މަޖިލިސް އިންތިޚާބުން ސަރުކާރަށް ބޮޑު ކާމިޔާބެއް، ދިވެހީންގެ ރާއްޖެއަށް އިތުރު އުންމީދެއް!

ރައްޔިތުންގެ މަޖިލިސް އިންތިޚާބު 2024 ގެ ވޯޓުލުން މިއަދު ހެނދުނު 8 އިން ހަވީރު 5:30 އަށް ކުރިއަށްދިޔައިރު މި އިންތިޚާބުން ސަރުކާރަށް މިވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ. ސަރުކާރު ހިންގާ ޕީއެންސީ އަށް 66 ގޮނޑި ލިބިފައިވާއިރު އެޕާޓީއިން ތާއީދު ކުރި އަމިއްލަ ގޮތުން ވާދަކުރި ބައެއް ކެންޑިޑޭޓުން ވެސް ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ. އެހެންވުމުން ޖުމްލަ 74 ގޮނޑިއާއެކު މިއީ ސުޕަމެޖޯރިޓީއެވެ. ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މުޅިން އަލަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން […]

ރައްޔިތުންގެ މަޖިލިސް އިންތިޚާބު 2024 ވޯޓުލުން ކުރިއަށް

ރައްޔިތުންގެ މަޖިލިސް އިންތިޚާބު 2024 ގެ ވޯޓުލުން މުޅިރާއްޖޭގައި ފެށިގެން ދަނީ ކުރިއަށެވެ. މިއަދު ހެނދުނު 8 އިން ހަވީރު 5:30 އަށް ވޯޓުލުން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަނީ ވޯޓުލައްވާފައެވެ. އަދި ކުރީގެ ރައީސުން ކަމުގައިވާ އަލްއުސްތާޛު މައުމޫނު އަބްދުލް ޤައްޔޫމް އާއި، އިބްރާހިމް މުހައްމަދު ސާލިހްގެ އިތުރުން މުހައްމަދު ނަޝީދު ވެސް ވަނީ ވޯޓުލައްވާފައެވެ. މެންދުރުވާވަރަކަށް ވޯޓުލާ […]