April 30, 2024 11:15
Advertisement

-Advertisement-

ރާޖަގިރި އަދި އަމްރިތާ ހޮސްޕިޓަލު ކައިރީގައި ގަރޑެންވިއު ރެސިޑެންސީގެ އިތުރު އެޕާޓްމަންޓްތަކެއް

އިންޑިއާގެ ކޮޗިން އަށް ބޭސްފަރުވާއަށްދާ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް ހޮޓަލަކީ އަމްރިތާ ހޮސްޕިޓަލު ކައިރީގައި ހުންނަ ގަރޑެންވިއު ރެސިޑެންސީއެވެ.

އަމްރިތާ ކައިރީގައި ހުންނަ ގަރޑެންވިއު ރެސިޑެންސީ

ރާޖަގިރި އަދި އަމްރިތާ ކައިރިން ލިބެންހުރި އެޕާޓްމަންޓްތައް:

ގަރޑެންވިއު ރެސިޑެންސީގެ މެނޭޖިންގ ޑައިރެކްޓަރ ސަނަފް 'ޒީޓައިމްސް' އަށް މައުލޫމާތު ދިންގޮތުގައި 2 ކޮޓަރީގެ 6 ސަރވިސް އެޕާޓްމަންޓް ކުރިން ހުރިއިރު މިވަނީ އިތުރު އެޕާޓްމަންޓްތައް އަލުން ހަދާފައެވެ. މީގެތެރޭގައި ދެކޮޓަރީގެ 6 އެޕާޓްމަންޓާއި ތިންކޮޓަރީގެ 5 އެޕާޓްމަންޓް އަދި 4 ކޮޓަރީގެ އެޕާޓްމަންޓްވެސް ހިމެނެއެވެ. ޗުއްޓީ ދުވަސްވަރު އަބަދުވެސް ފުރިފަ އޮންނަ މި އެޕާޓްމެންޓްތައް ސާފުވެފަ ޖާގަ ތަނަވަސްއެވެ. މިއީ ފަރުނީޗަރާއެކު ކައްކާ ކެވޭ ގޮތަށް ބަދިގެއާއެކު ހުންނަ އެޕާޓްމަންޓްތަކެކެވެ.

Advertisement

އަގު އުޅެނީ ކިހިނެއް؟

  • 1 ކޮޓަރީގެ އެޕާޓްމަންޓް ދުވާލަކަށް 2000 ރުޕީސް
  • 2 ކޮޓަރީގެ އެޕާޓްމަންޓް ދުވާލަކަށް 2800 ރުޕީސް އާއި 3500 ރުޕީސް އަށް
  • 3 ކޮޓަރީގެ އެޕާޓްމަންޓް ދުވާލަކަށް 4000 ރުޕީސް އާއި 5000 ރުޕީސް އަށް
  • 4 ކޮޓަރީގެ އެޕާޓްމަންޓް ދުވާލަކަށް 5000 ރުޕީސް އާއި 6000 ރުޕީސް އަށް

ބޮޑެތި ބަލިތަކުގައި ގިނަ ދުވަހަށް އިންޑިއާގައި މަޑުކުރަންޖެހޭ ބަލިމީހުންނަށް ގަރޑެންވިއު ރެސިޑެންސީއިން ޚާއްސަ ޑިސްކައުންޓްތަކެއް ދެއެވެ. މިގޮތުން އެއްފަހަރާ 10 ދުވަހަށް ކުއްޔަށް ނަގާނަމަވެސް ވާހަކަދައްކައިގެން ޑިސްކައުންޓް ހޯދިދާނެއެވެ.

ތަފާތު ސައިޒުތަކުގެ ކޮޓަރި ހުރޭ

ގަރޑެންވިއު ރެސިޑެންސީ އެޕާޓްމަންޓްގެ ތަފާތަކީ ކޮބާ؟

މި އެޕާޓްމަންޓް ހުންނަ ހޮޓަލުގެ ގޯތިތެރޭގައި ހިތްހަމަޖައްސާލަން މަޑުކުރެވޭ ގޮތަށް ޖޯލިފަތި ބަހައްޓާފަ ހުރެއެވެ. އަދި އެތަނުގައި އުޅޭ އެންމެން އެކީގައި ބާބަކިއު ހަދާލުމުގެ ފުރުސަތު އޮވެއެވެ. ފޭސްބުކް ޕޭޖުގައި ގިނަ އަދަދެއްގެ ދިވެހިން ވަނީ މިތަނުގެ ޚިދުމަތް ރަނގަޅުކަން ފާހަގަކޮށްފައެވެ.

އެޕާޓްމަންޓެއްގެ ސިޓިންގރޫމް

އެޕާޓްމަންޓްތައް ހުންނަނީ ވަރަށް ހިތްފަސޭހަ ސަރަހައްދެއްގައެވެ. އަމްރިތާ ހޮސްޕިޓަލަށް ހިނގާފަދެވޭހާ ކައިރިއެވެ. އަދި އާންމުކޮށް ދިވެހިން ވިޔަފާރި ކުރަންދާ މޯލްތަކާއި ކައިރިއެވެ. ކުޑަކުދިން ކުޅެލާނެ ރީތި ބަގީޗާއެއް އޮވެއެވެ. އަދި ވަރަށް ކައިރީގައި ދިވެހި ރަހަތައް ހިމެނޭ ރެސްޓޯރެންޓް ހުރެއެވެ.

ފޯރުކޮށްދޭ ޚިދުމަތްތައް:

  • އެއަރޕޯޓަށް ބަލާދިއުމާއި ގެންގޮސްދިނުން
  • ޑޮލަރު މާރުކޮށްދިނުން
  • އެޕާޓްމަންޓާއި ހަމައަށް ކާއެއްޗެހި ޑެލިވަރީކޮށްދޭ ރެސްޓޯރެންޓްތައް ހުރޭ
  • އެތެރޭގެ ދަތުރުފަތުރު ހަމަޖައްސައިދޭ
  • އަންނައުނު ދޮވެދިނުން
  • ބޭނުންވެއްޖެނަމަ ބަސްދޭހަކޮށްދޭނެ މީހަކު ހަމަޖައްސައިދިނުން
  • ވިޔަފާރިކުރުމަށް ދާނެ ރަނގަޅު ތަންތަނުގެ މައުލޫމާތު ފޯރުކޮށްދިނުން
  • ފަތުރުވެރިންނަށް ޚާއްސަ ޗުއްޓީ ޕެކޭޖްތައް
ބަދިގެ

ނިންމުން

އަމްރިތާ ހޮސްޕިޓަލުގެ އިތުރުން 'އެސްޓަރ މެޑިސިޓީ' އާއި އައި ފައުންޑޭޝަނަކީ ގަރޑެންވިއު ރެސިޑެންސީ ކައިރީގައި ހުންނަ މަޝްހޫރު ތަންތަނެވެ. ޓެކްސީއެއްގައި 15 މިނިޓުން ދެވޭހާ ކައިރީގައި ލޯކަލް މާރުކޭޓު ހުންނައިރު މިއީ ދިވެހިންނަށް އުޅެން ފަސޭހަ ސަރަހައްދެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.

ވަޓްސްއަޕް ނުވަތަ ވައިބަރއިން ގުޅޭނެ ނަންބަރު: 00918289933660

ފޭސްބުކް ޕޭޖް: Garden View Residency

+1
1
+1
3
+1
2
+1
1
+1
1
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް