April 28, 2024 09:58
Advertisement

-Advertisement-

ކަރަންޓުފޮށިން ވައްކަން ކުރާއިރު ކޮންމެފަދަ ގެއްލުމެއްވެސް ވެދާނެކަން އެނގޭތަ؟

ސަލާމަތީ ކަންކަން ފުރިހަމަނުކޮށް ކަރަންޓާއި ކުޅެހެދުމުގެ ތެރޭގައި ކަރަންޓުގައި ޖެހިގެން ލިބޭ ޝޮކެއްގެ ސަބަބުން މީހުންގެ ފުރާނައަށް ގެއްލުންވުމަކީ މަދުންނަމަވެސް ހިނގާކަންކަމެކެވެ. ކަރަރަންޓާއި ގުޅުންހުރި މަސައްކަތަކީ އެކަމަށް ޚާއްސަކޮށް ތަމްރީނު ލިބިފައިވާ މީހުން ސަލާމަތީގޮތުން ރައްކާތެރި ވަސީލަތްތައް ބޭނުންކޮށްގެން ވަކި ތަރުތީބަކުން ވަކިގޮތަކަށް ކުރަމުން އަންނަ 'ޓެކްނިކަލް' މަސައްކަތެކެވެ.

ކަރަންޓު ޝޮކް

ކަރަންޓުގައިޖެހިގެން ހަށިގަނޑަށް އަންނަ ޝޮކަކީ ހަށިގަނޑު ތެރޭގައި ކަރަންޓު ދަތުރުކުރުމުން ހަށިގަނޑުގައި ހުންނަ ފެނާއި ކަރަންޓު އެކުވެގެން އުފެދޭ ސިގްނަލްތަކެވެ. ކަރަންޓު ޝޮކެއް މިއުފެދެނީ ހަލާކުވެފައި ހުންނަ ކަރަންޓު ވައިރަކުން ނުވަތަ ނޭނގި ކަރަންޓާއި ކުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހުމުން ލިބޭ ގެއްލުންތަކުންނެވެ. ކަރަންޓުގައި ޖެހުމުން ހަންގަނޑު ފިހި ގުނަވަންތަކަށް ބޮޑެތި ގެއްލުން ލިބެއެވެ. ލިބޭ ގެއްލުން ބިނާވަނީ ޖެހޭ ކަރަންޓުގެ ބާވަތުންނާއި ކަރަންޓުގައި ޖެހިފައިހުންނަ ވަގުތުގެ ދިގުމިނަށެވެ. މިސާލަކަށް ބިންމަތިން ޖެހޭ ކަރަންޓު ފައިން ފެށިގެން އެހެނިހެން ގުނަވަންތަކަށް ފެތުރެއެވެ. އަދި ހިތަށް ކަރަންޓުގެ ސިގްނަލްސް ގޮސްގެން ހިތްހުއްޓުމަކީ (ކާޑިއެކްއެރެސްޓް) ވެސް އެކަށީގެންވާ ކަމެކެވެ.

Advertisement

މާލެ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން ފަހުމީ ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި އާންމުންގެ ސަމާލުކަމަށް ގެނެސްފައިވެއެވެ. "ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަ ކުރެވި އެކަން ވަނީ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައި. ރޭ (22 މާރިޗް) ފަތިހު އަދި މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ މި ދެންނެވި ގޮތަށް ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާއި ގުޅިގެން. މިއީ މިކަން ކުރާ ފަރާތްތަކަށްވެސް ބޮޑު ނުރައްކަލަކަށް ވާއިރު، މިއީ ކަރަންޓުގެ އަސާސީ ޚިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދޭން މި ކުންފުނިން ކުރަމުންގެންދާ މަސައްކަތަށްވެސް އެޅޭ ހުރަހެއް. މިފަދަ ކަންކަން ކުރަމުންގެންދާ ފަރާތްތައް ހުއްޓުވައި އެފަރާތްތަކަށް ފިޔަވަޅު އަޅައިދީ، އަދި ވަގަށް ނަގައިގެން ވިއްކާ މިދަފަ ތަކެތި ގަންނަ ފަރާތްތަކަށްވެސް ފިޔަވަޅު އަޅައިދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް އިލްތިމާސް ކުރަން". ހުކުރު ދުވަހުގެ ރޭ ފަހުމީ ކުރެއްވި ޕޯސްޓްގައި ވެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ 'ހަސަން އާދަމް މިސްކިތުގައި' ތަރާވީސް ނަމާދު ކުރިއަށްދަނިކޮށް އެ މިސްކިތުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީވެސް އެ މިސްކިތް ކައިރީގައި ހުރި ޓްރާންސްފޯމަރުގެ ދޮރުތައް ހަލާކުކޮށްލައިގެން ބަޔަކު ވަދެ އޭގެ ބައިތައް ވަގަށް ނަގަން މަސައްކަތްކުރުމުން ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ. މިއީ އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވާ މައްސަލައެކެވެ. ބިރެއްނެތި މިގޮތަށް ވައްކަންކުރަމުންދާ މީހުން ވިސްނަން އެބަޖެހެއެވެ.

ސަމާލުވާންވީ ކަންކަން

ކަރަންޓުވަޔަރާއި އެހެނިހެންވެސް މިބާވަތުގެ ޝައްކުވާ ތަކެތި ވިއްކާނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް އެންގުމަކީ ފަރުދީގޮތުން މިކަންކަން ހުއްޓުވުމަށް ކުރެވިދާނެ ކަމެކެވެ. އަދި މުޖުތަމައުގައި ދިރިއުޅޭ ފަރުދުން ހޭލުންތެރިކުރުވުމަށް މަސައްކަތްކުރުމަކީ ޒިންމާއެއްކަމުގައި ދެކިގެން މުޖުތަމައުގައި ހުންނަ ގޯސް އާދަތައް އިސްލާހުކުރަން މަސައްކަތްކުރުމަކީ އުފަލަކަށް ހަދަމާތޯއެވެ. ކޮންމެ ފަރުދަކުވެސް ރިވެތި ނަމޫނާ ދައްކާ މީހަކު ކަމުގައިވާން މަސައްކަތްކުރަމާތޯއެވެ. 

+1
0
+1
0
+1
3
+1
1
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް