Advertisement
header ad
XeeTimesXeeTimes
މައުލޫމާތު: ފައިގަކޮށާ ދަނބާ

މައުލޫމާތު: ފައިގަކޮށާ ދަނބާ

ދަނބާގެ ނަމުން ނަންދެވިފައިވާ މި ވައްތަރުގެ މަސް އާންމުގޮތެއްގައި ދިރިއުޅެނީ ތިލަފަޅުތަކުގައި ހުންނަ ފަރުތަކުގައެވެ. މުށިކުލައަށް ބުރަކަށިމަތީގައި ދިގަށް ނޫކުލައިގެ ފަށެއް ހުންނަ މަހަކާއި ގަދަ މުށިކުލައަށް ހުންނަ މަސް ހުރެއެވެ. މަހުގެ މެދަކާ ހިސާބުން ހުރަހަށް ހުދުކުލައިގެ ރޮނގެއް ހުރެއެވެ. ކަރުތާފަތް ކައިރީގައި ރީނދޫ ލަފެއް ހުރެއެވެ. މިމަހުގެ ޅަދުވަސްވަރު މަސް ހުންނަ ގޮތް ބޮޑެތިވީހެން ބަދަލުވެއެވެ. 

އާންމުކޮށް އޮއިދެމޭ ސަރަހައްދުތަކުގައި ކުދި ގްރޫޕު ހަދައިގެން ދިރިއުޅޭ މިބާވަތުގެ މަސް 7.5 ސެންޓިމީޓަރަށް ބޮޑުވާކަމަށްވެއެވެ. މި މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 13 ހަރުކައްޓާއެކު 12-13 މަޑުކަށި، ބަނޑުދަށް ފަރާތު ކޮތަރިބައިގައި 2 ހަރުކައްޓާއެކު 11-13 ދެމެދުގެ މަޑުކަށި ހުންނަ އަދި ކަންފަތްގަޑުކައިރީގައި 17-19 މަޑުކަށި ހުރެއެވެ.

މި މަސް އާންމުކޮށް ކައި އުޅެނީ މުރަކަތަކުގައި ޖަހާފައި ހުންނަ ފެއްސާއި ކަކުންޏާއި ކުދި ސޫފިތަކެވެ. އާންމުކޮށް މޫދަށްއެރިއުޅޭ މީހުންނަށް މިބާވަތުގެ މަސް އެނގޭނެއެވެ. އެއީ ފައިގައި މަޑުމަޑުން ކޮއްޓާލުމުން ސިއްސައިގެންދާ މީހުން މަދެއްނުވާނެތީއެވެ.

Article - in content
Advertisement

މަސްދަރު: މެރިންރިސާޗް ސެންޓަރ، ފިޝް ބޭސް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —