April 27, 2024 01:58
Advertisement

-Advertisement-

ފޮޓޯ: ސޭސް

ޒުވާން ދެމަފިރިއަކު އެޕާޓްމެންޓެއް ގަތުމަށް ކުރި މަސައްކަތުގެ ފޮނި ނަތީޖާ

ދުނިޔޭގެ ގިނަ ގައުމުތަކުގައި ބިމުގެ ދަތިކަމަކީ ވަރަށް ގިނަ މީހުން ކުރިމަތިލާންޖެހޭ ކަމެކެވެ. ބިމުގެ އަގު ވަރަށް ބޮޑަށް އަރައިގެން ގޮސްފައިވާ ޒަމާނެއްގައި ދިރިއުޅުމުގެ މައި ތަބަކީވެސް ދިރިއުޅޭނެ ތަނެކެވެ. ދިރިއުޅުމުގެ އެންމެ ބޮޑު ޚަރަދެއް ހިގަނީވެސް ކުއްޔަށެވެ. ކުލި ދައްކައިގެން އެހާ ބޮޑު އަގެއްގައި އުޅުމުގެ ބަދަލުގައި އަމިއްލައަށް ތަނެއް ގަނެގެން އުޅެން ޚިޔާރުކުރާ ބަޔަކުވެސް އުޅެއެވެ. ދިގުމުއްދަތަށް ބަލާނަމަ އަބަދު ކުލިދައްކައިގެން އުޅުމަކީ ބޮޑު ޚަރަދެއް ހިގާނެ ކަމެކެވެ. އެކަމަކު ތަނެއް ގަންނަ ނަމަވެސް ވަރަށް ބޮޑެތި އަދި އުދަގޫ ކަންތައްތަކާ ކުރިމަތިލާން ޖެހެއެވެ. ފުރަތަމަ ކަމަކަށް ޑައުންޕޭމަންޓް ދެއްކުމަކީވެސް ވަރަށް ބޮޑު ކަމެކެވެ. މިކަމަށް ކުރަންޖެހޭ މަސައްކަތާއި ވަގުތުވެސް ވަރަށް ގިނައެވެ. ޅައުމުރުގައި އަމިއްލަ ގެއެއް ނުވަތަ އެޕާޓްމެންޓެއް ހުރުމަކީ ހަމަގައިމުވެސް ކޮންމެ މީހަކަށް ލިބިގެންދާނެ ނަސީބެއް ނޫނެވެ. އެހެންނަމަވެސް ކޮންމެ ކަމަކީވެސް ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ގިނަފަހަރަށް ކާމިޔާބުވާނެ ކަމެކެވެ.

ސިންގަޕޫރުގެ އުމުރުން އެންމެ 26 އަހަރުގެ ދެމަފިރިންނަށް އަމިއްލަ އެޕާޓްމެންޓެއް ގަނެވުމަކީ ވަރަށް އުފާވެރި ޚަބަރެކެވެ. އެދެމަފިރިން މައިންބަފައިންގެ އެހީއަކާ ނުލައި އަމިއްލަ މަސައްކަތުން ތަނެއް ގަތުމަށް ކުރި މަސައްކަތުގެ ވާހަކަ ހިއްސާކޮށްލާނަމެވެ.

ސިންގަޕޫރުގެ ދެމަފިރިން 2 ކޮޓަރީގެ އެޕާޓްމެންޓެއް ގަތުމަށް 3 އަހަރުވަންދެން ކުރި ބުރަ މަސައްކަތުން މިއަދު ވަނީ ކާމިޔާބު ހޯދާފައެވެ. މިކަމަކީ ކަމުގެ ޒާތަށް ބަލާއިރު ބޮޑު އަދި އެހާމެ ގިނަ ގުރުބާނީތަކެއްވެސް ވާންޖެހުނު ކަމެއް ކަމުގައި މިދެމަފިރިން ފާހަގަކުރެއެވެ. އެންމެ އުދަގޫވި ކަމަކަށްވީ 25 ޕަސެންޓްގެ ޑައުންޕޭމަންޓެއް ދައްކަންޖެހުމެވެ. މައިންބަފައިންގެ އަތުން ފައިސާއެއް ނުހޯދާ މިކަންކުރަން ބޭނުންވީ އަމިއްލަ ބުރަ މަސައްކަތުން ކުރަންވެގެންނެވެ. ދަރިން ބޮޑެތިކުރުމަށްފަހު އެކުދިންނަށް ދިރިއުޅުމަށް މަގެއް ފަހިކޮށްދެނީވެސް ގިނަފަހަރަށް މައިންބަފައިންނެވެ. އެމީހުން އުފުލި ބުރަ އެހާމެ ބޮޑެވެ. އޭގެ އިތުރުން އެމީހުންނަށް ބުރައެއް ނުޖައްސާ އުޅެވޭތޯ ބަލާ ކުދިންވެސް އުޅެއެވެ. މިދެމަފިރިން މަހަކު މޯގޭޖް ޕޭމަންޓެއްގެ ގޮތުގައި 4000 ސިންގަޕޫރު ޑޮލަރު ދައްކަންޖެހެއެވެ. މިކަން އެހާ ބޮޑު ބުރައަށް ނުވަނީ ދެމީހުންނަކީވެސް ވަޒީފާ އަދާކޮށް މަހުމުސާރަ ލިބޭ ބަޔަކަށް ވާތީއެވެ. އަދި މީގެ އިތުރުން ޕްރޮވިޑެންޓް ފަންޑުންވެސް ފައިސާ ދެއްކޭތީއެވެ. މިދެމަފިރިންގެ ޕޮރޮވިޑެންޓް ފަންޑުގެ 50 ޕަސެންޓް ސޭވިންސް އިން ފައިސާ ނަގައިގެން މިކަންކުރަން ފަސޭހަވިއެވެ. 3 އަހަރު ވަންދެން ކޮންމެ މަހަކު 2000 ސިންގަޕޫރު ޑޮލަރު ސޭވްކުރިއެވެ. ސޭވްކުރުމަން ދިޔައިރު 100،000 ސިންގަޕޫރު ޑޮލަރުގެ ލޯނެއް ބޭންކުން ނެގިއެވެ. އެއީ އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށެވެ.

Advertisement

" ކޮންޑޮމީނިއަމަކުން ތަނެއް ގަތުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި މިދެމަފިރިން ބުނި. ސަބަބަކަށް ވަނީ މަރާމާތުކޮށްފައި ހުންނަ ފުލެޓެއް އަގުހެޔޮކޮށް ގަތުމަށްވުރެ ރަނގަޅު ފެންވަރެއްގައި ހަދާފައި ހުރި އައު ތަނެއް ގަތުމުން އެކަމުގެ ފައިދާވެސް ބޮޑު. އެތަން ވިއްކާލަން ބަލާއިރު ވިއްކާލަން ފަސޭހަވެފައި އަގުބޮޑުކޮށް ވިއްކާލުމުގެ ފުރުސަތު ބޮޑުވާނެ. އަދި ޚާއްސަކޮށް ބިމުގެ އަގު ބޮޑުވަމުންދާ ހިސާބަކުން ގަތުމުންވެސް ފަހުން ލިބޭ ފައިދާ ބޮޑުވެގެންދާނެ ކަމުގައިވެސް މިދެމަފިރިން ބުނޭ، އާއްމުގޮތެއްގައި އެމީހުން ފްލެޓް ގަތް "ބައިޝަން" ކިޔާ ސަރަހައްދުގެ ގޭގޭގެ އަގަކީ 1 މިލިއަން ސިންގަޕޫރު ޑޮލަރު. މި އިންވެސްޓްމެންޓަކީ ވަރަށް ރަނގަޅު ވަރަށް ހިތްހަމަޖެހޭ އިންވެސްޓްމެންޓެއް". 

ޒުވާނުންނަށް މިދެމަފިރިން ދޭން ބޭނުންވާ މެސެޖަކީ ބުރަކޮށް މަސައްކަތްކޮށްފިނަމަ ފަހުން ލިބޭ އިނާމު ބޮޑުވާނެއެވެ. ދަރިއަކު ނެތީސް ގިނަ ވަގުތު މަސައްކަތަށް ހުސްކޮށް ލާރި ހޯދައި ރައްކާކުރަން ދަސްވެއްޖެނަމަ އެއީ ވަރަށް ރަނގަޅު ފެށުމަކަށް ވާނެއެވެ. ވަރަށް ބޮޑަށް ވިސްނައިގެން ރުފިޔާ ރައްކާކުރެވިއްޖެނަމަ އެއީ ވަރަށް ރަނގަޅު ފެށުމަކަށް ވެގެންދާނެއެވެ. ލާރި ރައްކާކުރުމަކީ އެހާ ފަސޭހަކަމަކަށް ނުވެ ހިގައިދާނެއެވެ. ޚާއްސަކޮށް ޒުވާން އުމުރުގައި މިކަހަލަ ކަންކަމަށް ވިސްނައިގެން އުޅޭ މީހުން ނިސްބަތުން މަދެވެ. އަބަދުވެސް އޮންނަނީ ބޭނުންވާ ކޮންމެވެސް އަގުބޮޑު އެއްޗެއް ނުގަނެވިފައެވެ. ނޫނީ މުސާރަ ލިބޭއިރަށް ބޭނުންވަނީ ވަގުތީ ހިތްހަމަޖެހުމަކަށް އެފައިސާ ޚަރަދުކޮށްލާށެވެ. ރީތި ތަންތަނަށް ދަތުރުކޮށްލާ މީރު އެއްޗެހި ކާލާ އަގުބޮޑެތި އެއްޗެހި ގަނެލައިގެން ހިތްހަމަޖައްސާލުމަކީވެސް ބައެއް މީހުންގެ އާދައެކެވެ.

ކުޑަކޮށް މުށް ބާރުކޮށްލައިގެން ފައިސާ ކޮޅެއް ރައްކާކޮށްލަން ދަސްކޮށްލާށެވެ. މިދެމަފިރިން މިތަން ގަތުމަށް ވަޒީފާގެ އިތުރުން ލިބޭ ވަގުތުގައި އޮންލައިންކޮށް ކްލާސް ނަގައިދީގެން ފައިސާ ހޯދައެވެ. ހަޔާތުގައި ބުރަކޮށް މަސައްކަތްކުރުމުގެ ނަތީޖާވެސް ފޮނިވެފައި ރީއްޗެވެ. މިހާރު މިތަނަށް ހޭދަކުރި ހުރިހާ ފައިސާއެއް ޚަލާސްކޮށް ނިމި އުފަލުގައި ދިރިއުޅުން ބިނާކުރެވި ހަޔާތުގެ އުފާވެރި ދުވަސްތައް ގުނަމުންދާ ވާހަކަވެސް މިފެމަރިން ފާހަގަކުރިއެވެ. 'ޒީޓައިމްސް'ގެ ކިޔުންތެރިންނަށް އިބުރަތަކަށް މިވާހަކަ ހިއްސާ ކޮށްލީމެވެ. 

މައުލޫމާތު:ސޭސް

+1
5
+1
18
+1
4
+1
12
+1
4
+1
2
+1
0

Advertisement

ގުޅުންހުރި ލިޔުންތައް