May 20, 2024 23:40
Advertisement

-Advertisement-

ރުޅިއަކީ ޝައިޠާނާ އިންސާނާގެ ހަށިގަނޑުތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެއް- ހުކުރު ޚުޠުބާ

ރުޅި މަޑުކުރުން މުހިއްމު ކަމަކަށް ނުވާނަމަ އޭގެ ޖަޒާއަކަށް ސުވަރުގެ ނުވީހެވެ. ރުޅި މަޑުކުރާ މީހުންނަށާއި، އިޙްސާންތެރީންނަށް ހުރި ދަރަޖަ ބަޔާންކުރައްވައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

" އަދި ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރު ކުރައްވާފައިވަނީ ތަޤްވާ ވެރިންނަށެވެ. އެއުރެންނަކީ ތަނަވަސްކަމުގައްޔާއި ދަތި ހާލުގައި (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި މީސްތަކުންނަށް މަޢާފުކުރާ މީހުންނެވެ. އިޙުސާން ތެރިންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އަދި އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކޮށްފިނަމަ ނުވަތަ އެއުރެންގެ ނަފްސުތަކަށް އަނިޔާވެރި ވެއްޖެނަމަ ( އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) ﷲ ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުން އެދި ދުޢާކޮށް އުޅޭމީހުންނެވެ. ﷲ ފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކުހެއްޔެވެ؟ އަދި އެއުރެން ދެނެތިބެ ޙާލު އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ. އެއުރެންގެ ޖަޒާޔަކީ އެއުރެން ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމެވެ. އަދި، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތާނގައި އެއުރެން ދެމިތިބޭ ޙާލުގައެވެ. ހެޔޮ ޢަމަލު ކުރާ މީހުންނަށް ހުރި ދަރުމައެއްގެ މޮޅުކަމާއެވެ!".

ކީރިތި ރަސޫލާ ﷺ ބަޔާންކޮށް ދެއްވާފައިވާ ގޮތުގައި ރުޅިއަކީ ޝައިޠާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެކެވެ. އެހެންވެ ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ ޞަޙާބީންނަށް ވަޞިއްޔަތް ކުރައްވާފައިވަނީ " ތިޔަ ބޭކަލުން ކޯފާ އިސް ނުކުރައްވާށެވެ! ތިޔަ ބޭކަލުން ކޯފާ އިސް ނުކުރައްވާށެވެ!" މިފަދައިންނެވެ.

Advertisement

ޝައިޠާނާ އަބަދުވެސް މަސައްކަތް ކުރާނީ އިންސާނާ ރުޅިއަރުވައިގެން އޭނާ ލައްވައި، ކުށް ފާފަތައް ކުރުވާށެވެ. މިއަދު އިންސާނާ ކުރާ ޢަމަލުތަކަށް ޤިޔާމަތް ދުވަހު ޖަވާބުދާރީ ވާން ޖެހޭނެތީއެވެ.

ކީރިތި ރަސޫލާ ﷺ އަކީ، އެކަލޭގެފާނުގެ ޝަޚްސީ އެއްވެސް ކަމެއްގައި ކޯފާ އިސްކުރެއްވި ބޭކަލެއްނޫނެވެ. މާތް ﷲ އެކަލޭގެފާނު ފޮނުއްވާފައިވަނީ، ޢާލަމްތަކަށް ރަޙްމަތެއް ކަމުގައެވެ. އެހެނަސް އެކަލޭގެފާނަކީ، ﷲ ގެ ޙުރްމަތަކަށް އަރައިގަނެވޭ ހިނދު ކޯފާ ގަދަ ބޭކަލެކެވެ.

މުސްލިމް އަޚުންނޭވެ! ރަޚްމާންވަންތަ ރަސްކަލާނގެ އަޅުން ނަމޫނާއަކަށް ބަލަން ޖެހޭނީ ލޮބުވެތި މާތް ރަސޫލާ ﷺ އެވެ. އެމީހުން، އެމީހުންގެ އަމިއްލަ ޝަޚްސީ ކަންތައްތަކަށް ރުޅި އައިސްގެން ނުވާނެއެވެ. ގަނެވިއްކުމުގެ މުޢާމަލާތުގައި، ރުޅި އިސްކޮށްގެން ނުވާނެއެވެ. އެކުވެރިކަމާއި އަވަށްޓެރިކަމުގައި ރުޅި އިސްކޮށްގެން ނުވާނެއެވެ. އެމީހުން އަވަދިނެތިވެ އުޅެން ޖެހޭނީ އިސްލާމް ދީނަށްޓަކައެވެ. ދުނިޔެއަކީ އެއަށްޓަކައި އަރާރުން ވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫނެވެ.

 

މައުލޫމާތު: ހުކުރު ޚުޠުބާ

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް