Advertisement
header ad
XeeTimesXeeTimes
މުސްލިމުންނަކީ ހަމައެކަނި ބޭރުފުށުން އިސްލާމްކަން ފާޅުކޮށްގެން އުޅެންޖެހޭ ބައެއް ނޫން – ހުކުރު ޚުޠުބާ ދީން

މުސްލިމުންނަކީ ހަމައެކަނި ބޭރުފުށުން އިސްލާމްކަން ފާޅުކޮށްގެން އުޅެންޖެހޭ ބައެއް ނޫން – ހުކުރު ޚުޠުބާ

ޝަޢުބާންމަހުގެ ހަނދު ފެނުމާއެކު ކޮންމެ މުސްލިމެއްގެ ހިތަށް ވެރިވާނީ ރޯދައިގެ މަތިވެރިކަމާއި، ރޭއަޅުކަމާއި ޤުރްއާން ކިޔެވުމާއި އިޢުތިކާފު ކުރުމާއި ހެޔޮޢަމަލުތަކެވެ. ސަވާބާއި ރަޙްމަތުން ފުރިގެންވާ މަހަކަށް އެމަސް ވާތީއެވެ. އެއީ ރޯދައިގެ މަތިވެރި އަޅުކަމުގެ ސަބަބުން ޝައިޠާނާގެ ކަސްތަޅުތަކުން ތިމާ ސަލާމަތްވުމަށާއި ހަވާނަފްސުގެ އެދުންތަކުން ނަޖާވެ، ވަހުމްތަކާއި ވަސްވާސްތަކާއި ދުރުހެލިވެ ސީދާ ވުމަށް ލިބޭ އަގުހުރި ފުރުސަތަކަށް ވާތީއެވެ.

ސިއްޙީ ގޮތުންނާއި އުމުރުގެ ގޮތުން އެކިމީހުންގެ ހާލަތު ތަފާތެވެ. އެހެންކަމުން ހަނދާން ބަހައްޓަންވީ ކަމަކީ އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ހެޔޮ ޢަމަލު ކުރުމުގައި ދެމިހުރުމެވެ. ތިމާގެ އުމުރުގެ ދުވަސްތަކަކީ ކިހާދުވަހެއްކަމެއް އެއްވެސް މީހަކަށް އެނގިގެނެއްނުވެއެވެ. ނަމަވެސް އުމުރުގެ ދުވަސްތަކަށް ނިމުމެއް އަންނާނެކަމީ ކަށަވަރުވެގެންވާ ކަމެކެވެ. އެވަގުތު އަންނާނީ ކިހިނެއް ކޮންއިރަކު ކޮންތާކުހުއްޓައި ކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ.

"ވެހޭތާ ފެންނަގާށޭ" ބުނާފަދައިން ލިބިފައި އޮތް ފުރުޞަތުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް އެންމެހާ އަޚުންނާއި އުޚުތުންނަށް ނަސޭހަތްތެރިވަމެވެ. ހެޔޮ ކަންތަކާއި ހެޔޮ ޢަމަލު ކުރެވޭނީ ގައިގައި ބާރު ހުއްޓައެވެ. މުސްކުޅިވެ ވަރުދެރަވުމުން ފުރިހަމައަކަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެހެންކަމުން ވަގުތު ފާއިތު ނުވަނީސް ހެޔޮޢަމަލުގައި އަވަދިނެތި އުޅެވޭތޯ މަސައްކަތްކުރާށެވެ! ކޮންމެ ޢަމަލަކީ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ކުރަންޖެހޭ ޢަމަލެކެވެ. މިގޮތުގެ މަތީގައި ހުރެވިއްޖެނަމަ އޭނާއަށް އެހުރެވެނީ އަޅުކަމުގެ ތެރޭގައެވެ. ނަމަވެސް އެކަމުގެ ތެރޭގައި އިސްލާމްދީނުގައި މަނާ ކުރައްވާފައިވާކަމެއް ވާނަމަ އަޅުކަމުގެ އިމުން ބޭރުވެ ފާފަވެރިވާނެއެވެ.

Article - in content
Advertisement

ރަމަޟާންމަހުގެ ރޯދަހިފުމަކީ، ކޮންމެ ދުވަހަކު ކުރާ އަޅުކަމަކަށްވެފައި އެއަޅުކަމަށް ތައްޔާރުވުމަށް ހަށިގަނޑާއި ނަފްސު ހޭނުވުމަކީ ކޮންމެހެން ބޭނުންކަމެކެވެ. އެހެންކަމުން ޝަޢުބާން މަހު ސުންނަތް ރޯދަ ހިފުމަކީ އެދެވިގެންވާ ކަމެކެވެ.

މުސްލިމުންނަކީ ހަމައެކަނި ބޭރުފުށުން އިސްލާމްކަން ފާޅުކޮށްގެން އުޅެންޖެހޭ ބައެއް ނޫނެވެ. މުސްލިމުންނަކީ ޢަޤީދާއާއި ޢަމަލުން މުސްލިމުންނަށް ވާންޖެހޭ ބައެކެވެ. ހަމައެކަނި ބޭރުފުށުން އިސްލާމްކަން ފާޅުކޮށްގެން އުޅޭބަޔަކީ މުނާފިޤުންނެވެ.

ސުވަރުގެއަށް ދިއުމަށް މަގުކޮށާކަމުގައި ވާނަމަ، ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތަށް ޢަމަލު ކުރާށެވެ. ތިމަންނައަށް ނޭނގެއޭ ބުނެ ބަރަކާތާއި ރަޙްމަތުގެ ދުވަސްތައް ނަގައި ނުލާށެވެ. ދަންނަ މީހުން ކުރެ އަހައި އޮޅުންފިލުވާށެވެ. އިސްލާމްދީނުގެ ޙުކުމްތަކާއި ދަރުސްތައް އަޑުއަހައި ތިމާގެ އަމިއްލަ ނަފްސު އިސްލާމީ ޢިލްމުން މުއްސަނދިކޮށް ޒީނަތްތެރި ކުރާށެވެ. އިންސާނުންނަކީ އަބަދާއި އަބަދު ހަނދާން އާކުރުމަށް ބޭނުންވާ ބައެކެވެ.

މައުލޫމާތު: ހުކުރު ޚުޠުބާ

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —