May 11, 2024 19:15
Advertisement

-Advertisement-

ފިތުރު ޢީދުގެ "ޢީދު ޖަގަޑާ" ގެ ކޯ ސްޕޮންސަރަކަށް އުރީދޫ

ހުޅުމާލޭގައި ފޯރިގަދަގޮތެއްގައި ފިތުރު ޢީދު ފާހަގަ ކުރުމަށް ބޭއްވި "ޢީދު ޖަގަޑާ" ހަރަކާތް އޮތީ ޢީދު ދުވަހުގެ ހެނދުނު 8:45 އިން މެންދުރު 2:00 އަށް ހުޅުމާާލެެ ބީޗު ސަރަހައްދުގައެވެ. "ކުލަބު ހުޅު"އިން އިސްނަގައިގެން ބޭއްވި މި ހަރަކާތުގައި ކޯ ސްޕޮންސަރއެއްގެ ގޮތުން އުރީދޫ މޯލްޑިވްސް ވަނީ ބައިވެރިވެފައެވެ. މިހަރަކާތުގައި ފެންކުޅި ކުޅުމާއި، ފައިގަތަޅާ އަދި ވާދެމުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. މޮޅުވާ ޓީމުތަކަށް އަގުހުރި އިނާމުތަކެއް ދިންއިރު، ކުޑަކުދިންނަށް ޚާއްސަ ކުރެވިގެން ބޭއްވުނު ގޭމުތަކުގެ ތެރޭގައި ތިންފައި ރޭސް، ގޯނި ރޭސް، ލުނބޯ ސަމުސާ ރޭސް ހިމެނެއެވެ. ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވެ ކުޑަ ޢީދު ފޯރިގަދަގޮތެއްގައި ވަނީ ފާހަގަ ކޮށްފައެވެ. މުޖުތަމައުގައި ހިންގާ މިފަދަ އުފާވެރި ހަރަކާތްތަކުގައި ބައިވެރިވުމަކީ އުރީދޫ މޯލްޑިވްސް އަށް ލިބޭ ފަހުރެއްކަމަށާއި އަދި ކުރިއަށް އޮތްތާނގައިވެސް ރައްޔިތުންގެ ފަރާތުން ރޭވިގެން އަންނަ ހަރަކާތްތަކުގައި އުރީދޫ މޯލްޑިވްސްއިން ބައިވެރިވާނެކަމަށް އެކުންފުނިން ވަނީ މައުލޫމާތުދީފައެވެ. 

+1
0
+1
1
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް