Advertisement
header ad
XeeTimesXeeTimes
އުރީދޫގެ ހަދިޔާފޮށިން އިނާމު ލިބުނު ފަރާތްތަކާއި އިނާމު ހަވާލުކުރުން ވިޔަފާރި

އުރީދޫގެ ހަދިޔާފޮށިން އިނާމު ލިބުނު ފަރާތްތަކާއި އިނާމު ހަވާލުކުރުން

މިއަހަރުގެ ރޯދަމަހު އުރީދޫގެ ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ގެނެސްދިން ހަދިޔާފޮށިން އިނާމުތައް ހާސިލުކުރި ނަސީބުވެރިންނަށް އިނާމު ހަވާލު ކުރީ ބުރާސްފަތިދުވަހު ހަވީރު އެވެ. އުރީދޫ ހެޑްކުއާޓާގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ހަދިޔާފޮށީގެ އެންމެ ޚާއްސަ އިނާމު ކަމަށްވާ އެޕަލް ވިޝަން ޕްރޯ ހާސިލުކުރި އަހްމަދު ފަޔާޒަށްވެސް ވަނީ (އޭނާގެ ފަރާތުން އިނާމާއި ހަވާލުވާން އައި ފަރާތާއި) އިނާމު ހަވާލުކޮށްފައެވެ. އިނާމުތަކުގެ ތެރޭގައި އެޕަލް ވިޝަން ޕްރޯގެ އިތުރުން މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަރ ހިމެނެއެވެ. ހަމަމިއާއެކު ޑޭޓާ ޕެކް، ގޭމިން ޕެކް، އަދި އިތުރު ގިނަ އިނާމުތަކެއް މިއަހަރުގެ ހަދިޔާ ފޮށީގައި ހިމެނުނެވެ. މި ހަރަކާތަކީ ކަސްޓަމަރުންގެ އަގު ވަޒަންކޮށް އާކަންކަން ކަސްޓަމަރުންނަށް ގެނެސްދިނުމުގެ މަގުސަދުގައި ކުރެވުނުކަމެއް ކަމަށް އުރީދޫގެ ސީސީއޯ ހުސައިން ނިޔާޒު ވަނީ ފާހަގަކުރައްވާފައެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —