April 28, 2024 03:43
Advertisement

-Advertisement-

މައުލޫމާތު: ކަށްޓަފުޅި

ކައްޓަފުޅި އަކީ ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށުން ފެންނަ ތިލަ ހިސާބުތަކުގައި ދިރިއުޅޭ ރީތި މަހެކެވެ. މި މަހަކީ ކުޅިތަކާއި ގޮނޑުދޮށްތަކުގައި އައިނު ހަދައިގެން އުޅޭ ދުވެލިބާރު މަހެކެވެ. މި މަހަކީ ވަޅުތަކާއި މަސްޓޭންކުތަކުގައިވެސް ގެންގުޅޭ މަހެކެވެ. މި މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކައްޓާއެކު 9-11 ދެމެދުގެ މަޑުކަށި ހުރެއެވެ. ބަނޑުދައްފަރާތުގައި 3 ހަރުކައްޓާއެކު 9-11 މަޑުކަށި ހުރެއެވެ. ކަރުތާފަތުގައި ހުޅުނބާއި ދެކަށި ހުރެއެވެ. މަތީބައިގައި އަޅިކުލަ ހުންނަ މި މަހުގެ ބަނޑުދަށުގައި ހުންނަނީ ރިހިކުލައެވެ. މަހުގެ ނިގުލުގެ ކަފިވެފައިވާ ބައިގައި ކަޅުކުލައިގެ ދެ ރޮނގު އަދި ހިމަ ރޮނގެއް ހުރެއެވެ.

ފޮޓޯ:ރީފްލެކްސް

މި މަސް އާންމުކޮށް ކައިއުޅެނީ ކުދިމަހާއި ފަނި ޒާތުގެ އެއްޗެއްސެވެ. އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި ގޭގައި ހުންނަ ފެންވަޅުތަކުގައި މިހާރުވެސް ކައްޓަފުޅި ގެންގުޅޭކަމަށްވެއެވެ. މި މަސް ވަޅުގައި ގެންގުޅުމުން ވަޅުގައި ޖަހާ ފެއްސާއި މަދިރި އާލާވުން ހުއްޓުވައިދެއެވެ. އެހެންކަމުން މި މަހަކީ ވަޅުގައި ގެންގުޅެން ރަނގަޅު އަދި މަސްޓޭންކުގައި ގެންގުޅެން ރީތި މަހެކެވެ. ވަޅުކައްޓަފުޅި ދާންޏަކަށް ނުސިހޭނެއޭ ބުނެއުޅެއެވެ.

މަސްދަރު: މެރިންރިސާޗް ސެންޓަރ،ފިޝް ބޭސް

Advertisement
+1
0
+1
0
+1
1
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް