Advertisement
header ad
XeeTimesXeeTimes
ޔަހޫދީ އިސްވެރިން އިންސާފުގެ ކުރިމައްޗަށް ގެނެސް ޖަރީމާތަކަށް ޒިންމާ ކުރުވަންޖެހޭ- ރައީސް

ޔަހޫދީ އިސްވެރިން އިންސާފުގެ ކުރިމައްޗަށް ގެނެސް ޖަރީމާތަކަށް ޒިންމާ ކުރުވަންޖެހޭ- ރައީސް

'އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް' (ސިޑްސް) މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި ދުނިޔޭގެ ލީޑަރުން ތެދުވާންޖެހޭ ކަމަށެވެ.

ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ އަމުރަށް ބެލުމެއްނެތި ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތައް ހުއްޓުމަށް ސިޑްސްގެ ޤައުމުތަކުގެ ލީޑަރުން އެއްބައިވަންތަވެގެން ގޮވާލަންޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ޔަހޫދީ އިސްވެރިން އިންސާފުގެ ކުރިމައްޗަށް ގެނެސް ޖަރީމާތަކަށް ޒިންމާ ކުރުވަންވީ ވަގުތު ޖެހިއްޖެކަމަށް ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުމެންނަށް އެނގޭ އެއްވެސް އެހީތެރިކަމެއް ނެތްކަމުގެ އިހުސާސް، ބައިނަލްއަގްވާމީ ނިޒާމުން އަޅާނުލާ ކަހަލަ އިހުސާސް. ފަލަސްޠީނުގެ ރައްޔިތުންނާއެކު އަޅުގަނޑުމެން ތިބިކަން އަންގައިދިނުމަށް އެންމެން ގުޅިގެން އެއްބައިވަންތަކަން ފާހަގަކޮށްލަމާ ހިނގާ".

Article - in content
Advertisement

ރައީސް ޑރ. މުޢިއްޒު ގެންދަވަނީ ތަފާތު ތަންތަނުގައި ފަލަސްޠީނުގެ ހައްގުގައި ވަކާލާތު ކުރައްވަމުންނެވެ. މީގެތެރޭގައި ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި އެމަނިކުފާނު ކުރައްވާ ޓްވީޓްތައް ވެސް ފާހަގަކުރެވެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —