Advertisement
header ad
XeeTimesXeeTimes
މައުލޫމާތު: ފަތްމިނިބިބީ

މައުލޫމާތު: ފަތްމިނިބިބީ

ފަތްމިނިބިބީ އަކީ މަތީ ކޮތަރިބައިގައި 14 ހަރުކައްޓާއެކު 18 މަޑުކަށި ހުންނަ ބަނޑުދަށްފަރާތުގައި 3 ހަރުކައްޓާއެކު 16 މަޑުކަށި ހުންނަ 7.1 އިންޗިއަށް ބޮޑުވާ މަހުގެ މެދަށްވާގޮތަށް ކަޅުކުލައިގެ ލަފުގެ ބޭރުގައި ހުދުކުލައިން ވަށްބުރެއް ހުންނަ މަހެކެވެ. މިއީ ބިބީ އާއިލާއަށް ނިސްބަތްވާ މަދުން ފެންނަ ރީތި މަހެކެވެ.

މިމަހަށް ފަންމިނި ކިޔަނީ މަހުގެ ރީތިކަމަށް ނިސްބަތްކޮށެވެ. މިމަހަކީ ޓޭންކުތަކުގައި ގެންގުޅޭ ކޮކާލެއްގެ ސިފަތައް ހުންނަ ބަލާލަން ރީތި މަހެކެވެ. މިމަހުގެ އުމުރަކީ 5-7 އަހަރާ ދެމެދުގެ މުއްދަތެކެވެ. މިމަހުގެ ކުލައަކީ ރީނދޫކުލައެވެ. މަހުގެ ލޯމަތިން ހުރަހަށްވާގޮތަށް ކައިރީގައި ނޫކުލަ ހުންނަ އަޅިކުލައިގެ ރޮނގެއް ހުރެއެވެ. ލޮލުގެ ފަހަތުން ފެށިގެން މަހުގެ ކަރުތާފަތުގެ ދެފަރާތުން ތިރިއަށް މަޑުނޫކުލައިގެ ދެރޮނގު ހުރެއެވެ.

މިމަސް އާންމުގޮތެއްގައި ދިރިއުޅެނީ 5 މީޓަރު އަޑީގައި ހުންނަ ފަރުތަކުގައި ޖޯޑުޖޯޑަށެވެ. މިމަހަކީ ވަރަށްމަދުން ފެންނަ ޓޭންކުތަކުގައި ގެންގުޅެން އުނދަގޫ ޚަރަދުބޮޑު މަހެކެވެ.

Article - in content
Advertisement

 

މަސްދަރު: އެނިމަލް ވޯލްޑް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —