April 29, 2024 01:09
Advertisement

-Advertisement-

ﷲ ގެ ހަޒުރަތަށް ރުޖޫޢަ ކުރައްވާނޭ ދުވަހަކަށް، ރައްކާތެރިވެ ބިރުވެތިވާށެވެ- ހުކުރު ޚުޠުބާ

މާތްﷲ އެއްކައުވަންތަ ކުރުމަކީ އެންމެ މަތިވެރި އަދި އެންމެ މާތް އަސްލެވެ. އެކަލާނގެ ރަސޫލުން ފޮނުއްވައި ފޮތްތައް ބާވައިލެއްވީ އެކަން ހާސިލުކޮށް ދެއްވުމަށެވެ. އަދި ހަމައެފަދައިން ތައުޙީދުގެ ސަބަބުން އަމަން އަމާންކަމާއި ހިދާޔަތު ލިބި ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިދެއެވެ. ކީރިތި ރަސޫލާ ﷺ ތަޢުޙީދަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވިއެވެ. އެންމެ ފުރިހަމަ ގޮތުގައި ތަޢުޙީދުގެ ހުރިހާ ބައިތަކެއް ހިމާޔަތް ކުރެއްވިއެވެ. އެކަލޭގެފާނުގެ ދަޢުވަތުގެ ފުރަތަމަ ޝިޢާރަކީ މާތް ﷲ އެއްކައުވަންތަ ކުރުމެވެ. އެއީ އެކަލޭގެފާނުގެ ކުރިން ފޮނުއްވުނު ނަބީބޭކަލުން ޢަމަލު ކުރެއްވި ފަދައިންނެވެ. އެކަލާނގެ އިންސީންނާއި ޖިންނީން ހައްދަވާފައިވަނީ އެކަލާނގެ އެއްކައުވަންތަކޮށް ހަމައެކަނި އެކަލާންގެއަށް އަޅުކަން ކުރުމަށެވެ. ޚަލްޤު ކުރައްވައި މުޅި ކައުނުގައި ލައްވާފައިވާ ތަކެތި އެކަލާނގެ އެއްކައުވަންތަކަމަށް ހެކިދެއެވެ.

އުޑާއި ބިން އުފެއްދެވުމާއި ރޭގަނޑާއި ދުވާލު ތަފާތު ކުރެއްވުމާއި، ގަސްގަހާގެއްސާއި މޭވާތަކާއި، އިންސާނުންނާއި ޖަނަވާރުތައް ޚަލްޤު ކުރެއްވުން، ދަލީލު ކޮށްދެނީ އެތަކެތި ހެއްދެވި ފަރާތެއް ވާކަމެވެ. މަޚްލޫޤުން ތަފާތުވުމާއި، އެތަކެތި ކިޔަމަންކުރައްވާފައިވާ ގޮތާއި އު ފެއްދެވުމުގެ ފުރިހަމަކަން ދަލީލުކޮށްދެނީ ޚަލްޤުތަކުން ޚަލްޤު ކުރެއްވި ޚާލިޤަކު ވާކަމެވެ. އަދި ކޮންމެ ޞޫރައެއްގެ ފަހަތުގައި އެ ޞޫރަ ކުރި ފަރާތެއްވާނެކަމެވެ.

ނަބަވީ ސުންނަތުގައި އަޅުތަކުން މާތް ﷲ ސުބުހާނަހޫ ވަތަޢާލާ އަށް އަދާކުރަންޖެހޭ ޙައްޤާއި އަޅުތަކުންނަށް އެކަލާނގެ ދެއްވާނެ ޙައްޤު ވަނީ ބަޔާން ކުރައްވާފައެވެ.

Advertisement

މުސްލިމް އަޚުންނޭވެ. ތިޔަ އެންމެތަކުންނަށް މާތް ﷲ އަށް ބިރުވެތިވެ ތަޤްވާވެރިވުމަށް ވަސިއްޔަތް ކުރަމެވެ. މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. " އެދުވަހެއްގައި، ﷲ ގެ ހަޒުރަތަށް ތިޔަބައިމީހުން ރުޖޫޢަ ކުރައްވާނޭ ދުވަހަކަށް، ތިޔަބައިމީހުން ރައްކާތެރިވެ ބިރުވެތިވާށެވެ! ދެން ކޮންމެ ނަފްސަކަށް، އެ ނަފްސެއް ހޯދި ކަމެއްގެ ޖަޒާ (އެދުވަހުން) ލިބޭނެތެވެ. އަދި އެއުރެންނަށް ބޭއިންސާފެއް ނުކުރައްވާ ހުއްޓެވެ".

އިސްލާމް ދީނަކީ ޢަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާނގެ އެކަލާނގެ އަޅުތަކުންނަށް ޝަރުޢު ކުރައްވާފައިވާ ހަމައެކަނި ދީނެވެ. އެކަލާނގެ ޤަބޫލު ކުރައްވާ ހަމައެކަނި ދީނެވެ. ކީރިތި ރަސޫލާ ﷺ މައްކާގައި ތޭރަ އަހަރު ހޭދަކުރެއްވީ މިދީނުގެ އަސާސްކަމުގައިވާ ތަޢުހީދަށް ގޮވައިލެއްވުމުގައެވެ.

މައުލޫމާތު: ހުކުރު ޚުޠުބާ

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް