Advertisement
header ad
XeeTimesXeeTimes
ކުޑަކުދިން ބޮޑެތިކުރަންވާނީ އިސްލާމީ އުސޫލުތަކަށް ކަމޭހިތައި އުޅުންހުރި ޖީލެއްގެ ގޮތުގައި - ރައީސް

ކުޑަކުދިން ބޮޑެތިކުރަންވާނީ އިސްލާމީ އުސޫލުތަކަށް ކަމޭހިތައި އުޅުންހުރި ޖީލެއްގެ ގޮތުގައި - ރައީސް

ކުުޑަަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްމުޖްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވި ޚިޠާބުގައި ވަނީ ކުޑަކުދިންގެ ދުވަހުގައި ހިތަށްވެރިވާ އުފާވެރި އަދި އުންމީދީ އިހްސާސްތަކާއެކު ހިތާމަވެރި އަސަރުކުރުވާކަމެއް އޮތްކަމަށް ވިދާޅުވެފައެވެ. އެއީ ފަލަސްޠީނުގެ ބިމުގައި އަނިޔާ ލިބި ބިކަ ހާލުގައި ޖެހެމުންދާ އެތައް ހާސް ކުޑަކުދީންކަމުގައި ވަނީ ވިދާޅުވެފައެވެ.

" އިޒްރޭލުގެ އަނިޔާވެރި އަތްތަކުގެ ޝިކާރައަކަށްވެ ހަޔާތުގެ ޅަނދޮޅު ފޯވަހީގެ އެންމެ ހިތްފަހި ދުވަސްތަކުގެ އުފަލާއި ތަޢުލީމާއި އާއިލީ ލޯބިން މަހްރޫމްވަމުންދާ މައުސޫމް ކުދިންނަކީ ހަމަ އަޅުގަނޑުމެންގެވެސް ދަރިން. އަދި އެކުދީންގެ ތެރެއިން ޝަހީދުވާ ކޮންމެ ކުއްޖަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަނިޔާލިބި ގެދޮރުގެއްލި ނިކަމެތިވަމުންދާ ކޮންމެ ކުއްޖަކަށް ރަހުމްތާއި މަދަދުގެ ހާސްދޮރު ހުޅުއްވާށި".

އަޅުގަނޑުމެންގެ ކޮންމެ ބޮޑުމީހެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު ދީނީ، އިންސާނީ، އަދި ޤައުމީ މަސްއޫލިއްޔަތެއް އެބައޮތްކަމަށާއި، އެއީ ކުޑަކުދިންނަށް ރައްކާތެރިކަންދީ ރީތި ނަމޫނާ ދައްކާ ހެޔޮމަގަށް އެކުދީންގެ ސުލޫކު ބައްޓަންކުރަން މަގުދައްކައިދިނުމުގައި ހަމަ ކޮންމެމީހަކުވެސް ދެމިހުރުންކަމުގައި ރައީސްގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. 

Article - in content
Advertisement

"ދިވެހިލޮބުވެތި ކުޑަކުދީން ބޮޑެތިކުރަންވާނީ އިސްލާމީ އުސޫލުތަކަށް ކަމޭހިތައި ދިވެހިވަންތަކަމަށް ލޯބިކުރާ ޤައުމު އިސްކުރާ ގޮތްހުރި އުޅުންހުރި ޖީލެއްގެ ގޮތުގައި. މިއީ އަޅުގަނޑުމެންގެ އެންމެންގެ ޒިންމާއެއް".

ރާއްޖޭގެ އެކިރަށްރަށަށް ކުރާ ޒިޔާރަތުގައި ވަރަށްގިނަ ކުޑަކުދިން އެކުދިން ކުޅިވަރު ކުޅެއުޅޭނެ ޒަމާނީ ޕާކެއް ރަށުގައި ބިނާކޮށްދިނުމަށް އެދޭކަމަށާއި، އިރާދަކުރެއްވިއްޔާ ކުޑަކުދިންނަށާއި އާއިލާތަކަށް ބޭނުންވާނެ އެފަދަ ޕާކުތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ސަރުކާރުން ބިނާކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.  

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —