May 21, 2024 00:22
Advertisement

-Advertisement-

މިސްކިތުގެ ފޮޓޯ: ޓްރެވަލް. އާރތް

އިސްލާމީ ޢަޤީދާގެ މައްޗަށް ދަރިން ތަރުބިއްޔަތުވެގެން މެނުވީ ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެ!

މައިންބަފައިން އަބަދުވެސް އެބައިމީހުންގެ ދަރިންނާމެދު ފޮނި އުއްމީދުތައް ކުރެއެވެ. އެ ދަރިން، ދީނީ ކަންތަކަށް ހުރުމަތްތެރިކޮށް ހިތައި ކިޔެވުމުގައި މޮޅު، އަދި ޤައުމާއި މުޖުތަމައަށް ފައިދާ ކޮށްދޭނެ ކުދިންނަށް ވުމުގެ ފޮނި އުންމީދުކުރެއެވެ. މައިންބަފައިންގެ އެ އުންމީދުތައް ހާސިލު ކުރުމަށްޓަކައި ބުރަ މަސައްކަތްތައް ކުރެއެވެ. ބޮޑެތި ޚަރަދުތައް ކުރެއެވެ. އެގޮތަށް ކުރާ ޚަރަދުތަކަކީ ހިސާބުކޮށް ބަލަހައްޓާ އެއްޗަކަށް ނުވާތީ، އެކަމަށް ޚަރަދުކުރެވިފައި ވަނީ ކިހާ ފައިސާއެއް ކަމެއް މައިންބަފައިންނަށް ބުނަން ދަތިވާނެއެވެ. ކުދިންގެ ޅަފަތުގައި އެކުދިންނަށް ކިޔަވައި ދިނުމަށް މައިންބަފައިން ހިތްވަރާއެކު މަސައްކަތް ފަށައެވެ. އެހެންނަމަވެސް މިހާރަކަށް އައިސް އެ ބުރަ މަސައްކަތާއި، ބޮޑެތި ޚަރަދުތައްކުރާ މައިންބަފައިންގެ ތެރެއިން ގިނަ ބަޔެއްގެ ފޮނި އުންމީދުތައް އެންމެ އެދެވޭ ގޮތެއްގައި ހާސިލު ވަމުން ނުދާކަން ފާހަގަކުރެވެއެވެ.

" މައިންބަފައިން މިކުރާ ބުރަ މަސައްކަތް ކާމިޔާބު މަސައްކަތަކަށް ނުވާތީ، އެކަމާމެދު ފިކުރުކޮށް އެކަމަށް ހައްލެއް ލިބޭތޯ މަސައްކަތް ކުރަނީ ކިތައް މައިންބަފައިންތޯއެވެ؟ ދުނިޔަވީ ގޮތުން ބޭނުންވާ ގިނަ މާއްދާތައް ދަރިންނަށް ކިޔަވައި ދިނުމަށްޓަކައި އެކަމަށް ޤާބިލު ބޭފުޅުން ސްކޫލުތަކަށް ގެނެވިފައިވެއެވެ.

" އަހަރުމެންގެ ދަރިންގެ ސިކުނޑިތައް ހުޅުވައިދިނުމަށްޓަކައި ތަފާތު އެކި ހަރަކާތްތައް ސްކޫލާއި ސްކޫލުން ބޭރުގައި ބޭއްވޭ. މި އެންމެހައި ކަންތައްތަކުގެ ތެރެއިން ނުކުރެވޭ އެއްކަމެއް އެބައޮތް. އެއީ އެކުދިންނަށް އިސްލާމީ ޢަޤީދާއާ ގުޅޭ މައުލޫމާތު ފުރިހަމައަށް ފޯރުކޮށްދިނުން. އެހެނީ އަޤީދާއަކީ އީމާންކަމުގެ އަސާސް. އެއަސާސުގެ މައްޗަށް ދަރިން ތަރުބިއްޔަތުވެގެން މެނުވީ ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެ".

Advertisement

އިސްލާމީ ސައްހަ އަޤީދާ ދެނެގަތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމު ކަމެކެވެ. އިސްލާމް ދީން ބިނާވެގެންވަނީ ޢަޤީދާ އާއި އަމަލުގެ މައްޗަށެވެ. ޢަޤީދާ ސައްހަނުވެ އެއްވެސް އަމަލެއް ސައްހައެއް ނުވާނެއެވެ. ހަމަ އެފަދައިން ސައްހަ ޢަޤީދާ އަކާއި ނުލައި ކުރާ އެއްވެސް އަމަލަކުން މަންފާއެއް ނުކުރާނެއެވެ. މިހެންކަމުން ދަރިވަރުންނަށް ސައްޙަ ޢަޤީދާގެ މައުލޫމާތު އުނގަންނައިދިނުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.

އިންސާނާ އަށް މެދުވެރިވާ ކަންބޮޑުވުންތަކާއި ނުތަނަވަސްވުމާއި، މާޔޫސްވުން ފަދަ ކަންތައްތަކުން އޭނާ ސަލާމަތްކޮށްދޭ އެއްޗަކީ އިސްލާމީ ރަނގަޅު ޢަޤީދާއެވެ. ހެޔޮ މިންވަރާއި ނުބައި މިންވަރަށް ފުރިހަމައަށް އީމާންނުވާ މީހުން އަބަދުވެސް ބަލާނީ އެ މީހުންގެ އަމިއްލަ މަސްލަހަތަށެވެ. އެ ގޮތަށް ޢަމަލު ކުރުމަކީ އެހެން މީހުންނަށް ގެއްލުން ލިބޭ ކަމެއްކަމުގައި ވީނަމަވެސް އެއްވެސް ފަރުވާލެއް ނުބަހައްޓާނެއެވެ. އަދި ބައެއް މީހުން އެ މީހުންގެ އަމިއްލަ ނަފުސަށް ގެއްލުންދީ، ނުރައްކަލުގެ ތެރެއަށް ފުރާނަ ހުށަހެޅޭ ކަންކަމަށް އަރައިގަންނަމުން ދަނީވެސް މިންވަރަށް އީމާން ނުވެވޭތީއެވެ. އެހެންކަމުން އަހަރެމެންގެ ދަރިންނަށް އިސްލާމީ ޢަޤީދާ ކިޔަވައިދިނުމަކީ އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ މުހިންމު މަސްއޫލިއްޔަތެވެ.

އަހަރުމެންގެ ޅަދަރިންގެ ހިތްތަކުގައި އިސްލާމީ ޢަޤީދާ ވަރުގަދައަށް ބިންވަޅުނެގިފައި ނުވާނަމަ، އެ ދަރިން، އިސްލާމް ދީނާ ޚިލާފު އެކިއެކި އޮއިވަރުތަކުގައި ޖެހި ޙައްޤު މަގުން އެއްކިބާވެގެން ދިއުމަކީ ދާދި ގާތުގައިވާ ކަމެކެވެ. އެހެންކަމުން އިސްލާމީ ޢަޤީދާ ފުނޑުފުނޑު ކޮށްލުމަށް ޣައިރު މުސްލިމުން ކެނޑިނޭޅި އުފައްދާ ޝުބުހަ ތަކާއި ޝައްކުތަކުގެ ޝިކާރައަކަށް އެކުދިން ވެދާނެތީވެ، އެކަމާމެދު ސަމާލުވާން ޖެހޭނެއެވެ. މީސްމީޑިއާގެ އެކިއެކި ވަސީލަތްތައް ބޭނުންކުރުން އާއްމުވެފައިވާ މިފަދަ ޒަމާނެއްގައި އަހުރެމެންގެ ދަރިންނަކީ ދީނުގެ ފުރިހަމަ މައުލުމާތު ލިބިފައިވާ އަދި ސައްޙަ ޢަޤީދާގެ މަތީގައިވާ ދަރިން ކަމުގައިވާނަމަ އެފަދަ ވަސީލަތްތަކުގެ ޛަރީޢާއިން އެކުދިންގެ ސިކުނޑިތަކާއި ކުޅެލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.

މައުލޫމާތު: ހުކުރު ޚުތުބާ

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް