Advertisement
header ad
XeeTimesXeeTimes
މިޒާއިން ޓިއުޝަން ނަގާ ދަރިވަރުންނަށް ކޮންސެޕްޓް އުނގަންނައިދިނުމަށް ޕްރެކްޓިކަލް ތަފާތު ތަޖުރިބާއެއް! އިލްމާއި ހިލްމު

މިޒާއިން ޓިއުޝަން ނަގާ ދަރިވަރުންނަށް ކޮންސެޕްޓް އުނގަންނައިދިނުމަށް ޕްރެކްޓިކަލް ތަފާތު ތަޖުރިބާއެއް!

ޒަމާން މިވަނީ ބަދަލުވެފައެވެ. ހަމައެކަނި ފޮތުގައި އޮތް އެއްޗެއް އުނގެނިގެން ނުފުދެއެވެ. ފިޒިކްސް ފަދަ މާއްދާތަކުގައި އެފޮތުގައި އެބުނާ ފިލާވަޅު ދަސްކުރުމަށް ޕްރެކްޓިކަލް ސެޝަންތަކެއް މުހިންމެވެ. ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގެ ހިޔާގެ 2 ވަނަ ޓަވަރު (އޮރެންޖު ކުލަ) ގްރައުންޑް ފްލޯރ ގައި ހުންނަ މިޒާ އިންސްޓިޓިއުޓުން މިފަހަރު މިވަނީ ދަރިވަރުންނަށް ޕްރެކްޓިކަލް ސެޝަންތަކެއް ނަގައިދޭން ފަށައިފައެވެ.

ގްރޭޑް 10 ގެ ދަރިވަރުން ފިޒިކްސް މާއްދާގެ އެކްސްޕެރިމެންޓެއް ހެދުމުގައި

" އަޅުގަނޑުމެން ބޭނުންވީ މިޒާއިން ޓިއުޝަން ނަގާ ދަރިވަރުންނަށް ރަނގަޅަށް ފިލާވަޅު އުނގަންނައި ދިނުމަށް. މުދައްރިސް ކިޔައިދެއްވާ ފިލާވަޅު އަދި މުޅި ކޮންސެޕްޓް ދަރިވަރުންނަށް ދަސްވުމަށް މި ޕްރެކްޓިކަލް ސެޝަންތައް މުހިންމު ރޯލެއް އަދާކުރޭ. ޕްރައިމަރީ ދަރިވަރުންވެސް ޝައުގުވެރިވޭ. ދަރިވަރުން ތިބީ ވަރަށް ހިތްހަމަޖެހިފައި މިފަދަ ފުރުސަތެއް ލިބުމުން". މިޒާ އިންސްޓިޓިއުޓުން ފާހަގަކުރިއެވެ.

މިފަދަ އާލާތްތަކުގެ ސަބަބުން ވަނީ އިތުރަށް ދަސްކުރަން ފަސޭހަވެފައެވެ. ޕާސްޓްޕޭޕަރު ހަމައެކަނި ހެއްދުމުގެ ބަދަލުގައި ކޮންމެ ގޮތަކަށް ސުވާލު އަޔަސް ދަރިވަރުންނަށް ފަސޭހައިން ޖަވާބު ދެވޭ މިންވަރަށް ފިލާވަޅު ބުނެދިނުމަކީ މިޒާ އިންސްޓިޓިއުޓްގެ އަމާޒެވެ.

Article - in content
Advertisement

" އަޅުގަނޑުމެން ބޭނުމަކީ ޝައުގުވެރިވާގޮތަށް ކޮންސެޕްޓް އެންމެ ފުރިހަމައަށް ދަރިވަރުންނަށް ކިޔައިދިނުން. އެއިރުން ދަރިވަރުންނަށް ރަނގަޅު ނަތީޖާ ހޯދޭނެ".

ގްރޭޑް 1 އިން 12 އަށް ހުރިހާ މާއްދާއަކުން ޓިއުޝަން ނަގައިދޭ މިޒާ އިންސްޓިޓިއުޓުން ދަނީ 200 އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުންނެވެ. މީގެތެރޭގައި މާލެސިޓީގެ އެކި ސްކޫލުގެ ދަރިވަރުން ހިމެނެއެވެ. ތަޖުރިބާކާރު ޓީޗަރުންގެ އެހީތެރިކަމާއެކު ޒަމާނީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދޭ މިޒާ އިންސްޓިޓިއުޓާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7333535 ނުވަތަ 7770953 މި ނަންބަރުތަކަށެވެ.

ފޭސްބުކް ޕޭޖް: Miza Institute

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —