April 28, 2024 20:49
Advertisement

-Advertisement-

ހޫނުގަދަ މި ރޯދަމަހު ބޭނުންކުރެވިދާނެ ރަނގަޅު ޖޫސް!

ކަރާ ޖޫސް: ކަރާޖޫހަކީ ރޯދަމަހު ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރު ޖޫހެކެވެ. އަދި އެހާ ފަސޭހައިން ލިބެން ހުންނަ މޭވާއެކެވެ. ކަރާޖޫސް ބުއިމުން ހަށިގަނޑު ތާޒާވެ ފިނިކަން އިހުސާސްވެގެންދެއެވެ.

ކުރުނބާ ފަނި: ކުރުނބާ އަކީ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބިދޭ މީރު ބުއިމެކެވެ. ޕޮޓޭސިއަމްގެ މާއްދާ ހިމެނޭ ކުރުނބާގެ ފެން ބުއިމުން ނުވަތަ ކުރުނބާ ފަނި ފިނިކޮށްގެން ބުއިމުން ހަށިގަނޑުގައި ހަކަތަ އިތުރުވެއެވެ.

އޮރެންޖް ޖޫސް: ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ އޮރެންޖް ޖޫހުގައި ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ. އޮރެންޖް ޖޫހަކީވެސް ފަސޭހައިން ލިބެން ހުންނަ އަދި ތައްޔާރުކުރެވިދާނެ ބުއިމެކެވެ.

Advertisement

އަނބު ޖޫސް: އަނބަކީ ދިވެހިރާއްޖޭގެ ގިނަ ރަށްރަށުގައި ވަރަށް އާންމު މީރު މޭވާއެކެވެ. އަނބުޖޫސް ނުވަތަ ސްމޫތީ ތައްޔާރުކޮށްގެން ރޯދަވީއްލާގަޑީގައި ބޭނުންކުރެވިދާނެއެވެ. ވިޓަމިން އޭ އަދި ވިޓަމިން ސީ ހިމެނޭ އަނބުގެ ބާވަތްތައް ބޭނުންކުރުމުން ހަންގަނޑަށްވެސް އޭގެ ފައިދާކުރެއެވެ. 

ބެރީ ޖޫސް: ތަފާތު ކުލަކުލައިގެ ބެރީ ހުންނައިރު ބެރީ ޖޫހަކީވެސް ފައިދާހުރި ރަނގަޅު ޖޫހެކެވެ. ސްޓްރޯބެރީ، ބުލޫބެރީ ނުވަތަ ރާސްޕްބެރީ ވިއަސް ބޭނުންކުރުމުން ހަށިގަނޑަށް ހޫނުން ލިބޭ ގެއްލުމާއި ދުރުވެ ހިތްހަމަޖެހުން ލިބިގެންދެއެވެ.

ރޯދަމަހަކީ ދިވެހީންވެސް ތަފާތު ބާވަތްތަކުގެ ޖޫސް ތައްޔާރުކުރާ މަހަކަށްވާއިރު މި ބަޔާންކުރެވުނު ވައްތަރުތަކުގެ ޖޫސް ރޯދަވީއްލާ ގަޑިއަށް ތައްޔާރުކޮށް ލިބޭ ހިތްހަމަޖެހުމުން ވަޒަން ކޮށްލާށެވެ.   

+1
0
+1
4
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް