Advertisement
header ad
XeeTimesXeeTimes
ތިޔަ ކައިވެނީގައި ދިރިއުޅެނީ މަޖުބޫރުވެގެންތަ؟

ތިޔަ ކައިވެނީގައި ދިރިއުޅެނީ މަޖުބޫރުވެގެންތަ؟

ފިރިމީހާއާއެކު ދިރިއުޅެނީ ލޯބިވެގެން އުޅެން ބޭނުންވެގެންހެއްޔެވެ؟ ދިރިއުޅެނީ އުފަލުގައިތަ ނޫނީ އުޅެން މަޖުބޫރުވެގެންތަ؟ މިއީ ހިތާއިހިތާ އުފެދިދާނެ ސުވާލެކެވެ. ބައެއް ދިރިއުޅުމަކީ އެއްފަރާތުން ލޯބިވެގެން ނުވަތަ މަޖުބޫރީ ހާލަތެއް އޮވެގެން އުޅޭ ދިރިއުޅުމެކެވެ. އަނބިމީހާ ކިތަންމެ ލޯބިވީ ކަމުގައިވިޔަސް ފިރިމީހާގެ ފަރާތުން ލޯތްބާއި އަޅާލުން ނުލިބޭނަމަ އެއީ ދިރިއުޅުމަކަށްވޭބާވައެވެ. ނުވަތަ ތިމާ ބޭނުންވާ "މުއްސަނދި ދިރިއުޅުމެއް" ލިބިފައިވާނަމަ ފިރިމީހާ ލޮލަށް ނުފެނުނަސް ވަރިހަމަ ހެއްޔެވެ؟ މިއީވެސް ދިރިއުޅުމުގެ ވައްތަރެކެވެ. އެއްފަރާތުން ލޯބިވިޔަސް އެއީ ލޯތްބަކަށް ނުވެއެވެ. ލޯތްބަކީ ދެފަރާތުން އެކަކު އަނެކަކަށް ދެވޭ އަޅާލުމާއި އިހްތިރާމެވެ. ބޭނުންވާ ހުރިހާއެއްޗެއް ލިބުނު ކަމުގައި ވިޔަސް ލޯބީގައި އެއްވެސް ހިތްހަމަޖެހުމަކާއި އަޅާލުމެއް ނެތްނަމަ ދިރިއުޅުން ވަރަށް އެކަނިވެރިއެވެ. ބައެއް ކަހަލަ ދިރިއުޅުމުގައި އަންހެންމީހާ ދިރިއުޅެނީ މަޖުބޫރީ ހާލަތުގައެވެ. ހަމަމިގޮތަށް ފިރިހެނުންނަށްވެސް މިހެން ދިމާވާފަހަރު އާދެއެވެ.

ރައްޓެއްސަކު ކިޔާދިންގޮތުގައި އޭނާގެ ދެކުދިންތިބެއެވެ. ފިރިމީހާގެ އަޅާލުމެއް ނުލިބެއެވެ. ކައިވެނިކުރީ މައިންބަފައިންގެ ނުރުހުމުގައެވެ. ކުދިން ލިބުމުން ވަޒީފާއިން ވަކިވެ ކުދިން ބަލަން ގޭގައި ހުރީ ފިރިމީހާގެ ފަރާތުން ބޭނުންވާހާކަމެއް ފުރިހަމަވާނެކަމުގެ އުންމީދުގައެވެ. ކައިވެނީގެ ކުރީކޮޅުގައި ވަރަށް ރަނގަޅެވެ. ހުރިހާ ޚަރަދެއް ބަލަހައްޓައެވެ. ކުދިންގެ ކަންކަންވެސް ކޮށްދެއެވެ. ކުދިން ސްކޫލަށް ގެންގޮސް ގެނެސްދީވެސް ހަދައެވެ. އެހެންނަމަވެސް މިފަހުން ފިރިމީހާގެ އަމަލުތައް ހުންނަގޮތުން ސުވާލުކުރުމުން ރުޅިއާދެއެވެ. ކުދިންނަށް އަޅާލުން ކުޑައެވެ. އަތުގައި ފައިސާ ނުހުންނަކަމަކަށް ބުނެއެވެ. ގެއަށް އަންނަނީ ހަމައެކަނި ނިދާލާށެވެ. ކުދިންނަށް ބައްޕަ ފެންނަނީ ހަމައެކަނި ހުކުރު ދުވަހުއެވެ. އާއިލާ އާއި ރައްޓެހިންނާއެކު ގެއިން ބޭރަށް އަަނބިމީހާ ނުކުތުން މަނަލެވެ. މަންމަމެންގެ ނުރުހުމުގައި ކައިވެނިކުރުމުން މަންމަމެންނާ މާބޮޑު ގުޅުމެއް ނޯވެއެވެ. ވަރަށް އެކަނިވެރި ހަޔާތެކެވެ. މަޑުމަޑުން ދިރިއުޅުމަށް ހޭނުނެވެ. އެހެންނަމަވެސް އެއްވެސް އުފަލެއްނެތެވެ. ވަރިވާން ބަލާއިރު ކުދިންނަށް ދެރަގޮތެއް ވެދާނެތީ އެކަމާމެދު ވިސްނެއެވެ. ވަންނާނެތަނެއް ނެތެވެ. ވަޒީފާއެއް ނެތި ލާރިއެއް ލިބޭނެ ގޮތެއް ނެތި ކުދިންގޮވައިގެން އެކަނި އުޅޭނެގޮތަކާމެދު ވިސްނެއެވެ. އޭނާ ކިޔަދިންގޮތުގައި އޭނާ ދިރިއުޅެނީ މަޖުބޫރުވެގެންނެވެ. އެއީ ކުދިން ނިކަމެތިވެދާނެތީއެވެ. މިހެން ދިރިއުޅުމުގައި ހިތްދަތި ދުވަސްތައް ގުނަމުންދަނީ ކިތައް މީހުން ބާވައެވެ؟

އަނިޔާގެ ޝިކާރަކައަކަށް ވެގެންގޮސް ފިރިމީހާއާއެކު މަޖުބޫރުން އުޅޭ މީހުންވެސް މަދެއް ނޫނެވެ. މިހެން ދިމާވަނީ މާބޮޑަށް އެއްފަރާތަށް ބަރޯސާވެވޭތީއެވެ. ދިރިއުޅުމުގައި މީހަކަށް ބަރޯސާވެގެން އުޅެން ނުވިސްނާށެވެ. ކިތަންމެ މުއްސަނދި މީހަކާ އިނދެވުނު ކަމުގައިވިޔަސް ތިމާ އަމިއްލައަށް ފައިސާ ހޯދާނެ މަގެއް އޮންނަން ވާނެއެވެ. ނޫނީ ތިމާއަކީ ތަޢުލީމު ނުވަތަ ފައިސާ ހޯދާނެ މަސައްކަތެއް ދަސްކޮށްގެން ހުރި މީހެއްކަމުގައިވުން މުހިއްމެވެ. މާދަމާ ކަންވާނެގޮތެއް ނޭނގޭނެއެވެ.

Article - in content
Advertisement

މަޖުބޫރީ ހާލަތެއްގައި ދިރިއުޅެން ނުވިސްނާށެވެ. އޭރުން ތިމާ އެހުށަހެޅެނީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށެވެ. ތިމާގެ ނަފްސު ހެޔޮހާލުގައި ހުރެގެން ނޫންގޮތަކަށް ކުދިން ތަރުބިއްޔަތު ކުރެވޭނެހެއްޔެވެ؟ އެކަމާމެދު ވިސްނާށެވެ. އަނިޔާކުރާނަމަ އެއަނިޔާއަށް ކެތް ނުކުރާށެވެ. ކަމާބެހޭ ފަރާތަށް އަންގައިގެން އެކަމުން ތިމާ ސަލާމަތްވާށެވެ. ގެވެށި އަނިޔާއަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ އެއްޗެއް ނޫނެވެ. އެއްވެސް އިންސާނަކީ މަޖުބޫރީ ހާލަތަކަށް ގޮސްގެންވާނެ މީހެއް ނޫނެވެ. ހެދިހާގޮތަކަށް ހެދިގެން މީހެއްގެ އަޅަކަށްވެގެން ދިރިއުޅެން ނުވިސްނާށެވެ. ހިތްވަރާއި މިންނަތުން ދިރިއުޅުން އާރާސްތުކުރަން ދަސްކޮށް އަޑިގުޑަންތަކުން އަރައިގަންނަން މަސައްކަތްކުރަން ޖެހެއެވެ. ރައްޓެއްސަކުވެސް ހާލުގައި އުޅޭނަމަ އެކަމުން ދުރުވާން ހިތްވަރުދޭށެވެ. އަނިޔާއަށް ކެތްކޮށްގެން ކުދިންނަށް ނިކަމެތިވެދާނެތީ ދިރިއުޅެން ނުހަދާށެވެ. އެކަހަލަ ހިތްދަތި ދިރިއުޅުމަކުން ކުދިންނަށް ލިބޭނީ އިތުރު ހިތްދަތިކަމެކެވެ. ދަރިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދެވޭނީ މައިމީހާވެސް ހިތްހަމަޖެހިގެންނެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ކައުޘަރު 21ޖޫން2023

ވަރަށް ރަނގަޅު ވާހަކަތައް އެބަހުރި. އެކަމަކު އަނިޔާއަށް ކެތްކުރާނެ ކަމެއްނެތޭ ބުނެ ވަކިވާން ނުވަތަ ވަރިވާން ހިތްވަރު ލިބޭގޮތަށް ނިންމާލުމަކީ އެންމެ ރަނގަޅު ގޮތެއްނޫން. ވަރިވުމުން ދެންވާނީ ދެރަތޯ ނުވަތަ މޮޅުތޯވެސް ބަލަންޖެހޭ. ޢާއިލާ މެންބަރުންނާ މައިންބަފައިންގެ ފުށުން އެހީތެރިކަން ލިބޭނެ މިންވަރުވެސް ކަށަވަރުވާންޖެހޭ. އަދި އެއްވެސް މީހެއްގެ އެހީތެރިކަމެއް ނެތި ދަރިން ބަލަހައްޓާ ތަރުބިއްޔަތު ކުރެވިދާނެފަދަ ޤާބިލުކަމެއް ތިމާގެ ހުރިތޯވެސް ބަލަންޖެހޭނެ. ފިރިމީހާ ދަރިންނާ ތިމާއަށް ޚަރަދުކޮށް ބޯހިޔާވަހިކަންދީ ހަދަންޏާ ދެކުދިންގެ އުފާ އިސްކޮށް ކެތްތެރިވެ ދުޢާ ކުރަންވެސް ޖެހޭ. އެކަމަކު ފިރިމީހާ ޑްރަގްސްނަގާ ޖިސްމާނީ އަނިޔާ ކުރާނަމަ ކެތްކުރާނެ ކަމެއްނެތް. ހަމައެކަނި ލޯބިނުލިބިގެންނަމަ ކުދިންކޮޅު ކިޔަވާނިމި ޖޮބަކަށް ވަންނަންދެން ކެތްކޮށްލުން ބުއްދިވެރި ގޮތަކީ. ލޯބި ނުލިބޭތީ ހިތާމަކުރުމުގެ ބަދަލުގައި ވިސްނަންވީ ތިމާފަދަ އެތައް ބަޔަކު ލޯބިނުލިބި ހާލުގައި އުޅެމުންދާކަން. ތިމާއެކަނި ނޫންކަން އެހާލުގައި ދިރިއުޅޭ އިންސާނަކީ. ހިތާމަތަކުގައި ޣަރަޤުވުމުގެ ބަދަލުގައި ﷲތަޢާލާއަށް ޛިކުރު ކުރުމުގައި ހިތް އެނބުރޭތޯ މަސައްކަތް ކުރަންވީ. އޭރުން ދެދުނިޔޭގައިވެސް ކުރާ ފައިދާބޮޑުވާނެ. އަދި ﷲށް ވަކީލުކުރަންވީ. އޭރުން ރަނގަޅު ގޮތެއް އިންޝާﷲ މެދުވެރިކުރައްވާނެ. އަދި މިހާރަށްވުރެ ރަނގަޅު އެހެން ދިރިއުޅުމެއް ދެއްވަ

Me 19ޖޫން2023

Sababuthah baivaru dharin bappavaa dhuru nukuran mainbafain muskulhivee dhuvahu emeehunah bura akah nuvaan ehbandu ehbafaa meehunah thakuleefajah nuvaan. Allah aharemen ge haalathu molhah dhenevodigen vey insha Allah miah vure rangalhu dhuvaheh adhi dhahkavaane 6

ފާތުން 19ޖޫން2023

ތިނޫނަސް ބައިވަރު ސަބަބު އެބަހުރި🥲 2

Maayoos 18ޖޫން2023

Ehen gotheh nethigen miulheni van naane thaneh ves neh gos 5

Shaa 18ޖޫން2023

Hama ehen gothen nethigen miulheny 4

Roe 18ޖޫން2023

Yes hama gothen neythey. Vennaane geydhoren neyth 4

އަފޫ 18ޖޫން2023

ދަރިއެއް ކަހަލަ ގާތް ކުއްޖަކު އުޅެނީ މިހެން. އޭނަ ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެއް އަދާކުރޭ. ދަރިއެއް ނުހުރޭ. ފިރިމީހާ ރަނގަޅު ވަޒީފާއެއްގަ އުޅެމުންވެސް، އަނބިމީހާގެ މުޅި މުސާރަ ކޮންޓްރޯލް ކުރަނީ (ފޭރެނީ) ފިރިމީހާ. އިނުމުގެ ކުރިންވެސް ހާލަތު. ވަރަށް ދެރަވޭ. ވަރަށް ނަސޭހަތް ދިނިން ނުއިންނަން. އެކަމަކު 19 އަހަރުގަ އިނދެފި. ކައިވެނިކުރީ އަންހެން ކުއްޖާ ހުރިހާ ޚަރަދެއް ކޮށްގެން. އެކަމަކު ފުރަތަމަ ރޭ ނިދަން ގޮސްފަވެސް ބުނެލީ ތިމަންނަ 20އަށްވުރެ ގިނަ އަންހެނުން ގެންގުޅެލީމޭ ކަލެއާ އެކީ އުޅެމުން. އިނދެގެން 5 އަހަރު ވީއިރު އަދިވެސް އަންހެނުން ކައިރިއަށް ޖެއްސުމުގަ. މީހެއްގެ އަންބެއް ވެސް ބެލުމެއް ނެތް. މިހާރު ސީދާ އަނބިމީހާ ކުރިމަތީ ގުޅާ މެސެޖުކޮށް ހަދަނީ. އޭނަ އެބަ ހުރޭ ބުނިހާ ގޮތެއް ހަދައިގެން، ދުއާއަކީ އެ ވޭނީ ދިރިއުޅުމުން އެކުއްޖާ މިންޖުވުން. 26 1

Mohamed Naseer 18ޖޫން2023

Hama ekani anhenun eh noon firin ves abimeehaa Buni goii hadhaa eyna vazeefaa ga libeyhaa rf eh abimeehaa ah fonuvaa eyna loabi vaameehaa aa ekee ulhen mashah kaii kure eve adhi firimeehaa ge nafshaanee kan kan hunna kan ige hure firimeehaa ah alha eh nula eve kankan islaahu kuran noolhe eve firin ves eyna loabi vaa meehaa aa ekee ulhen mashah kaii kuraa than adhi ves gene eve 10 1

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —