March 29, 2024 18:40
Advertisement

-Advertisement-

ފޮޓޯ: އިސްލާމް އޮންލައިން

ޤުރްއާން ކިޔަވާށެވެ! އެއީ ބަލިތަކުގެ ޝިފާ އަދި ފުރާނައިގެ ކާނާ – ހުކުރު ޚުތުބާ

ތިޔަބައިމީހުން ވީ ކޮންމެ ތަނެއްގައި އަދި ކޮންމެ ވަގުތެއްގައި މާތް ﷲ އަށް ތަޤްވާވެރިވެ ބިރުވެތިވާށެވެ. މާތް ﷲ ގެ ދިންނެވުމާއި ފުއްސެވުމާއި ރުއްސެވުން ލިބޭނީ އޭރުންނެވެ. މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް ތަޤްވާވެރިވުން ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! އަދި މުސްލިމުން ކަމުގައިވާ ޙާލުގައި މެނުވީ، ތިޔަބައިމީހުން މަރުނުވާހުށިކަމެވެ!"

މާތް ﷲ ގެ ރަޙްމަތްފުޅު ނުވާނަމަ، އަހަރެމެން މި ދުނިޔޭގައި ނުވާނެއެވެ. އެކަލާނގެ ރަޙްމަތްފުޅު ނުވާނަމަ އަހަރެމެން ދިރި ނުތިބީހެވެ. އެކަލާނގެ ރަޙްމަތްފުޅު ނުވާނަމަ، އަހަރެމެންގެ ފާފަތަކަށާއި އުރެދުންތަކަށް ވަގުތުން ޢަޛާބު ދެއްވެވީހެވެ.

" އެކަލާނގެއަށް އުރެދޭ މީހުންނަށްވެސް އެކަލާނގެ މުހުލަތު ދެއްވާ. އެމީހުން ހޭވެރިވެ ތައުބާވެ ﷲ ގެ ޙަޟްރަތަށް އެނބުރިި އާދޭތޯ. އެމީހުންނަށް ދުނިޔޭގައި އަރާމާއި ލައްޒަތު ދެއްވި. ދަރީންނާއި ތަނަވަސްކަމާއި ދުޅަހެޔޮކަން ދެއްވި. ބިރުތަކުން ސަލާމަތްކުރައްވާ އަމާންކަން ދެއްވި. އެމީހުން ﷲ އަށް ކާފިރުވާ އިރުގައި. ޝަރީކު ކުރާ އިރުގައި. ﷲ ވޮޑިގެންވާކަމާމެދު އިންކާރު ކުރާ ހިނދުގައި. އެއީ ﷲ ގެ ރަޙްމަތްވަންތަ ކަމުގެ ބޮޑުކަމުން. މާތް ﷲ ގެ ރަޙްމަތުގެ ސަބަބުން އެމީހުންނަށް ވަގުތުން ޢަޛާބު ނުދެއްވާ އެމީހުންނަށް މުހުލަތު ދެއްވަނީ".

Advertisement

މާތް ﷲ ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. މާނައީ: "އަދި ތިމަންރަސްކަލާނގެ ރަޙްމަތް ކޮންމެ އެއްޗަކަށްމެ ތަނަވަސް ވެގެންވެއެވެ". އެހެނަސް ﷲ ސުބުހާނަހޫ ވަތަޢާލާ އެމީހުންދެކެ ލޯބިވެވޮޑި ނުގަންނަވަތެވެ. އެމީހުން އަމަލުތަކާމެދު ރުހިވޮޑި ނުގަންނަވަތެވެ. އަދި ކިއެއްހެއްޔެވެ؟ މާތް ﷲ އެމީހުންނަށް ލަޢުނަތް ލައްވަތެވެ. އެމީހުން މަރުވަންދެން ދޫކޮށްލައްވަނީއެވެ. އާޚިރަތް ދުވަހުން އެމީހުންގެ ގޮވައްޗަކަށް ވާނީ ނަރަކައެވެ.

ރަޙީމުވަންތަކަމަކީ މުއުމިނުންނަށް ޚާއްސަ ކުރައްވާފައިވާ ސިފަފުޅެކެވެ. ﷲ ލައްވަވާ މި ރަޙްމަތް ޚާއްސަ ކުރައްވާފައިވަނީ އެކަލާނގެއަށް އީމާންވާ މީހުންނަށެވެ. އެއީ ރުހިވޮޑިގަތުމުގެ ރަޙްމަތެކެވެ.

މާތް ﷲ ވަނީ ރަޙްމަތެއްގެ ގޮތުގައި ކީރިތި ޤުރުއާން ބާވައިލައްވާފައެވެ. އަހަރެމެންގެ ޙަޔާތް ﷲ ގެ މަގަށް މިސްރާބުކޮށްދޭ ސަމުގާއަކީ މި ފޮތެވެ. އެއީ މުނިފޫހި ފިލުވައިދޭ މިތުރެކެވެ. އެއީ ކަންބޮޑުވުން ދުރަށްލައިދޭ އެކުވެރިޔެކެވެ. އެއީ އަހަރެމެންގެ ބަލިތަކުގެ ޝިފާއެވެ. ފުރާނައިގެ ކާނާއެވެ. ތިބާ ﷲ އަށް މުނާޖާ ދަންނަވަން އެދޭނަމަ ޤުރްއާން ކިޔަވާށެވެ.

އީމާންކަން ހަރުދަނާ ކުރަން ބޭނުންވާނަމަ ޤުރްއާން ކިޔަވާށެވެ. ސުވަރުގޭގެ މަގުން ދަތުރުކުރަން ބޭނުންވާނަމަ ޤުރްއާން ކިޔަވާށެވެ. ކަންބޮޑުވުންތަކާއި ހާސްކަން އެއްފަރާތްކުރަން ބޭނުންވާނަމަ ޤުރްއާން ކިޔަވާށެވެ. ނަފްސަށާއި ރޫޙަށް ފަރުވާކުރަން ބޭނުންވާނަމަ ޤުރްއާން ކިޔަވާށެވެ.

މައުލޫމާތު :ހުކުރު ޚުތުބާ

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް