May 20, 2024 22:55
Advertisement

-Advertisement-

ޝަހާދަތުގެ ދެކަލިމައަކީ ޖަހަންނަމައިން އިންސާނާ ސަލާމަތް ކޮށްދޭ އައްޑަނަ- ހުކުރު ޚުޠުބާ

ޝަހާދަތުގެ ދެކަލިމަ ކަމުގައިވާ لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ‎ އަކީ އިސްލާމް ދީން އެ ދެ ކަލިމައެއްގެ މަތީގައި ބިނާވެފައިވާ އިސްލާމް ދީނުގެ ބިންގަލެވެ. އެއީ ޖަހާލަތާއި ކުފުރުގެ އަނދިރިކަމުން ހިދާޔަތުގެ އަލިގަދަ ނޫރުގެ ތެރެއަށް އިންސާނާ ވައްދައިދޭ ދަންމަރެވެ. ﷲ ތަޢާލާ ގެ ޢަޛާބާއި ޢުޤޫބާތުގެ ހުރަގެ ކަމުގައިވާ ޖަހަންނަމައިން އިންސާނާ ސަލާމަތް ކޮށްދޭ އައްޑަނައެވެ. އަދި އެކަލާނގެ ދިންނެވުމާއި ނިޢުމަތުގެ ގޯތިކަމުގައިވާ ސުވަރުގެއަށް އިންސާނާ ވާސިލުކޮށްދޭނެ ވަސީލަތެވެ. ހަމަ އެހެންމެ އެއީ އަހަރެމެން އޭގެ މަތީގައި ދިރިއުޅުން ބިނާކުރާ އިސްލާމީ ޝަރީޢަތުގެ އަސާސެވެ.

ޝަހާދަތުގެ ދެކަލިމައަށް ފުރިހަމަ ގޮތުގައި އީމާންވުމަށްޓަކައި މިދެކަލިމަ މުސްލިމާގެ ހަޔާތާ ގުޅިފައިވާ ގޮތްތައް ދެނެގަތުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. އެހެނީ ޝަހާދަތުގެ ދެކަލިމަ ނިސްބަތްވަނީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ މުހައްމަދު ﷺ އަށެވެ. ޝަހާދަތުގެ ދެކަލިމަ އޭގެ ހަގީގީ މާނައިގައި ހިތުގެ އަޑިން ޤަބޫލުކުރާ މީހާ، މާތް ﷲ ގެ ފޮތާއި ކީރިތި ރަސޫލާ ﷺ  ގެ ސުންނަތް އޭނާގެ ހަޔާތާ ގުޅުވާލާނެއެވެ. ޝަރީޢަތުގެ މި ދެމަސްދަރު އުނގެނި އޭގައިވާ އެއްޗެއްގެ މުރާދު ދެނެގަތުމަށް މަސައްކަތްކޮށް އެއަށް އަމަލުކޮށް އެއާ އެއްގޮތަށް އޭނާގެ ހަޔާތް ބައްޓަންކުރާ މީހަކަށް ވާނެއެވެ.

ޝަހާދަތުގެ ދެކަލިމައިގެ މުރާދާ އެއްގޮތަށް ދިރިއުޅުން ބިނާކުރުމަށްޓަކައި މި ދެކަލިމައިގެ ޝަރުތުތައް އެނގުނުމަކީ ވެސް މުހިންމު ކަމެކެވެ. މި ދެކަލިމަ ލާޒިމުކުރާ ކަންކަން ރަނގަޅަށް އުނގެނުމާއެކު، މި ދެކަލިމައިގެ މުރާދު ރަނގަޅަށް ދެނެގަނެ ޝައްކުކަމެއް ނެތި ޔަގީންކުރަންވާނެއެވެ. އަދި މިދެކަލިމައިން ދޭހަކޮށްދޭ އެންމެހާ ކަމެއް އިޚްލާސްތެރިކަމާއެކު ޤަބޫލުކޮށް ދުލުން ކިޔައި ހިތުން އިޤުރާރުވާންވާނެއެވެ. އަދި މިދެކަލިމަ މަތިވެރިކޮށް މިދެކަލިމަ ލާޒިމުކުރާ ކަންކަން ނަގަހައްޓާ ފަރާތްތައް ދެކެ ލޯބިވުން ލާޒިމުވެގެންވެއެވެ. އަދި މުޅި އިސްލާމީ ޝަރީޢަތަށް ބޯލަނބައި ކިޔަމަންގަންނަން ވާނެއެވެ.

Advertisement

އަހުރެމެންގެ އަޚްލާޤީ އަދި ސުލޫކީ މިންގަނޑު އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ ގޮތުގެ މަތީގައި ބިނާކުރެވިފައިވުމަކީ އަހަރުމެންގެ ޙަޔާތް ޝަހާދަތުގެ ދެކަލިމަޔާ ގުޅިފައިވާ ކަމުގެ ނިޝާނެކެވެ. މިއީ ފާފަތަކަށް އަރައިގަތުމަށް ވެސް މީހާ ދުރުކުރުވާނެ ކަމެކެވެ. އިސްލާމީ ޝަރީޢަތުގައި ފާފައެއް ކަމުގައި ކަނޑައަޅުއްވާފައިވާ ކޮންމެ ކަމަކީ ފާފައެކެވެ. އެހެންކަމަށްވާނަމަ އޭނާގެ ހަވާނަފްސު ކިތަންމެ ބޭނުންވިޔަސް އިސްލާމީ ޝަރީޢަތުގައި ފާފައެއް ނުވަތަ ކުށެއްކަމުގައި ކަނޑައަޅުއްވާފައިވާ ކަމެއް ކުރުމަށް އޭނާ ފަސްޖެހޭނެއެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް