެފައެވެ. މިގޮތަށް ވިދާޅުވީ 4 ވަނަ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް ހުޅުވުމުގެ ގޮތުން މިއަދު ހެނދުނު ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު (ވ) އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް

" އެއިރު އެއޮންނަ ސަރުކާރަކުން ކަނޑައަޅާ އަމާޒަށް ޤައުމު ގެންގޮސް ދިނުމަށް ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދޭން މަސައްކަތްކުރާ އެއްބަޔަކީ ސިވިލްސަރވިސް. ކޮންމެ ސަރުކާރެއްގެވެސް އަމާޒުތައް ހާސިލުކޮށްދިނުމުގައި ޤައުމީ ލޯބީގައި ވަރަށް މުރާލިކަމާއި އައްސަރިބަހާއި ސާބަސް ތަކުރާރުކުރަންޖެހޭނެ ޚިދުމަތްތަކެއް ދިވެހި ސިވިލް ސަރވިސްއިން ދަނީ ކޮށްދެއްވަމުން. އެކަމަށްޓަކައި ޝުކުރުވެރިވަން". ނައިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ޚިދުމަތްދިނުމުގައި ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފަކުވެސް ހިނިތުންވުމާއި އޯގާތެރިކަން އިސްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ކުރިއަރަމުންދާ ޓެކްނޮލޮޖީއާއެކު ޒަމާނާ ގުޅޭގޮތަށް ޚިދުމަތްތައް ބައްޓަން ކުރެއްވުމަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އެދިވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އޮންލައިންކޮށް ޚިދުމަތްދިނުންފަދަ ކިޔޫގައި ޖެހެން ނުޖެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޙައްލު ހޯދެންހުރި ކަންކަމަށް ހައްލު ހޯދުންފަދަ ކަންކަން ފާހަގަކުރެއްވިއެވެ.

Article - in content
Advertisement

މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ ސިވިލް ސަރވިސްގެ އިދާރާތަކުން ފޯރުވައިދޭ ޚިދުމަތްތައް ޓެކްނޮލޮޖީގެ އެހީގައި ސްމާޓް ގަވަރނަންސްގެ މަފްހޫމްތައް ބޭނުންކޮށްގެން ދެވޭނެ އިންތިޒާމްތައް ހަމަޖައްސައި ފުޅާކުރުމަކީ ފެންވަރު ރަނގަޅު ޚިދުމަތެއް ޚަރަދު ކުޑަކޮށް ދިނުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

"ސްމާރޓް ގަވަރނަންސް ފޯރ ސިވިލް ސަރވިސް އެކްސެލެންސް" މި ތީމުގެ ދަށުން މިއަދު ފެށި 4 ވަނަ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސްގައި ޖުމްލަ 3 ދާއިރާއަކުން 15 ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. އަދި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 250 އަށްވުރެ ގިނަ ބައިވެރިވެރިން މި ކޮންފަރެންސްގައި ބައިވެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —