April 30, 2024 09:14
Advertisement

-Advertisement-

ޒީޓައިމްސް ބަދިގެ: ތަންދޫރީ ޗިކަން މިގޮތަށް ތައްޔާރުކޮށްލުމުން މީރުވާނެ!

ބޭނުންވާތަކެތި:

1 ކުކުޅު (ބޮޑެތިކޮށް ކޮށާފައި)

1 ޖޯޑު ޔޯގަޓް

Advertisement

1 މޭޒުމަތީ ސަމުސާ ހަނާކޮށް މުގުރާފައި ހުރި ހިކިމިރުސް

5 ލޮނުމެދު

1 އިންޗީގެ އިނގުރުކޮޅެއް

1 މޭޒުމަތީ ސަމުސާ ދިރި

1 މޭޒުމަތީ ސަމުސާ ޓޮމާޓީ ކެޗަޕް

1 މޭޒުމަތީ ސަމުސާ ލެމަން ހުތް (ފުޅީގެ)

1 ސައިސަމުސާ ޗާޓް މަސާލާ

1 އިންޗީގެ ޅަފަޅޯކޮޅެއް

ލޮނު

އޮރެންޖް ކުލަކޮޅެއް ކުލަ ހިފާވަރަށް

މަސްޓަރޑް އޮއިލް

ތައްޔާރުކުރާނެ ގޮތް:

ލޮނުމެދު، އިނގުރު، ދިރި، ފަޅޯ އެއްކޮށް ޕޭސްޓަށް ވަންދެން ފުނޑާލާށެވެ. ދެން ޔޯގަރޓް، ޗާޓް މަސާލާ, ލޮނު، ޓޮމާޓޯ ކެޗަޕް، ކުލަ، މިރުސް ޕައުޑަރ އަދި ހުތް އެއްކޮށް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ކުކުޅު މަހުގައި ހާކާފައި 2 ގަޑިއިރު ވަންދެން ފްރިޖުގައި ބަހައްޓާށެވެ. ދެން ކުޑަ މަސްޓަޑް އޮއިލް ފޮދެއް ފިއްސަކުން ކުޑަކޮށް ކުކުޅު މަސްތަކުގެ ބޭރުގައި ހާކާފައި އަވަންގައި ފިހެލާށެވެ. އުލަށް އަމުނާފައިވެސް ފިހެވިދާނެއެވެ. އަލިފާނުންވެސް ފިހެވިދާނެއެވެ.

ތަންދޫރީ ޗިކަންވެސް އެކި ގޮތްގޮތަށް ތައްޔާރުކުރެއެވެ.

+1
4
+1
1
+1
2
+1
1
+1
4
+1
0
+1
2

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް