May 19, 2024 09:57
Advertisement

-Advertisement-

ކޮފީ ބޮއެފަ ތަށި ޑަސްބިނަށް ވައްޓާލުން އެއީ އެހާބޮޑު ކަމެއްތަ!

ކޮފީއެެއްް ބޯލުމަށްޓަކައި ހުޅުމާލޭ ލަކުޑިކެޓީ ސަރަހައްދުގައި ހުރި ޖޯއްޔެއްގައި މަޑުކޮށްލުުމުުން ފާާހަަނގަަކުުރެެވުުނީީ، އެ ސަރަހައްދުގައި ހުންނަ ކޮފީއާއި ކެއުމަށް ބޭނުންކުރާ ތަފާތުބާވަތްތައް ވިއްކާ 2 ތަނުން ކޮފީގަންނަ މީހުންގެ އަދަދު ގިނަކަމެވެ. އެގޮތުން އަޅުގަނޑު އެތަނުގައި މަޑުކޮށްލި ވަގުތުކޮޅުތެރޭގައި ފެނިފައިވާ ބަައެއްްކަަންްކަަންް ހިއްސާކޮށްލާނަމެވެ. އެވަގުތު ތެރޭގައި ވަރަށްގިނަ މީހުން އެތަނުން ޚިދުމަތް ހޯދާފައިވެއެވެ. ގިނަމީހުން ގަނެފައިވަނީ ކޮފީއެވެ. ބައެއްމީހުން ކޮފީބޮއެ ނިންމާ ތަށިތައް ޑަސްބިނަށް އަޅާފައިވެއެވެ. ވަށައިގެން ޑަސްބިން ބަހައްޓާފައި ހުއްޓަކަސް މަދުބަޔަކު ކޮފީ ބުއިމަށްފަހު، ހުސްވެފައިވާ ފެންފުޅިއާއި ކޮފީތަށިތައް ބިންމައްޗަށް ނޫނީ ގޮނޑިތަކާއި އަށިތައް މައްޗަށް ދޫކޮށް ގޮސްފައިވާ މަންޒަރު ފެނިފައިވެއެވެ. އެ ސަރަހައްދުގައި ވަރަށްގިނަ އަދަދަކަށް ޑަސްބިން ބަހައްޓާފައި ހުއްޓެވެ. ނަމަވެސް އެއީ ޑަސްބިންކަމެއް ނޭނގޭ ބަޔަކު އުޅުމަކީވެސް އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ޑަސްބިންތައް ބަހައްޓާފައިހުރީ މާހައުލާއި ގުޅޭގޮތަށް ލަކުޑިން ތައްޔާރުކޮށްފައިވާ ފްރޭމްތަކެއްގޮތަށް މަތީގައި ގަސްއިންދާ ޒީނަތްރެރިކޮށްފައި ކަމަށްވުމުންނެވެ.

ހުޅުމާލޭގެ އިތުރުން މާލޭގައި ވެސް މީހުން ގިނައިން ގޮސްއުޅޭ ތަންތަނަށް ކުނި އުކާފައި ހުންނަ މަންޒަރު ފެނެއެވެ. ހަމައެކަނި ކޮފީބޯ ތައްޓެއް ނޫނެވެ. ތަފާތު ބާވަތްތަކުގެ ފުޅިއާއި ކޮތަޅުފަދަ ތަކެތިވެސް އާޓިފިޝަލް ބީޗް އަދި ރަސްފަންނަށް އުކާފައި ހުންނަ މަންޒަރު ފެނެއެވެ. މިގޮތަށް އެކިތަންތަނަށް ކުނިބުނި އުކާލުން މިއީ އަޅުގަނޑުމެން ދިވެހިން ރަނގަޅުކޮށްލަން ޖެހިފައިވާ ކަމެކެވެ. އެގޮތަށް އުކާލާފައިހުރި ކުނިތައް ފަތުރުވެރިންނަށް ފެނުމުން އެކުނި ހިފައިގެންގޮސް ޑަސްބިންތަކަށް އަޅާ މަންޒަރު ފެނުމުން ހިތާހިތުން ލަދުގަތެވެ. އެއީ ދިވެހީން ލަދުގަންނަންޖެހޭ ކަމެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ.

ދުނިޔޭގެ ގިނަ ބައަކަށް ދިވެހިރާއްޖެ އިޝްތިހާރު ކުރަމުންދަނީ ރީތި ކޮންމެހެންވެސް އަންނަންޖެހޭ ތަނެއްގެ ގޮތުގައެވެ. ފަރުދީގޮތުން ޒިންމާ އަދާކުރާށެވެ. އަދި އެ ޒިންމާ އަދާކުރާނެގޮތް ކުދިންނަށްވެސް ދަސްކޮށްދޭންޖެހެއެވެ. ދިރިއުޅޭ ވެށި ސާފުތާހިރުކޮށް ރީއްޗަށް ބޭއްވޭނީ އެންމެން ގުޅިގެން އެގޮތަށް މަސައްކަތްކޮށްގެންނެވެ. ދިވެހިރާއްޖެ ސާފުތާހިރު ހިތްހަމަޖެހޭ ތަނެއްގެ ގޮތުގައި އޮތުމުން ރީތިނަން ލިބޭނީ ދިވެހީންނަށެވެ.

Advertisement
+1
0
+1
1
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް