April 28, 2024 15:22
Advertisement

-Advertisement-

ކިޑްނީ ޑޯނަރއެއް ލިބުނަސް ފަރުވާ ފުރިހަމަ ނުވެ ވޭތުވާ ކޮންމެ ދުވަހަކީ ހިތްދަތި ދުވަހެއް!

ދިވެހިރާއްޖޭގައި ކިޑްނީގެ ތަފާތު ބަލިތަކުގެ ވޭނުގައި ދުވަސްތައް ގުނަމުންދާ މީހުން މަދެއް ނޫނެވެ. މާލެއަށް އުފަން އިބްރާހީމް އިމްލާގް އަކީ ވެސް ކިޑްނީ ޓްރާންސްޕްލާންޓް ހަދަން މަޖުބޫރުވެ އެފަރުވާގެ އުންމީދުގައި ހުރި 38 އަހަރުގެ ޒުވާނެކެވެ.

އިމްލާގް ހިތްވަރާއެކު ކުރިއަށްދަނީ ފަރުވާ ލިބުމުގެ އުންމީދުގައި

އިމްލާގް ވަނީ އޭނާގެ ހާލަތު 'ޒީޓައިމްސް' އަށް ކިޔައިދީފައެވެ. "އަޅުގަނޑަކީ 2015 އޭޕްރީލް މަހުން ފެށިގެން އައި.ޖީ.އޭ ނެޕްރޮޕަތީ ކިޔާ ކިޑްނީގެ ބައްޔަކަށް ފަރުވާ ކުރަމުން އަންނަ މީހެއް. 2015 އޭޕްރީލް އިން 2016 އޮކްޓޯބަރ އަށް ދިވެހިރާއްޖެ އަދި ސްރީލަންކާ އިން މިބައްޔަށް ބޭސްފަރުވާ ކުރެވިފައިވޭ. އަދި 2019 ވަނަ އަހަރު މާރިޗު މަހު ކިޑްނީ ފެއިލްވެ ޑައިލިސިސްގެ ފަރުވާ ފަށަންދެން ބޭސް ފަރުވާ ކުރީ އިންޑިއާއިން، އަދި މިހާރު ފަރުވާ ހޯދަނީ ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލުން". އިމްލާގް ކިޔައިދިނެވެ.

ކިޑްނީ ޓްރާންސްޕްލާންޓްގެ ފަރުވާ ހޯދުމަށް މިދިޔަ 2023 ވަނަ އަހަރު ވެސް އިމްލާގް ވަނީ އިންޑިއާގެ ބެންގަލޫރުގެ އެން.ޔޫ ހޮސްޕިޓަލަށް ގޮސްފައެވެ.

Advertisement

" ޓްރާންސްޕްލާންޓްގެ ފަރުވާ ހޯދުމުގެ ކުރިން ދިވެހިރާއްޖެއިން ހަދަންޖެހޭ ހުރިހާ ޓެސްޓަކާއި ސްކޭންތައް ހެދުމަށްފަހު އިންޑިއާ އަށް ގޮސް ހެދި ހިތުގެ ޓެސްޓަކުން ހިތުގެ މައްސަލައެއް ހުރި ކަމަށް ކިޑްނީ ޑޮކްޓަރުންނަށް ފާހަގަ ކުރެވުމުން ޓްރާންސްޕްލާންޓް ކުރުން ރަނގަޅު ނޫންކަމަށާއި އެހެން ކިޑްނީ ޑޯނަރެއް ހޯދައިގެން އަލުން ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އައުމަށް އިރުޝާދު ދީފައިވޭ". ހިތްދަތިކަމާއެކު ފާހަގަކުރިއެވެ.

އިމްލާގް އަށް ކިޑްނީ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ހެޔޮއެދޭ ވަރަށް ގާތް މީހެކެވެ. ފުލުހުންގެ ވަޒީފާގައި ހުރި އިމްލާގް އަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހިރާއްޖޭގައި ހުރެގެން ފަރުވާ ނުލިބުމެވެ. ކިޑްނީ ޓްރާންސްޕްލާންޓްގެ ފަރުވާއަށް އިންޑިއާގައި ގިނަ ދުވަހު މަޑުކުރަންޖެހޭތީ އާންމުންގެ ދީލަތި އެހީ އިމްލާގް އަށް ބޭނުންވެއެވެ. އާސަންދަ އަދި އެންސްޕާއިން ބޭސްފަރުވާއާއި އެހީ ހަމަޖެހުނަސް އަމިއްލަ ޚަރަދުގައި އެހާ ގިނަ ދުވަހު އެހީތެރިންނާއެކު ބޭރުގައުމެއްގައި ފަރުވާ ހޯދަން ހުރެވެން އޮތީ އިތުރު އެހީ ލިބިގެން ކަމަށް ފާހަގަކުރިއެވެ.  

ހަފްތާއަކު 3 ދުވަހު ޑައިލިސިސް ހަދަމުން އަންނަ އިމްލާގް އަށް އެހީތެރިވުމަށް އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ: 9792005 މި ނަންބަރަށެވެ.

ތިރީގައި މިވަނީ އިމްލާގުގެ އެކައުންޓް ނަންބަރުތަކެވެ.

ރުފިޔާ އެކައުންޓް ނަންބަރު: 7770000068928

ޑޮލަރު އެކައުންޓް ނަންބަރު: 7770000061789

މުޖުތަމައަށް ދޭން ބޭނުންވާ މެސެޖު:

ޑައިލިސިސް ޕޭޝަންޓެއްގެ ހައިސިއްޔަތުން ކުރެވުނު ތަޖުރިބާގެ އަލީގައި، ދާއިމީ ބައްޔަކާ ކުރިމަތިލާންޖެހިފައިވާ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެ ކިބައިގައިވެސް ހުރި ހަރުދަނާކަން ދެނެގަތުމަށް އިމްލާގް ވަނީ އިލްތިމާސް ކޮށްފައެވެ.  

" އަޅުގަނޑުމެންގެ މި ދަތުރަކީ މުސީބާތްތަކުގެ ތެރޭގައި ވެސް ކެތްތެރިކަމުގެ ބާރު އޮތްކަމުގެ ހެއްކެއް. އަޅުގަނޑުމެންގެ ހާލަތުން މާނަ ނުކޮށް، އޭގެ ބަދަލުގައި، އެހާލަތަށް ފަހުވެސް ކުރިއެރުމުގެ ޢަޒުމުން އަޅުގަނޑުމެން މާނަ ކުރާށެވެ! ދިރިއުޅުމުގެ ނާޒުކުކަމާއި ހަމްދަރުދީއާއި އެއްބައިވަންތަކަމާއި އޯގާތެރިކަމުގެ މުހިންމުކަން ހަނދާންކޮށްދޭން ކުރާ ޖިހާދުތައް ކަމުގައި ލައްވާށިއެވެ! އެންމެން އެކުގައި، ޞިއްޙީ ހާލަތަށް ބެލުމެއްނެތި، ދުޅަހެޔޮކަމާއި ފުދުންތެރިކަމަށް ކުރާ ދަތުރުގައި އެންމެންގެ އަގު ވަޒަންކޮށް، އެއްބާރުލުން ލިބޭ ދުނިޔެއެއް ބިނާކުރާށެވެ!". މިއީ އިމްލާގް ދިން މާނަފުން ފުރިހަމަ މެސެޖެކެވެ.

ޒީޓައިމްސް އިން އެދެނީ އިމްލާގް އަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމެވެ. އާމީން!

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
2

Advertisement

ގުޅުންހުރި ލިޔުންތައް