May 10, 2024 07:46
Advertisement

-Advertisement-

ސައުތުއީސްޓް އޭޝިއާގެ އެންމެ އާސާރީ ޕާކުތަކަކީ ކޮބާ؟

ދުނިޔޭގެ ގައުމުތަކުގައި ވަރަށް ޒަމާންވީ ތަފާތު ޕާކުުތައް ހުރެއެވެ. އެތައް އަހަރުތަކެއް ކުރިންފެށިގެން ހުންނަ މިކަހަލަ އާސާރީ ތަންތަނަށް ގޮސްލައި މިތަންތަނުގެ ތަފާތުކަން ތަޖުރިބާކޮށްލުމަކީވެސް ގިނަބަޔަކު ހިތްހަމަޖެހޭ ކަމެކެވެ.

އާސާރީ ތަންތަނާއި މަޝްހޫރު ރީތި ތަންތަނުގެ ފޮޓޯ އެކި މީހުން ޝޯޝަލްމީޑިއާގައި ހިއްސާކޮށްފައި ހުންނަތަން ފެނެއެވެ. އެހެންނަމަވެސް މިތަންތަނަށް ދިއުމުގެ ނަސީބު އެންމެނަށް ނުލިބިދާނެއެވެ. މިތަންތަނުގެ ތާރީޚް އެނގިފައި އޮތުންވެސް މުހިއްމެވެ. ބައެއް މީހުން މިތަންތަނަށް ޒިޔާރަތްކުރުމަށްފަހު ތާރީޚް ލިޔެއެވެ. އަނެއްބަޔަކު މިތަންތަނަށް ގޮސްފައި ތިބި މީހުންގެ ގާތުގައި އަހައިގެން ލިޔެއެވެ. އަދި އިންޓަނެޓް މެދުވެރިކޮށް މައުލޫމާތު ހޯދައިގެން ފޮތްވެސް ލިޔެއެވެ.

ތާރީޚަކީ ލިޔެވިފައިވާނަމަ ދެން އަންނަ ޖީލަކަށްވެސް ފެންނަން އޮންނާނެ މުހިއްމު އެއްޗެކެވެ.

Advertisement

ސައުތުއީސްޓް އޭޝިއާގެ އެންމެ ޒަމާންވީ އާސާރީ ޕާކުތަކަށް ބަލާލާއިރު އެތަނުން އެންމެ ޒަމާންވީ 5 ޕާކުގެ މައުލޫމާތު ހިމަނާލާނަމެވެ.

ކައު ސޮކް ނެޝަނަލް ޕާކް، ތައިލެންޑް

މިތަނަކީ ސައުތު ތައިލެންޑްގެ ސުރައްތާނީ ކިޔާ ޕްރޮވިންސްގައި އޮންނަ ވަރަށް ޒަމާންވީ ނެޝަނަލް ޕާކެކެވެ. މިއީ ވަރަށް އަރާމު އަޑުމަޑު ހިތްހަމަޖެހޭ ތަނެކެވެ. 800 މީޓަރުގެ ފުންމިނުގެ ފްރެޝްވޯޓަރ ލޭކްއެއްހެން ވަށައިގެން ފެންނަން އޮންނަ މިތަނަކީ ލައިމް ސްޓޯން ވަށައިގެން ފެންނަން ހުންނަ ތަނެކެވެ. މިތަނުގެ ގުދުރަތީ ރީތިކަމާއި ހިތްހަމަޖެހުން ހަމަލޮލުން ބަލާލާ މީހަކަށް އެލިބެނީ ވަރަށް ހިތްގައިމު ކަމެކެވެ. އެތަނުގެ ވަށައިގެން ހުންނަ ބަންގަލޯސްތަކުގެ ޗުއްޓީ ހޭދަކޮށްލަންގޮސް އެފެންނަ ގުދުރަތީ އަޖައިބުކުރުވަނިވި ރީތިކަމުން އެތައްބަޔަކު ހައިރާންކޮށްލައެވެ. މިތަނަކީ އެންމެ ހަމަހިމޭން އަރާމު އެއްތަނުގެ ގޮތުގައިވެސް ހިމެނިފައިވެއެވެ.

ފޮންގް ނާ ކޭ ނެޝަނަލް ޕާކް، ވިއެޓްނާމް

މިތަނަކީ 2003 ގައި ޔުނެސްކޯ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ހިމެނިފައިވާ ތަނެކެވެ. މިތަނަކީ ފޮރުވިފައިވާ ކޭވެއްގެ ތެރޭގައި އޮންނަ ވަރަށް އާސާރީ ވަރަށް ރީތި ތަނެކެވެ. މިތަނަކީ މީގެ 400 މިލިއަން އަހަރުގެ ކުރީގެ ތަނެކެވެ. ހާހެއްހާ މީހުން ދިރިއުޅޭ ސަރަހައްދެއްގައި އޮންނަ ގުދުރަތީ ރީތި އަރާމު މަޑުމައިތިރި ތަނެކެވެ. މިތަން ހަމަލޮލުން ބަލާލައި މިތަން ތަޖުރިބާކޮށްލަން ލިބޭ ފުރުސަތަކީ ވަރަށްވެސް ހިތްގައިމު އުފާވެރިކަމަކަށް ވާނެއެވެ.

ކޮމޮޑޯ ނެޝަނަލް ޕާކް، އިންޑޮނޭޝިއާ

މިތަނަކީވެސް ޔުނެސްކޯ ހެރިޓޭޖު ސައިޓެއްގެ ގޮތުގައި ހިމެނިފައިވާ ތަނެކެވެ. މިއީ ވައިޑްލައިފްގެ ތަނެއްގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ ތަނެކެވެ. ސުންބަވާ އަދި ފްލޯރެސްއާއި ދެމެދު އޮންނަ މިތަނުގެ ގުދުރަތީ ރީތިކަންވެސް އެހާމެ ރީއްޗެވެ.

ބޮކޯ ނެޝަނަލް ޕާކް، ކެމްބޯޑިއާ

މިތަނަކީ ފްރެންޗް ކޮލޮނިއާ ޓައުން އޮފް ކަމްޕޮޓްގެ ބޭރުގައި އޮންނަ ތަނެކެވެ. ނެޝަނަލް ޕާކެއްގެ ލަގަބު ލިބިފައި ވަނީ 1993 ވަނަ އަހަރުއެވެ. މިތަނަކީ ވަރަށް ތަފާތު ގޮތަކަށް އޮންނަ ވަރަށް ރީތި ތަނެކެވެ. ވަރަށް ގިނަ ބިރުވެރި ފިލްމުތަކުގައި ޝޫޓުކޮށްފައިވާ ވަރަށް މަޝްހޫރު ތަނެއްގެ ގޮތުގައި ހިމެނިފައިވާ ތަނެކެވެ. އެތަނުގައި ހުންނައިރު އެފެންނަ ވޯޓަރފޯލް އަކީވެސް ވިއްސާރަ މޫސުމުގައި ދެކިލަން ވަރަށް ހިތްގައިމު ތަނެކެވެ. ދުރުން ފެންނައިރު ހީވަނީ އެތައް ޒަމާނެއްގެ ކުރީގައި މީހުން ދިރިއުޅެފައި ހުންނަ ފަޅުގެތަކެއް ފެންނަހެންނެވެ. ފިނިވައިގެ ތެތްކަމާއއެކު ވިލާތަކުގެ ރީތިކަންވެސް ފެންނަންހުރެއެވެ.

އެމްޓީ ބަންޑިލާން ނެޝަނަލް ޕާކް، ފިލިޕީންސް

މިއީ ފިލިޕީންސްގެ ކުޑަކުޑަރަށެއް ކަމުގައިވާ ސިކުއިޖޯ ގައި އޮންނަ ރީތި ތަނެކެވެ. އެކިވައްތަރުގެ ގަސްތަކުން ހެދިފައި އޮންނަ މިރީތި ތަނުގެ ވަށައިގެން ފެންނަން ހުންނަ ކޭވްތަކުން އެގެނެސްދޭ ހިތްހަމަޖެހުންވެސް ވަރަށް ބޮޑެވެ. ކޮކާތައް އުދުހިލާފައި އުޅޭއިރު އެފެންނަ ރީތިކަންވެސް އެހާމެ ހިތްގައިމެވެ.

 

މައުލޫމާތު: ޓްރޫޓްރެވެލްސް

+1
0
+1
2
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް