May 21, 2024 02:49
Advertisement

-Advertisement-

ދަރިން ތަރުބިއްޔަތު ކުރުމުގައި އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމުގައި ފަސްޖެހުމަކީ ޚިޔާނާތެއް- ހުކުރު ހުތުބާ

އަހަރުމެންގެ ދަރިންނަކީ ދުނިޔަވީ ހަޔާތުގެ އުފާވެރިކަމާއި ޒީނަތްތެރިކަމުގެ ރަމްޒުކަން ކަށަވަރެވެ. ޤައުމުގެ އެންމެހައި ކަންކަމާއި މާދަމާ ހަވާލުވާން ތިބި ބަޔަކީ އަހަރުމެންގެ ދަރިންނެވެ، މިއަދުގެ ކުޑަކުދިންނާއި ޒުވާނުންނެވެ، އެހެންކަމުން ހެޔޮގޮތުގައި އެކުދިން ބަލައި ބޮޑުކޮށް، އެކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް ސަމާލުވާން ވާނެއެވެ! މިއީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރުއަޅާފައިވާ ކަމެކެވެ. މިކަމަށްޓަކައި ކުޑަކުދިންނަށް އިސްލާމް ދީނުގައި ގިނަގުނަ ޙައްޤުތަކެއް ކަނޑައަޅުއްވާފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު އެއް ޙައްޤަކީ ހެޔޮލަފާ އާއިލާއެއްގެ ތެރެއަށް ކުއްޖާ އުފަންވެ ރަނގަޅު ތަރުބިއްޔަތެއް ލިބިދިނުމުގެ ޙައްޤެވެ.

އަހަރުމެންގެ ހިތުގެ ހަމަޖެހުމާއި ލޮލުގެ ފިނިކަން ކަމުގައިވާ ދަރީންނަށް ދެވޭ ތަރުބިއްޔަތުގެ ސަބަބުން ރިޒްޤު ތަނަވަސްވެ މާތް ﷲ ރަޙްމަތާއި ޘަވާބު އިތުރުކޮށްދެއްވާނެއެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި ތިޔަބައިމީހުން އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމުގައި ފަސްޖެހުމަކީ ޚިޔާނާތެކެވެ. އެއީ ތިޔަބައިމީހުން ސުވަރުގެ ވަނުމުން މަޙްރޫމް ވެދާނެ ކަމެކެވެ.

Advertisement

ހެދިބޮޑުވަމުން އަންނަ ޖީލަށް ރަނގަޅު ތަރުބިއްޔަތު ދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އެކަނިވެރިކަން އިހްސާސްކުރަންޖެހިފައިވާ ކުޑަކުދީންނަށް އެހީތެރިވުމާއި، ޔަތީމުޚާނާތަކާއި ހިޔާތަކުގެ ތެރެއިން އެކުދިން ނެރެ، ހެޔޮލަފާ އާއިލާތަކުގެ ކުލުނުވެރިކަމާއި، ލޯބީގެ ހިޔާވަހިކަމުގައި އެކުދިން ބޮޑެތިވުމަކީ، ކުލުނުވެރިކަމުގެ ސިފަ ލިބިގެންވާ ހެޔޮލަފާ ޞާލިހު ބައެއްގެ ގޮތުގައި އެކުދިން ބޮޑުވުމަށް އޮތް ފުރުޞަތަކަށް ވާނެއެވެ. އެކަނިވެރިވެފައިވާ ނިކަމެތި ކުއްޖަކު ބަލައިބޮޑުކުރުމަށް ތިމާގެ ހިޔާވަހިކަމުގެ ތެރެއަށް ގެނައުމަކީ ހެޔޮކަމާއި ސަވާބު ހުރިކަމެކެވެ. އެއީ އިސްލާމްދީން ނުހަނު ބާރުއަޅާފައިވާ ކަމެކެވެ.

އިސްލާމްދީނަކީ ރަހުމަތުގެ ދީނެވެ. އަހަރުމެންގެ މުޖުތަމައުން ކުޑަކުދިންނަށް ގޯނާކޮށް އެކުދިންނަށް ލިބެންޖެހޭ ޙައްޤުތަކަށް ހުރަސްއަޅާ ބަޔަކު މަދުންނަމަވެސް ފެނެއެވެ. މިއަދު ނަފްސާނީ ބައެއް ބަލިތަކުގެ ސަބަބުންނާއި، ދިރިއުޅުމުގެ ގޮންޖެހުންތަކާއި ހަމަވިސްނުމުން އެއްކިބާކުރާ ތަކެތި ބޭނުންކުރުމުގެ ސަބަބުން ބައެއް މީހުންގެ ހިތްތަކުގައި އޯގާވެރިވުމުގެ އިހްސާސްތަކަށް އެއްވެސް ޖާގައެއް ނެތެވެ.

ރުޅިވެރިކަމާއި ނަފުރަތުގެ ވެއްޓެއްގެ ތެރޭގައި ކުދީން ބޮޑެތިވާނީ އިންސާނިއްޔަތުކަމެއް ނެތިއެވެ. ވަށައިގެންވާ މީހުންގެ މައްޗަށް އިތުބާރެއް ނެތިއެވެ. އޭނާގެ ހިތުގެ ފުން ވާދީގައި ބިންވަޅު ނެގިފައި ހުންނާނީ ފުން ހިތާމައިގެ ހިތި އަސަރުތަކެވެ.

ކުޑަކުއްޖާގެ ކުށްތައް ރަނގަޅުކޮށްދޭން ޖެހޭނެއެވެ. އެކަމަކު އެކަން ކުރަންވާނީ ބިނާކުރަނިވި ގޮތަކަށެވެ. އަދަބުވެރި ކުރުވުމުގެ ގޮތުންނެވެ. ޢުޤޫބާތް ދިނުމުގެ ގޮތަކުންނޫނެވެ.

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް