May 14, 2024 05:56
Advertisement

-Advertisement-

ބޭރަށްހިންގާ ހޮޑުލެވި ހަށިގަނޑުން ފެން މަދުވާނަމަ އެކަމުގެ ހައްލު!

ބޭރަށްހިންގާ ހޮޑުލެވި އުޅޭއިރު ޑޮކްޓަރަށް ދެއްކުމުގެ އިތުރަށް ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުން މުހިންމެވެ. މިގޮތުން ތިރީގައި މިވަނީ ބަލިވުމުން ހަށިގަނޑުން ފެން މަދުވެއްޖެ ހާލަތެއްގައި ބޭނުންކުރަން ރަނގަޅު ބާވަތްތަކެވެ.

  • ކުރުނބާފެން
  • ލުނބޯޖޫސް

މިއީ ވަރަށް ފަސޭހައިން ލިބެންހުންނަ ދެބާވަތެވެ.

ބަނާނާ ސޯޔާ ޝޭކް އަކީ ވެސް ފަސޭހައިން ތައްޔާރުކުރެވިދާނެ ރަނގަޅު ބުއިމެކެވެ.

Advertisement

ބޭނުންވާތަކެތި:

1 ދޮންކެޔޮވައް

150 އެމްއެލް ސޯޔާމިލްކް

ތައްޔާރުކުރާނެ ގޮތް:

ދޮންކެޔޮ ކޮށާފަ އޭގެތެރެއަށް ސޯޔާމިލްކް އެޅުމަށްފަހު މިކްސަރުން ރަނގަޅަށް ހިމުންކޮށްލާށެވެ.

ބަލިވެއުޅޭއިރު ކެއުމުގައި ބޭނުންކުރުން ރަނގަޅީ ފަސޭހައިން ހަޖަމްވާކަހަލަ ލުއި ބާވަތްތަކެވެ. ތިރީގައި މިވަނީ މިގޮތުން ބޭނުންކުރެވިދާނެ ބާވަތްތަކެވެ. 

  • ޕާން (ވައިޓްބްރެޑް)
  • ބަތް (ވައިޓްރައިސް)
  • މަޑުކޮށްފަހުރި ކެރެޓް
  • ދޮންކެޔޮ
  • ޔޯގަޓް

ބޭރަށްހިންގާ ހޮޑުލެވޭނަމަ މޭވާ ޖޫހާއި އާދައިގެ ކިރުގެ ބާވަތްތައް ބޭނުންކުރުން ރަނގަޅެއް ނޫނެވެ. އަދި ތެޔޮހިމެނޭ ބާވަތްތަކުގެ އިތުރުން ކުޅިކޮށް ކެއުން ވެސް ބުއްދިވެރިއެއް ނޫނެވެ. ސަބަބަކީ ގޭހުގެ އުދަގޫ ބޮޑުވެދާނެތީއެވެ. އަދި ކެފެއިން ހިމެނޭ ބާވަތްތައް ވެސް ބޭނުންކުރުން ރަނގަޅެއް ނޫނެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް