May 4, 2024 09:22
Advertisement

-Advertisement-

މަޖިލިސް އިންތިޚާބުން ސަރުކާރަށް ބޮޑު ކާމިޔާބެއް، ދިވެހީންގެ ރާއްޖެއަށް އިތުރު އުންމީދެއް!

ރައްޔިތުންގެ މަޖިލިސް އިންތިޚާބު 2024 ގެ ވޯޓުލުން މިއަދު ހެނދުނު 8 އިން ހަވީރު 5:30 އަށް ކުރިއަށްދިޔައިރު މި އިންތިޚާބުން ސަރުކާރަށް މިވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ. ސަރުކާރު ހިންގާ ޕީއެންސީ އަށް 66 ގޮނޑި ލިބިފައިވާއިރު އެޕާޓީއިން ތާއީދު ކުރި އަމިއްލަ ގޮތުން ވާދަކުރި ބައެއް ކެންޑިޑޭޓުން ވެސް ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ. އެހެންވުމުން ޖުމްލަ 74 ގޮނޑިއާއެކު މިއީ ސުޕަމެޖޯރިޓީއެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މުޅިން އަލަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން އިންތިޚާބަށް ނެރުނުއިރު މިއީ މަޖިލީހުގައި މިހާރު ތިބި އެމްޑީޕީގެ މެންބަރުން ބަލިކޮށް ލިބުނު ފާހަގަކުރެވޭ ކާމިޔާބީއެކެވެ. މަޖިލީހުގައި ގިނަދުވަސްވީ ގިނަ މެންބަރުންތަކަކަށް ނާކާމިޔާބު ލިބުނުއިރު މި އިންތިޚާބުގައި ވާދަކުރި އެމްޑީޕީގެ ސަރުކާރުގެ މިނިސްޓަރުންނަށް ވެސް ވަނީ ނާކާމިޔާބު ލިބިފައެވެ. އޭގެތެރޭގައި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އައިޝަތު ނަހުލާ އާއި ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު އާއި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ކުރީގެ ހެލްތް މިނިސްޓަރ އަމީން އިބްރާހީމް ވެސް ވަނީ އިންތިޚާބުން ބަލިވެފައެވެ. މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމަށްވެސް ވަނީ ނާކާމިޔާބު ވެފައެވެ.

ރައީސް ނަޝީދު އިސްކޮށް އުޅުއްވާ ދަޑިމޮކްރެޓްސްގެ ކެންޑިޑޭޓުންނަށް ވެސް ވަނީ ނާކާމިޔާބުވެފައެވެ. އަދި ރައީސް ޔާމީން ތާއީދު ކުރެއްވި ކެންޑިޑޭޓުންނަށްވެސް މިހާތަނަށް ލިބުނު ނަތީޖާއިން އެއްވެސް ގޮނޑިއެއް ކާމިޔާބު ނުވެއެވެ. 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބެކޭ އެއްގޮތަށް މިފަހަރުވެސް އަދާލަތު ޕާޓީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބުނުވެއެވެ.

Advertisement

މިހާތަނަށް ފެންނަންހުރި ނަތީޖާއަށް ބަލާއިރު އެމްޑީޕީ އަށް ލިބިފައިވަނީ 12 ގޮނޑިއެވެ. އަދި އަމިއްލަގޮތުން ވާދަކުރި 11 މީހަކަށް ވަނީ ގޮނޑި ކާމިޔާބުވެފައެވެ. އެމްޑީއޭ އަށް 2 ގޮނޑި ޖޭޕީ އަށް 1 ގޮނޑި އަދި އެމްއެންޕީ އަށް 1 ގޮނޑި ވަނީ ލިބިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މިފަހަރު ކާމިޔާބުކުރެއްވީ އެންމެ 3 ކަނބަލުންނެވެ. އެއީ ރައީސް ޑރ. މުޢިއްޒުގެ ކޮއްކޮ ފާތިމަތު ސަޢުދާ އާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިންވެސް ކުރެއްވި އަސްމާ ރަޝީދު އާއި ޑރ. އަނާރާ ނަޢީމް އެވެ.

93 ދާއިރާއަކަށް މެންބަރުން ނެގުމަށް ބޭއްވި މިފަހަރުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕާޓީއަށް މިލިބުނު ކާމިޔާބީއަކީ ރައީސް ޑރ. މުޢިއްޒު އާއި ސަރުކާރުގެ އިސްވެރިންނާއި ޕާޓީގެ ހަރަކާތްތެރި މެންބަރުން ކުރި ބުރަމަސައްކަތުގެ ފޮނި ނަތީޖާކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. ރައީސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވާ ދިވެހީންގެ ރާއްޖެއެއް ދިވެހީންނަށް ފުރިހަމައަށް ހޯދައިދިނުމަށް މަޖިލީހުގެ މެޖޯރިޓީގެ މުހިންމުކަން ތަކުރާރުކޮށް ވިދާޅުވެދެއްވާފައެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް