April 29, 2024 06:51
Advertisement

-Advertisement-

ރޯދައަށް ހުރެ ދޮގުހަދައި، ދެބައޮޑުވާ ފުރައްސާރަ ކުރާ މީހުންނަށް ފުރިހަމަ ދަރުމައާއި ޘަވާބު ނުލިބޭނެ - ހުކުރު ޚުޠުބާ

ރަމަޟާން މަހުގެ ރޯދައަކީ، އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ. ރަމަޟާން މަހުގައި ރޯދަ ހިފުމުން ތިޔަބައިމީހުންނަށް ﷲ ދެއްވާ ދަރުމައިގެ ބޮޑުކަން ތަޞައްވުރު ކޮށްލާށެވެ.

ތެދުވެރި ތައުބާއަކުން ތައުބާވެ، ރަމަޟާން މަހާ އިސްތިޤްބާލް ކުރާށެވެ! ރޯދައިގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި އެކަމާ ގުޅޭ މައުލޫމާތު އުނގެނި ދަސްކުރާށެވެ! ރޯދައިގެ އަދަބުތަކާއި ސުންނަތްތަކަކީ ކޮބައިކަމާއި ރޯދަގެއްލޭ ކަންތައްތަކާއި ރޯދައިގެ ޘަވާބު އުނިކުރާ ކަންތައްތައް ދެނެގަންނާށެވެ! ތަރާވީޙު ނަމާދާއި، އިޢުތިކާފަށް އިނުމާއި، ޤުރްއާން ކިޔެވުން ގިނަކުރުމާއި، ސަދަޤާތް ކުރުން އިތުރުކުރުމާއި، ފިޠުރު ޒަކާތް ދިނުން ފަދަ ރަމަޟާންމަހާ ގުޅިފައިވާ އަޅުކަންތައް ކުރުމުގައި ހީވާގިވާށެވެ!

ރޯދައިގެ ސުންނަތްތަކުގެ ތެރޭގައި ހާރުކެއުން ހިމެނެއެވެ. ބައެއް މީހުން ރަނގަޅު ކަމެއްކަމަށް ހީކޮށް ހާރުނުކައި ރޯދައަށް ތިބެއެވެ. ނަމަވެސް ދީނީގޮތުން ބަލާއިރު އެއީ ކީރިތި ރަސޫލާ ﷺ ގެ ސުންނަތާ ޚިލާފު ކަމެކެވެ. ކީރިތި ރަސޫލާ ﷺ ހަދީޘްކުރައްވާ ގޮތުގައި އަހުލުކިތާބީންގެ ރޯދަހިފުމާ މުސްލިމުންގެ ރޯދަހިފުމާ ދެމެދުގައިވާ އެއް ތަފާތަކީ މުސްލިމުން ރޯދަހިފުމަށްޓަކައި ހާރު ކެއުމެވެ. މީގެ އިތުރަށް ހާރުކެއުން ވީހާ ފަސްކުރުމަކީވެސް ސުންނަތެކެވެ.

Advertisement

ރަމަޟާން މަހަކީ އެކަލާނގެ ބަރަކާތުން ފުރިގެންވާ މަހެކެވެ. "އެމަހުގެ ފުރަތަމަ ރޭ އެކަލާނގެ، އަޅުންނަށް ބައްލަވައި ވޮޑިގަންނަވާނެއެވެ. އެކަލާނގެ ބައްލަވައިވޮޑިގެންނެވި އަޅަކު ދުވަހަކުވެސް ނަރަކައަށް ނުވައްދަވާނެއެވެ".

ރޯދަވެރިޔާ އަރާރުންވުމާއި، ދޮގުހެދުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، އާޑަފުރައްސާރަ ކުރުންފަދަ އިސްލާމްދީން މަނާކުރާ ކަންތައްތަކުން ދޫ ރައްކައުތެރި ކުރުމަކީ ވާޖިބު ކަމެކެވެ. މިފަދަ ކަންތައްތައް ކުރާމީހާގެ ރޯދަ ބާޠިލުނުވިޔަސް އޭނާ ރޯދައަށް ހުރުމުން ލިބެންޖެހޭ ފުރިހަމަ ދަރުމައާއި ޘަވާބެއް ނުލިބޭނެއެވެ.

ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެވެ. އަރަހުށި މާތް ﷲ އަށް ކުއްތަންވުމުގެ މައްސަރެވެ. މިހެންވެ ސަލަފުއްޞާލިޙުން މި މާތް މައްސަރުގެ ރޭތަކާއި ދުވަސްތައް އަޅުކަންކުރެއްވުމުގައި ގަދައަޅުއްވައި މަސައްކަތް ކުރެއްވިއެވެ. ރަމަޟާން މަހަށް މަރުހަބާ ކިޔަންވީ ތަފާތު ބާވަތްތަކުގެ ކާބޯތަކެއްޗަށް އިސްކަންދީގެނެއް ނޫނެވެ.

މައުލޫމާތު: ހުކުރު ޚުޠުބާ

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް