Advertisement
header ad
XeeTimesXeeTimes
މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ: ޙިޟުރުގެފާނު، ކުއްޖެއްގެ ބޯ ކަނދުރާއިން ވަކިކުރެއްވި ސަބަބު ދީން

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ: ޙިޟުރުގެފާނު، ކުއްޖެއްގެ ބޯ ކަނދުރާއިން ވަކިކުރެއްވި ސަބަބު

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ

ދެބެއިކަލުން ދެން އެއްގަމަށް ވަޑައިގަތް ތަނުން އެހެން ކުދިންތަކަކާއެކު ކުޅެން އުޅުނު ފިރިހެން ކުއްޖަކާއި އެދެބޭކަލުން ބައްދަލުވިއެވެ. އެހިނދު އެކުއްޖާގެ ބޮލުގައި ޙިޟުރުގެފާނު ހިއްޕަވައި އެކުއްޖާގެ ބޯ ކަނދުރާއިން ވަކިކުރެއްވިއެވެ. ދެން މޫސާގެފާނު ދެންނެވިއެވެ. ކަލޭގެފާނު ތިޔަ ޤަތުލުކުރެއްވީ ކުށެއްނުކުރާ މަޢުސޫމް ކުއްޖެކެވެ. އެއީ ހާދަހާ ބޮޑު ކުށެކެވެ. ޙިޟުރު ދެންނެވިއެވެ. އަޅުގަނޑާއެކު ކަލޭގެފާނަށް ކެތްތެރިވެވަޑައިނުގެންނެވޭނެޔޭ އަޅުގަނޑު ނުދަންނަވަންތޯއެވެ؟ ދެން މޫސާގެފާނު ދެންނެވިއެވެ. މީގެފަހުން އަޅުގަނޑު ކަލޭގެފާނާއި އެއްވެސް ސުވާލެއް ކޮއްފިއްޔާ އަޅުގަނޑު އެހިސާބުން ދޫކޮށްލައްވާށެވެ. އަދި އެކަލޭގެފާނަށް ގިނަ ޢުޒުރުތަކެއް ދެއްކިއްޖެކަމަށްވެސް ވިދާޅުވިއެވެ.

ދެން ދެބޭކަލުންނަށް ރަށަކަށް ވަޑައިގެންނެވުމުން އެރަށުގެ އަހުލުވެރިންގެ ކިބައިން ކާއެތިކޮޅަކަށް އެދި ވަޑައިގަތެވެ. އެކަމަކު އެރަށުގެ އަހުލުވެރިން މިބޭކަލުންނަށް މެހުމާންދާރީ ނުދިނެވެ. އެބޭކަލުންނަށް ދެން ފެނުނީ އެރަށުގައި ވެއްޓެމުންދިޔަ ފާރެކެވެ. އެހިނދު ޙިޟުރުގެފާނު އެފާރު ނުވެއްޓޭނޭގޮތަށް ކޮޅަށް ޖެއްސެވިއެވެ. މިކަމާމެދު މޫސާގެފާނު ވިދާޅުވިއެވެ. މިއީ އަޅުގަނޑުމެންނަށް ކާއެތިކޮޅެއް ނުދިން އަދި މެހުމާންދާރީވެސް ނުދިން މީހުންނެވެ. ކަލޭގެފާނަށް، ތިކުރެއްވި މަސައްކަތަށް އަގެއް ނެންގެވުނީސްނޫންތޯއެވެ؟

Article - in content
Advertisement

ދެން ޙިޟުރު ވިދާޅުވިއެވެ. މިއީ ކަލޭގެފާނާއި ތިމަން ކަލޭގެފާނުގެ ވަކިވުމެވެ. ކަލޭގެފާނަށް އެކަންކަމުގެ މައްޗަށް ކެތްތެރިވެވަޑައިނުގެންނެވުނު ކަންކަމުގެ ތަފްސީރު ތިމަންކަލޭގެފާނު ކަލޭގެފާނަށް ދެއްވާހުށީމެވެ. މިވާހަކައިގައި ﷲ ޢައިބުގެ ފަރުދާ ތިން ފަހަރު ކައްސަވާލެއްވިއެވެ. އެއަށްފަހު މޫސާގެފާނަށް ފެނިވަޑައިނުގަތް ކަންކަން ދެއްކެވިއެވެ.

ޙިޟުރުގެފާނު ނައުގެ ފޫދުއްވާލެއްވީ އެނައުގެ ފަހަތުގައި އެފަދަ ނައުތައް ފޭރިގަންނަ ރަސްކަލަކުވީތީއެވެ. އެކަލޭގެފާނު ފިރިހެން ކުއްޖާ ޤަތުލުކުރެއްވީ އޭނާގެ ހެޔޮލަފާ މޫމިން މައިންބަފައިންނަށް އޭނާގެ އަނިޔާވެރިކަން ކުރިމަތިވެދާނެކަމަށްޓަކައެވެ. ފާރު ކޮޅަށް ޖެއްސެވީ އެފާރު، ޔަތީމް ދެކުއްޖަކަށް މިލްކުވާތީއާއި އޭގެ ދަށުގައި ޚަޒާނާއެއްވާތީއެވެ. ﷲ އިރާދަކުރެއްވީ އެކުދިން ބޮޑުވެގެން އައިސް އެޚަޒާނާ ނެގުމަށް ކަމަށްވާތީއެވެ. ޙިޟުރުގެފާނު ކުރެއްވި ހުރިހައި ކަމެއް ކުރެއްވީ އެކަލާނގެ އަމުރުފުޅަށެވެ.

މިވާހަކައިން އަޅުގަނޑުމެންނަށް އެނގެނީ މިއަދު އަންނާނެކަމެވެ. އެއީ ޢައިބަށް ނޫނެކޭ ބުނާ ދުވަހެވެ. ދައްޖާލުގެ 'ސައެންޓިފިކް އެމްޕިރިކަލް' ޢިލްމު އެއްލޮލުން އުނގެނޭ ދުވަހެވެ. ދުނިޔޭގެ އެތައްހާސް ޔުނިވަރސިޓީއެއްގައި މިއަދު އުނގެނެނީ މިގޮތަށެވެ. ޕްރޮފެސަރުންނާއި ޑޮކްޓަރުންނާއި ގްރެޖުއޭޓުން އުފައްދަނީ ބޭރުފުށަށް ބިނާވާ ޢިލްމާނީ ތަޢުލީމުން އެކަންޏެވެ. ނަތީޖާއަކީ އެތެރެފުށުގެ ކަންކަން (އިންޓަރނަލް ބްލައިންޑްނަސް) އުފެދި ކުފުރާއި ޝިރުކުން ދުނިޔެ ތަޢައްޔަރުވުމެވެ. ޢައިބަށް އީމާންވުމަށް މީހުން އިންކާރުކުރުމެވެ.

ނުނިމޭ

ނޯޓް: ' މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ ' މި ލިޔުމުގެ 24 ވަނަ ބައި މާދަމާ ޕަބްލިޝް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —