Advertisement
header ad
XeeTimesXeeTimes
ކަނޑިންމާއުޅާގަނޑު ވަރަށް ގިނަވެއްޖެ، މިއީ ވިސްނަންވީ ކަމެއް!

ކަނޑިންމާއުޅާގަނޑު ވަރަށް ގިނަވެއްޖެ، މިއީ ވިސްނަންވީ ކަމެއް!

ދިވެހިބަހުގެ ރަދީފު ބަލާލިއިރު ލޮލުގައި އަޅައިގަތް 'ކަނޑިންމާއުޅާގަނޑު' މިބަހުގެ މާނައަކީ އަބަދު އަނގަގަދަކުރާ މީހާއެވެ. މިޒަމާނުގައި މިއީ ވަރަށް އާންމުކަމަކަށް ވެއްޖެއެވެ. ނުބެހޭކަށް ކަމެއް ނޯވެއެވެ. އަނގަގަދަކަމުންގޮސް މީހުންނަށް ފުރައްސާރަކުރުން މިވަނީ އިންތިހާއަށް ގޮސްފައެވެ.

ވާހަކަ ދެއްކުމުގައި އަދަބު އަޚުލާގެއްވެސް ނެތީއެވެ. ތިމާ ދުވަހަކު ނުދަންނަ މީހަކަށްވެސް މީހުން ބުންޏޭ ބުންޏޭ ކިޔައިގެން ސޯޝަލްމީޑިއާގައި ވެސް ހިތަށް އެރި އެއްޗެއް ގޮވަނީއެވެ. ދޮގުހެދުން އިންތިހާއަށް އިތުރުވެއްޖެއެވެ. މިނޫން ދުނިޔެއެއް އޮތްކަން ހަނދާނެއްވެސް ނެތެވެ. އެބަޔަކަށް ސިޔާސީގޮތުން ނުވަތަ އެނޫންގޮތަކުންވެސް ފައިދާހުރި ގޮތަކަށް އަނގަގަދަކުރަމުން ދަނީއެވެ. 

އަނގައިން ބަސް ބޭރުކުރުމުގެ ކުރިން އިންތިހާއަށް ވިސްނަންވެއްޖެއެވެ. ބުނެވޭ ބަހުގެ ސަބަބުން އިންސާނެއްގެ އަބުރުގެއްލި އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބުމަކީވެސް ވެދާނެކަމެކެވެ. ސަބަބަކީ ތެދަށްވުރެ ދޮގުބަސް ގަބޫލުކުރާ މީހުން ގިނަވެ ދޮގުބަސް މީހުންގެ ތެރެއަށް ފެތުރޭ މިންވަރުވެސް އަވަސްވެފައިވާތީއެވެ.

Article - in content
Advertisement

ސޯޝަލް މީޑިއާ އަކީ އެކި އުމުރުފުރައިގެ މީހުން ބޭނުންކުރާ ތަނެކެވެ. އޭގެތެރޭގައި ސްކޫލުގައި އުޅޭ ކުދިންނާއި މައިންބަފައިންނާއި ޒުވާނުންވެސް ހިމެނެއެވެ. ސޯޝަލް މީޑިއާއަށް ތި ދޫކޮށްލާ ކޮންމެ ލިޔުމަކަށް، ވީޑިއޯއަކަށް ޒިންމާނެގޭނެ ހެއްޔެވެ؟ މީހުންނަށް ގެއްލުންހުރި ގޮތަށް މުޖުތަމައު ފަސާދަކޮށް، ހަޑިބަސް ބޭނުންނުކުރިއަސް ބުނަން ބޭނުންއެއްޗެއް ބުނެވިދާނެއެވެ.

މިދުވަސްވަރަކީ ސިޔާސީ ފޯރި އިންތިހާއަށް އިތުރުވެފައިވާ ދުވަސްވަރަކަށްވާއިރު ސޯޝަލްމީޑިއާ ބަލާލަން ނުކެރޭވަރުގެ ޕޯސްޓްތައް ދަނީ ދައުރުވަމުންނެވެ. މާދަމާގެ ޅަދަރިންނަށް މިދަސްކޮށްދެވެނީ ކޮންފަދަ ހުތުރު މަންޒަރެއްކަމާމެދު ވިސްނާލާމީހުން މަދެވެ. 

މައިންބަފައިންނާއި ޓީޗަރުންވެސް ދަރިންނާއި ދަރިވަރުން ތަމްރީން ކުރުމުގައި ވިސްނަން އެބަޖެހެއެވެ. މިއަދުގެ ޅަދަރިންނަކީ މާދަމާގެ މުސްތަގުބަލެވެ. އެކުދިން ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރުމަށް ކުރިއަށްވުރެ ބޮޑަށް އިސްކަންދޭން އެބަޖެހެއެވެ. މުޖުތަމައުގައި އުޅޭ 'ކަނޑިންމާއުޅާގަނޑު' ތަކަށް ވިޔަނުދޭން މަސައްކަތްކުރަން އެބަޖެހެއެވެ. އަދަބު އަޚުލާގު ދަސްކޮށްދޭން އެބަޖެހެއެވެ. ހެވާއިނުބައި ރަނގަޅަށް ވަކިކުރަން ދަސްކޮށްދޭން އެބަޖެހެއެވެ. ބަސްބުނަންޖެހޭ ތަނުގައި ތެދުބަސް ބުނަން ދަސްކޮށްދޭންޖެހެއެވެ. ބޭކާރު އަނގަގަދަ ނުކުރާ ބަޔަކަށް ވާން އެބަޖެހެއެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ވިސްނާ 25ސެޕްޓެމްބަރ2023

ވަރަށް ރަނގަޅު ވާހަކައެއް، މިހާރު “ކަނޑިންމައުޅާގަނޑު” ވަރަށްގިނަވެއްޖެ ޓީވީ ޗެނަލްތަކުން ގެންނަ ރިޕޯޓްތައްވެސް އަޑުއަހަން ބަލަން ކަމަކުނުދޭ، ވަރަށްދެރަކަންތައް މިހުންނަނީ!

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —