May 11, 2024 11:06
Advertisement

-Advertisement-

މަދުން ނޫނީ ގަންނަން ނުލިބޭނެ އަތްދަބަސް

އަގުބޮޑެތި ބްރޭންޑްތަކުގެ ދަބަސް ފިހާރަތަކުން ގަންނަން ލިބުނަސް މަދުން ނޫނީ ނުއުފައްދާ ދަބަސް ހޯދުމަކީ ދަތި ކަމެކެވެ. ކޮންމެ މީހަކުވެސް އަނެކާއަށްވުރެ ތަފާތު ރީތި އެއްޗެއް ގެންގުޅެން ބޭނުންވެއެވެ. ވާދަވެރިކަމަކީ އަބަދުވެސް އިންސާނުންގެ ތެރޭގައި ފެންނަމުންދާ ކަމެކެވެ. ލޯނެއް ނަގައިގެން ނަމަވެސް މިފަދަ އަގުބޮޑެތި އެއްޗެހި ގަންނަން ބޭނުންވާ މީހުން އުޅެއެވެ. ދައްކަން މިއުޅެނީ ބްރޭންޑެޑް ދަބަހުގެ ވާހަކަ އެކަންޏެއްނޫނެވެ. މަދުން ނޫނީ ނުފެންނަ ވައްތަރުގެ ބައެއް ދަބަހާއި ގުޅޭ މައުލޫމާތެވެ.

އޮފް ޕަންޕްކިން އެންޑް ޕޮލްކާ ޑޮޓްސް

މި ޕަންޕްކިން ބައްޓަމަށް އިންނަ ކްލަޗަކީ މަޝްހޫރު ލުއިވިޓޯން އާއި ޖަޕާނުގެ ޑިޒައިނަރެއް ކަމަށްވާ ޔަޔޯއީ ކުސާމާ ގެ އުފެއްދުމެކެވެ. މުޅިއެކު އުފައްދާފައިވަނީ މީގެ 5 ކްލަޗެވެ. އޭގެފަހުން މިގޮތަށް ހުންނަ މިޑިޒައިނުގެ އެއްޗެއް އުފައްދާފައެއް ނުވެއެވެ. މިކްލަޗުގައި ރަނާއި ޖަވާހިރު އެކުލެވިގެންވެއެވެ. މީގެ އަގަކީ 133 ހާސް ޑޮލަރެވެ. މިކްލަޗް ބާޒާރަށް ނެރުނުތަނާއެކު ވަނީ ވިކި ހުސްވެފައެވެ. މީގެ ޔުނީކް ކަމަކީ މިޑިޒައިން ގެންގުޅޭނީ ދުނިޔޭގައިވެސް އެންމެ 5 މީހުންނެވެ.

Advertisement

ހެވަންލީ ހިމާލެޔާ

ހުދުކުލައިގެ ކްރޮކްޑައިލް ހާމްސް އިން އުފައްދާފައިވާ މިދަބަހަކީ ހޮންކޮންގެ އުފެއްދުމެކެވެ. މީގައި 240 ޑައިމަންޑާއި 18 ކެރެޓުގެ ރަން ހިމެނިފައިވެއެވެ. މިދަބަހަކީ ބަލާލަން ރީތ ދަބަހެކެވެ. ތަޖުރިބާކާރުން ބުނާގޮތުގައި އަހަރަކު އުފައްދަނީ މީގެ 1 ނުވަތަ 2 ދަބަހެވެ. މިދަބަހުގެ އަގަކީ 379261 ޑޮލަރެވެ.

ޑައިމަންޑް ޑޭޒްޑް

މިއީ މަޝްހޫރު ޝަނަލް ބްރޭންޑްގެ ޑައިމަންޑާއިއެކު 2008 ވަނަ އަހަރު އުފައްދާފައިވާ ދަބަހެކެވެ. މިދަބަހުގައި ހުންނަނީ "މެޓް ވައިޓް އެލިގޭޓަރ ލުކެކެވެ. މީގައި 334 ޑައިމަންޑާއި 18 ކެރެޓް ރަން ބޭނުންކޮށްފައިވެއެވެ. މިދަބަހުގެ އަގަކީ 261000 ޑޮލަރެވެ.

ފްިްޓް ފޯއަ ޕްރިންސަސް

ޕްރިންސަސް ޑަޔާނާގެ އެކުވެރި އަދި ޑިޒައިނަަރު ޚާއްސަކޮށް ޕްރިންސަސް އޮފް ވޭލްސްއަށް އަތްދަބަސް ޑިޒައިންކޮށްދީ އުޅެއެވެ. އެގޮތުން މިދަބަހަކީވެސް އޭނާގެ އުފެއްދުމެކެވެ. މިދަބަހުގެ އަގަކީ 400000 ހާސް ޑޮލަރެވެ.

މައުލޫމާތު: ފައިން ޖުވެލަރީ އޯ ހޭންޑް ބޭގް

+1
0
+1
1
+1
0
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް