May 13, 2024 21:07
Advertisement

-Advertisement-

ރެނީމިސް

އެކައުންޓިންގ އިން ދުނިޔެއިން ފާހަގަކުރެވޭ ނަތީޖާއެއް ހޯދާ ދިވެހި ބައެއް ދަރިވަރުންގެ ފަހަތުގައި ރެނީމިސް!

ޘާނަވީ އިމްތިހާނުތަކުން ރަންވަނަ ހޯދާ ދަރިވަރުން ދިވެހިރާއްޖޭގައި ދަނީ އެއްއަހަރުން އަނެއްއަހަރަށް ގިނަ ވަމުންނެވެ. ރަން އަކުރުން ފާހަގަކުރެވޭ ނަތީޖާގެ ފަހަތުގައި އެދަރިވަރުންގެ ހިތްވަރުގެ އިތުރަށް މުދައްރިސުން ކުރައްވާ ބުރަމަސައްކަތް ފާހަގަކުރެވެއެވެ. މިގޮތުން ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިން ކިޔަވައިދެއްވި އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ މިޒާ އިންސްޓިޓިއުޓްގައި މިހާރު ކިޔަވައިދެއްވާ އިންޑިއާ އަށް އުފަން ރެނިމޯލް ޕީ.އާރު (ރެނީ މިސް) އަކީ ފާހަގަކުރެވޭ މުދައްރިސެކެވެ.

ރެނީމިސްގެ އިންޓަވިއު ނެގިއިރު ކިޔަވައިދެއްވި ދަރިވަރުންގެ ތެރެއިން ފާހަގަކުރެވޭ ނަތީޖާ ހޯދި ބައެއް ދަރިވަރުންގެ އިންޓަވިއު ވެސް ޒީޓައިމްސް އިން ވާނީ ނަގައިފައެވެ. މިގޮތުން ގއ. އަތޮޅު ތަޢުލީމީ މަރުކަޒުން އޭލެވެލް ހަދައި އޭ ސްޓަރ ލިބުނު އިބްރާހީމް ޖާއިޒް ޖާބިރު ފާހަގަކުރި ގޮތުގައި "ރެނީމިސް ވަރަށް ރަނގަޅު. މިސް ކިޔަވައިދިނީމަ އޭލެވެލްއިން އޭ ސްޓަރ ލިބުނީ. ނޭނގޭ ސުވާލުތަކުގެ ޖަވާބު އެނގެންދެން މިސް ކިޔަވައިދޭނެ". އެވެ.

ގއ. އަތޮޅު ތަޢުލީމީ މަރުކަޒުން ތަޢުލީމް ހާސިލުކުރި އަހްމަދު މައޫޝް ސަބްރީ އަށްވެސް ގްރޭޑް 11 އަދި 12 ގައި ކިޔަވައިދިނީ ރެނީމިސް އެވެ. "ދުނިޔޭގެ ރޭންކުން 4 ވަނަ އަދި އޭސްޓަރ ލިބުނު އެކައުންޓިންގ މާއްދާއިން. މިސްގެ ވަރަށްބޮޑު ހިއްސާއެއް އެބައޮތް މި ނަތީޖާ ލިބުމުގައި. މިސް އަކީ ފިލާވަޅު ބުނެދިނުމަށް ވަރަށް މޮޅު ޓީޗަރެއް. އޮޅުން ނުފިލާ ފިލާވަޅެއް އޮވެއްޖިއްޔާ މިސް އަމިއްލައަށް ވަރަށްބޮޑަށް ރިސަރޗްކޮށްގެން އައިސް އެ ފިލާވަޅެއް އެނގެންދެން ޖަވާބުދޭނެ. އެވަރަށް މަސައްކަތްކުރާނެ. ވަރަށް ރަނގަޅު ޓީޗަރެއް". މައޫޝް ފާހަގަކުރިއެވެ.

Advertisement

ސެންޓަރ ފޮރ ހަޔަރ އެޑިޔުކޭޝަން އިން ތަޢުލީމް ހާސިލުކޮށް މިމަހު އޭލެވެލް އެގްޒާމް ހެދި ފާޠިމަތު ނައުރާ ރަޝީދު ރެނީމިސް އާއި މެދު ދެކޭގޮތްވެސް ބަލާލީމެވެ. " މިސްކައިރިން ޓިއުޝަން ނެގުމަށް މިޒާ އިންސްޓިޓިއުޓަށް ދިޔައީ. ވަރަށް ރަނގަޅަށް ކިޔައިދޭނެ. އެންމެ 3މަސް ދިމާވީ މިސްއާއި އިމްތިހާނުގެ ކުރިން. އެ 3މަސް ތެރޭގައި ދަސްނުވެ ހުރި ވަރަށްގިނަ އެއްޗެހި ދަސްކޮށްދިނުމަށް އެހީތެރިވެދިން. ޕޭޕަރުވެސް ފަސޭހައިން ނިންމާނެ ގޮތް ދަސްވި. ވަރަށްގިނައިން ޕާސްޕޭޕަރވެސް ދޭނެ. މިސް އައި ފަހުން ވަރަށްގިނަ އިތުރު ކުލާސްވެސް ނަގައިދޭނެ. ރެނީމިސް އަށް އެނގޭ ފަސޭހައިން އެނގޭނެގޮތަށް ފިލާވަޅު ނަގައިދޭން". ނައުރާ ފާހަގަކުރިއެވެ.

ފާޠިމަތު މާޝާ ރާފިޢު އަކީ ވެސް ރެނީމިސް ކިޔަވައިދިން ދަރިވަރެކެވެ. " ރެނީމިސް އަކީ ސްކޫލު ދައުރުގައި އަޅުގަނޑާއި ދިމާވި އެންމެ ރަނގަޅު ޓީޗަރެއްކަމަށް ބުނެވިދާނެ. އަޅުގަނޑަށް ހިތްވަރުދިން. އަޅުގަނޑަކީ އޯލެވެލް ނިމުނުއިރު އެކައުންޓިންގ އިން 'ސީ' ލިބުނު ކުއްޖެއް. އޭލެވެލް ކިޔަވަން ފެށުމަށްފަހު އަބަދުވެސް މިސްކައިރީގައި ބުނަން އެކައުންޓް މާ އުދަގުލޭ. ނުކިޔެވޭނޭ. އަޅުގަނޑަށް އިތުރު ކުލާސް ނަގައިދީގެން މިސް ކިޔަވައިދިން ރަނގަޅުކަމުން އޭލެވެލް ނިންމާލިއިރު އޭސްޓަރ ލިބުނު. 300 އިން 290 އަށްވުރެ ގިނަ މާކްސް ލިބުނު". މާޝާ ހިތްހަމަޖެހުމާއެކު ފާހަގަކުރިއެވެ.

ރެނީމިސް އާއި މެދު ދަރިވަރުން ދެކޭގޮތް އެނގުމުން މޮޅަށް ކިޔަވައިދިނުމުގައި ގެންގުޅުއްވާ އުކުޅަކީ ކޮބައިތޯ ބަލައިލީމެވެ.

"އަޅުގަނޑު މަސައްކަތްކުރަނީ އެކައުންޓިންގެ މައުޟޫ އާއި ގުޅޭގޮތުން އެންމެ ފުރިހަމަ މައުލޫމާތުދީ ރަނގަޅަށް ފިލާވަޅު އުނގަންނައިދިނުމަށް. ދަރިވަރުންނަށް އެނގޭ މިންވަރު ބަލައި ވަކިވަކި ދަރިވަރުންނަށް ޚާއްސަ ސަމާލުކަމެއް ދީގެން ނޭނގޭ އެއްޗެހި ބުނެދީ އިމްތިހާނަށް ތައްޔާރުކޮށްދެން. ދަރިވަރަށް ފިލާވަޅު ދަސްވަންދެން އިތުރު ކުލާސްތައް ނަގައިދީގެންވެސް ބުނެދެން". ރެނީ މިސް ވިދާޅުވިއެވެ.

އެކައުންޓިންގ ޓީޗަރެއްގެ ގޮތުގައި 15 އަހަރުގެ ތަޖުރިބާ ހުރިއިރު މީގެތެރެއިން 8 އަހަރު ކިޔަވައިދެއްވީ ދިވެހިރާއްޖޭގައެވެ. ބާކީ 7 އަހަރު އިންޑިއާގައެވެ. އިންޑިއާގެ 2 ކޮލެޖެއްގައި ކިޔަވައިދެއްވިއިރު ދިވެހިރާއްޖޭގެ ކޮލެޖެއްގެ އިތުރުން ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ވަނީ ކިޔަވައިދެއްވާފައެވެ.

ރެނީމިސް ވަނީ އެންމެ ފާހަގަކުރެވޭ ކާމިޔާބީ އުފަލާއެކު ފާހަގަކުރައްވާފައެވެ. "ދުނިޔޭގެ ރޭންކުން 4 ވަނަ ލިބުނު އަހަރެން ކިޔަވައިދިން ދިވެހި ދަރިވަރަކަށް. ވަރަށް ގިނަ ދަރިވަރުންނަށް އޭސްޓަރ އަދި އޭ ލިބިފައިވޭ އޯލެވެލް އަދި އޭލެވެލް އިމްތިހާނުން". ރެނީމިސްގެ އަމާޒަކީ މިވަގުތު ކިޔަވައިދެއްވާ މިޒާ އިންސްޓިޓިއުޓުން ޓިއުޝަން ނަގާ ދަރިވަރުންނަށް ރަނގަޅު ނަތީޖާއެއް ހޯދުމަށް ވެވެން ހުރި އެހީތެރިކަމެއް އެކައުންޓިންގ މާއްދާއިން ވެދިނުމެވެ.

ރެނީމިސް ކިޔަވައިދެއްވާ ޓިއުޝަން ސެންޓަރ މިޒާ އިންސްޓިޓިއުޓް އާއި ގުޅޭނެ ނަންބަރު: 7333535 ނުވަތަ 7770953

+1
4
+1
8
+1
4
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް