Advertisement
header ad
XeeTimesXeeTimes
އަމިއްލަ ނަފްސަށް ހަޖޫޖެހުން، ދިވެހިން ދޫކޮށްލަންވެއްޖެ އާދައެއް!

އަމިއްލަ ނަފްސަށް ހަޖޫޖެހުން، ދިވެހިން ދޫކޮށްލަންވެއްޖެ އާދައެއް!

ކަމެއް ގޯސްކޮށް ކުރެވޭއިރަށް މިހާރު އެކަމެއް ހައްލުކުރަން މަސައްކަތްކުރަނީ ސޯޝަލްމީޑިއާ މެދުވެރިކޮށޭ ބުނުމަކުން މުޅިއަކުން ދޮގަކަށް ނުވާނެއެވެ. ދިވެހީންނަކީ ކަނޑުމަސް ކައިގެން ވިސްނާ ބައެއް ކަމަށް ބުނާ މީހުން މަދެއްނުވާނެއެވެ. އެންމެ ރަނގަޅެވެ. ކަނޑުމަހަކީ ހަށިގަނޑަށް އެތަކެއްފައިދާތަކެއް ލިއްބައިދޭ މަހެކެވެ. ބައެއް މީހުން ސިފަކުރާ ގޮތުގައި ކަނޑުމަސް ކައިގެން މީހާގެ ބުއްދި ބޭނުންކުރަނީ ކަނޑުމަހުގެ ވިސްނުމަށް ކަމަށްވެސް ވެދާނެއެވެ.

މިގޮތަށް ވާހަކަދައްކަނީވެސް ހަމަދިވެހީންނެވެ. ނިސްބަތްކުރަނީ ދިވެހީންނަށެވެ. ކުރެވެނީ އަމިއްލަ ނަފްސަށް މަލާމާތެވެ. އެކަން އެގޮތަށް ކުރުމުގެ ބަދަލުގައި މުޖުތަމައު ހޭލުންތެރިކުރުވަން ފަރުދެއްގެ ހައިސިއްޔަތުން ތިމާއަށް ކޮށްދެވެނީ ކޮންކަމެއްތޯބަލާ އެކަން ކުރުމަށް ވަގުތުދިނުމުން ފައިދާ ބޮޑުވާނެކަމަށް ބެލެވެއެވެ. މަގެއްގެ މަތިން މީހަކު ގޯސްކަމެއް ކުރާތަން ފެނުމުން އެކަން ނުފެންނަކަމަށް ހަދާފައި ދިއުމުގެ ބަދަލުގައި އެކަން އިސްލާހުކުރަން ބުނެވޭވަރުގެ މީހަކަށް ވާށެވެ. ތަފާތު ވައްތަރުގެ މީހުންނާ ދިމާވާނެއެވެ. އަދި ތިމާއަށް އެނގިހުރެ ކަމެއްގޯސްކޮށް ދިއުމަށްވުރެން އެކަން ރަނގަޅުކުރަން މަސައްކަތްކުރުން ބުއްދިވެރިވާނެއެވެ. ތިމާގެ އަމިއްލަ ނަފްސަށް ރަނގަޅު ކަންކަމަށް އެދޭފަދައިން ތިމާގެ އަޚާއަށްވެސް އެގޮތްވުމަށް އެދޭށެވެ. ވީދިފައިވާ ފޭރާން އަލުން ފަހަން އެހީތެރިވެދޭ މީހަކަށް ވާށެވެ. ދެކޮޅުވެރިކަން ދޫކޮށްލާ އެކުވެރި ރަހުމަތްތެރި މުޖުތަމައެއް ބިނާކުރަން އެހީތެރިވާ ފަރުދަކަށްވާށެވެ. ކާމިޔާބުވާނީ ދާދި ގާތުގައެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —