Advertisement
header ad
XeeTimesXeeTimes
މައުލޫމާތު: ކެޔޮޅުރޮއްވިމަސް އެނގެނީ ކޮންބަޔަކަށް؟

މައުލޫމާތު: ކެޔޮޅުރޮއްވިމަސް އެނގެނީ ކޮންބަޔަކަށް؟

ކެޔޮޅުރޮއްވިމަހަކީ އާންމުގޮތެއްގައި 25 ސެންޓިމީޓަރަށް ބޮޑުވާ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށި އަދި ބަނޑުދަށްފަރާތުގެ ކޮތަރިބައިގައި 8 ހަރުކަށި އަދި 3 މަޑުކަށި ހުންނަ 1 މީޓަރާއި 120 މީޓަރާ ދެމެދު ފުންމިނުގައި ދިރިއުޅޭ ރަތްމަސް އާއިލާއަށް ނިސްބަތްވާ މަހެކެވެ.

ކުދިކުދި ދަތްތަކެއް ހުންނަ މިމަސް ކައިއުޅޭނީ ފަރުމަތީގައި އުޅޭ ކުދިމަސްމަހާއި ކަކުނި ބާވަތުގެ އެއްޗެއްސެވެ. މިމަހުގެ ކުލައަކީ ނޫ އަދި އަޅިކުލައެވެ. ނަމަވެސް ފެންނަން ހުންނަނީ ވައިލެޓްކުލައާއި ގާތްކުރާ ކުލައެއްގައެވެ. މިމަސް ދިރިއުޅެނީ ފަރުތަކާއި ފަޅުތަކުގައެވެ.

މިއީ އަނގައިގެ ތިރީބައި މަތީބައަށްވުރެން ދިގުކޮށް ހުންނަ މަހެކެވެ. މިމަހާއި ގުޅޭގޮތުން ލިޔެފައިވާ ބައެއް ލިޔުންތަކުގައި މިމަހަކީ ކެއުމުގައި ބޭނުންކުރުމަށް އެހާރަނގަޅު މަހެއް ނޫންކަމުގައި ފާހަގަކޮށްފައިވެއެވެ. ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ވިހަމާއްދާއެއް އެކުލެވިފައިވުމެވެ. އެ ވިހަ މާއްދާގެ އަސަރު އެންމެންގެ ހަށިގަނޑަށް ވަގުތުން ވަގުތަށް ނުކޮށްފާނެކަމަށް ވެއެވެ. އެހެންނަމަވެސް މަސް ކެއުމަށްފަހު އެލާޖިކްގެ އަސަރެއް ހުރިނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް ލަފާދީފައިވެއެވެ. 

Article - in content
Advertisement

 

މަސްދަރު:ފިޝްބޭސް/ރީފްލެކްސް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ނައިފަރު ސޮރެއް 17ޖޫން2023

ކޮންތާކު. ތިޔަށް އެއްބަޔަކު ކިޔަނީ “އާލަ” އަނެއްބަޔަކު ކިޔަނި “ފަށުވިކަރު މަސް” އަހަރެމެން ދިވެހިން އާންމުކޮށް ކައި އުޅޭ މަހެއް..

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —