Advertisement
header ad
XeeTimesXeeTimes
ސީރިއަސް ވާންޖެހޭ ގަޑިތަކުގައި ހުނުން އަދި މިކަން ކޮންޓްރޯލް ކުރެވިދާނެ ބައެއް ގޮތްތައް!

ސީރިއަސް ވާންޖެހޭ ގަޑިތަކުގައި ހުނުން އަދި މިކަން ކޮންޓްރޯލް ކުރެވިދާނެ ބައެއް ގޮތްތައް!

ގިނަބައެއްގެ ތެރޭގައި އުޅޭއިރު ތަފާތު މިޒާޖުގެ މީހުންނާއި ދިމާވާނެއެވެ. ބައެއް މީހުން ތިބެނީ އަބަދުވެސް ހިނިތުންވެފައެވެ. ސީރިއަސްވާންޖެހޭ ވަގުތުތަކުގައި ސީރިއަސްވާން ނޭނގޭ މީހުންވެސް އުޅެއެވެ. މިގޮތުން ހުނުން ކޮންޓްރޯލް ނުކުރެވި އެކަން އެހެން މީހުންގެ ސަމާލުކަމަށް އަންނަ ފަހަރުވެސް އާދެއެވެ. އަދި އެމީހަކާމެދު އެހެންމީހުން ދެކޭގޮތް ބަދަލުވުމަކީ ވެދާނެ ގޮތެކެވެ. އެގޮތުން މިފަދަ ހާލަތެއްގައިވެސް އަދި އެހެން ކަމަކާ ގުޅިގެންވެސް ހުނުން ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމަށް ބަލާލާނަމެވެ.   

  1. ތުންފަތުގައި ދަތްއަޅައިގެން ހުރުން

މިގޮތަށް ދަތްއަޅައިގެން ހުރެ ފުންކޮށް ނޭވާލެވިދާނެއެވެ. ނުވަތަ ކޮލުގައި ދަތްއަޅާ ހިފަހައްޓާލައިގެން ހުރުމުން ކޮންޓްރޯލް ކުރެވޭނެއެވެ.

  1. އޮފީސް މާހައުލެއްނަމަ ގަލަމުގެކޮޅު ފިއްތާލަ ފިއްތާލާ ހުރުން

އޮފީސް މާހައުލުގައި ސީރިއަސްވާންޖެހޭ ވަގުތެއްގައި ހެވެން އުޅޭނަމަ ގަލަމުގެ ކޮޅަށް ފިއްތާލަމުން ފޯކަސް އެއަށްދެވޭނެއެވެ. އަދި މިކަން ތަކުރާރު ކުރަމުންގެންދާށެވެ.

Article - in content
Advertisement
  1. އެކަނިވުމުން ހީލުން

ހިނިތުންވުމަކީ ރަނގަޅުކަމެކެވެ. ނަމަވެސް ހާލަތަށް ބަލާށެވެ. ހިތާމަވެރި ހާލަތެއް މެދުވެރިވެގެން އުޅޭގަޑިއެއްގައި ނުވަތަ މުހިންމު މަޝްވަރާއެއް ކުރިއަށްދާއިރު އާދަޔާޚިލާފަށް ހުނުން އެއީ އެފަދަ ހާލަތެއްގައި ކުރުން ރަނގަޅުކަމެއް ނޫނެވެ. މީހަކު ކިޔާ އެއްޗަކުން މާބޮޑަށް ހެވޭހެން ހީވާނަމަ ފުރުސަތު ހޯދައިގެން އެމާހައުލާއި ދުރަށް އެހެން ތަނަކަށް ދެވިދާނެއެވެ.

  1. ވާހަކަދެކެވޭ މައުޟޫ ނޫން އެހެންކަމަކަށް ފޯކަސްކުރުން

އޮފީސް މާހައުލުގައިނަމަ އެތަނުން ފެންނަންހުރި ވަކިކުލައަކަށް ފޯކަސްކުރާށެވެ. އަދި އެތަނުން އެކުލައިގެ އެއްޗެހި ފެންނަންހުރީ ކިހާވަރަކަށްތޯ ހިތުން ގުނާލާށެވެ. މިގޮތަށް ކަންތައްކުރުމުން ހެވެން އުޅުނު ކަންތައް ހަނދާންނެތިދާނެއެވެ.

  1. އަނގަ ލެއްޕުމަށްފަހު ކަންފަތުގައި އަތްއަޅައި އަނގައިން ނޭވާލާން މަސައްކަތްކުރުން

ނޭވާލުމަށް ގެނެވޭ ބަދަލުތަކަކީ މިފަދަ ކަންކަން ކޮންޓްރޯލް ކުރުމަށް ބޭނުންކުރެވޭ ގޮތްތަކެކެވެ.

 

މައުލޫމާތު: ބްރައިޓްސައިޑް އަދި ޔޫޓިއުބް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —