ޅައުމުރުގައި ކުދިންނަށް ކިޔަން ދަސްކޮށްދިނުމަކީ ތައުލީމީ ނަތީޖާ ރަނގަޅުކުރުމުގެ ބިންގާއެވެ. ގްރޭޑްތަކުގެ ކުރީކޮޅު ކިޔުމުގެ ފެންވަރު ރަނގަޅުނޫން ކުދިންނަށް ގިނަ ފަހަރަށް ކިޔެވުމުގެ ތެރެއިން ދަސްކުރާ ކުރިއަރާފައިވާ އިތުރު ހުނަރުތައް ތަރައްގީ ކުރުމަށް އުނދަގޫތަކާ ކުރިމަތިވެއެވެ. ޗާޕްކޮށްފައިވާ މައުލޫމާތު ވިސްނައި، ލިޔެފައިވާ އިރުޝާދުތަކަށް ތަބާވެ، ލިޔުމުން ރަނގަޅަށް މުއާމަލާތް ކުރެވޭ ކުޑަކުދިންނަށް ފަހުގެ ގްރޭޑްތަކުގައި ފައިދާހުރި ގޮތެއްގައި ކިޔެވޭކަން އެކިއެކި ދިރާސާތަކުން ދައްކައެވެ.
އައި ކެން ރީޑް އިން ދަނީ ތަފާތު ފޮތްތައް އަގުހެޔޮކޮށް ވިއްކަމުން
ކުޑަކުދިންނަށް އެކުދިންގެ އުމުރާއި ގުޅޭގޮތުން ރަނގަޅު މައުލޫމާތުތައް ލިބޭ ފޮތްތައް ކިޔަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ފޭސްބުކް އަދި އިންސްޓަގްރާމްގައި icanread.mv ގެ ނަމުގައި ޕޭޖެއް ހަދައި ދުނިޔޭގެ މަޝްހޫރު ލިޔުންތެރިންގެ ފޮތްތައް ވިއްކަމުންދާ ހައްވާ ހަފީޒާ (ހަފީ) ފާހަގަކުރިގޮތުގައި އޭނާގެ އެންމެބޮޑު ބޭނުމަކީ ކިޔުންތެރިންނަށް ބޭނުންތެރި، ފެންވަރު ރަނގަޅު ފޮތް ހެޔޮއަގުގައި ވިއްކުމެވެ. "އައި ކެން ރީޑް" ގެ އޮންލައިން ވިޔަފާރި އިތުރަށް ފުޅާކޮށް ޕޭޖްގެ ވެބްސައިޓް www.icanread.mv ވެސް ވަނީ ލޯންޗް ކޮށްފައެވެ.
މިއީ 5 އަހަރާއި 6 އަހަރުގެ ކުދިންނަށް ޚާއްސަ ފޮތްތަކެއް
އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ މި ވިޔަފާރިން ވަނީ މިއަހަރުގެ ބޮޑު ޢީދާއި ދިމާކޮށް ފޮތްތަކުން ޚާއްސަ ސޭލް އެއް ފަށައިފައެވެ.
"80 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާއިރު ތުއްތުކުދިން އިން ފެށިގެން 14 އަހަރާއި ހަމައަށް ޚާއްސަ ފޮތް ހުންނާނެ. މިމަސް ނިމެންދެން ޢީދު ސޭލް ކުރިއަށްދާނެ" ސޭލްއާ ގުޅޭގޮތުން ހަފީ ބުންޏެވެ.
ކިޔަންފަށާ އުމުރުގެ ކުދިންނަށް ރަނގަޅު ފޮތްތަކެއް
ކަސްޓަމަރުންނަށް ޚާއްސަކޮށް ވަރަށް ގިނައިން "އައި ކެން ރީޑް" އިން ދަނީ ޕްރޮމޯޝަންތައް ބާއްވަމުންނެވެ. ސްކޫލް ލައިބްރަރީ އަށް ބޭނުންވާ ކުޑަކުދިންގެ ވާހަކަ އަދި އެކްޓިވިޓީ ފޮތް ވެސް މި ޕޭޖް އިން ވިއްކަމުންދާއިރު ލައިބްރަރީ ތަކަށް ޚާއްސަކޮށްގެން ޑިސްކައުންޓް ދަނީ ދެމުންނެވެ.
ބޮޑު ޑިސްކައުންޓެއް ލިބޭއިރު ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ޑެލިވަރީކޮށްދޭ
ފޮތް ވިއްކުމުގެ މަސައްކަތްކުރާތާ 3 އަހަރުވީއިރު އައި ކެން ރީޑް އިން ވަނީ ޑެލިވަރީގެ ޚިދުމަތް މުޅިރާއްޖެއަށް ފުޅާކޮށްފައެވެ. ޕޭޖަށް މެސެޖުކޮށްލައިގެން ނުވަތަ ވެބްސައިޓް މެދުވެރިކޮށްވެސް ފަސޭހަކަމާއެކު ފޮތް ގަނެވޭނެއެވެ.
ހަފީ އަމިއްލައަށް ތައްުޔާރުކުރި މޯލްޑިވްސް އޭބީސީ ފޮތް
ހަފީގެ އެންމެ ފާހަގަކުރެވޭ މަސައްކަތަކީ "އައި ކެން ރީޑް" މި ބްރޭންޑް ނަމުގެ ދަށުން އަމިއްލަ ފޮތެއް ތައްޔާރުކޮށް ވިއްކުމެވެ. "މޯލްޑިވްސް އޭބީސީ" ނަމުގައި ވިއްކަމުންދާ މިފޮތަކީ ރާއްޖޭގެ ގުދުރަތީ ރީތި މާހައުލު ފެންނަގޮތަށް އެ މައުލޫމާތާއި ފޮޓޯ ހިމަނައިގެން ތައްޔާރުކޮށްފައިވާ ކުޑަކުދިންނަށް ވަރަށް ކަމުދާނެ ފޮތެކެވެ.
ހަފީ މައުލޫމާތު ދިންގޮތުގައި މި ޕޭޖުން ވިއްކަމުން ދަނީ ދުނިޔޭގެ މަޝްހޫރު ޕަބްލިޝާސްގެ އެންމެ ފާހަގަކޮށްލެވޭ ސީރީސް ތައް ފާހަގަކޮށް އެކި އުމުރުފުރާއަށް އެންމެ ބޭނުންތެރި ފޮތްތަކެވެ.
ކިޔާހިތްވާ ގޮތަށް ތައްޔާރުކޮށްފައިވާ ފެންވަރު ރަނގަޅު ފޮތްތަކެއް
އެންމެ ގިނައިން ވިކޭ ފޮތްތަކުގެ ތެރޭގައި އޭބީސީ، ފޮނިކްސް، އިންޓަރެކްޓިވް ފޮތްތައް، ޕަޒްލްސް އަދި ކުޑަކުދިންގެ ތަފާތު ސީރީސްތައް ހިމެނެއެވެ. "އައި ކެން ރީޑް" ބޮޑު ޢީދު ސޭލް އަކީ އަގުހެޔޮކޮށް ކުޑަކުދިންގެ ވާހަކަ އަދި އެކްޓިވިޓީ ފޮތް ގަންނަން ލިބޭނެ ރަނުގެ ފުރުސަތަކަށް ވާނެއެވެ.









