Advertisement
header ad
XeeTimesXeeTimes
2 ކުދިންނާއެކު ގެއިން ނެރެލުމުން ހާލުގައިޖެހުނު އާއިލާއަކަށް އެހީ ބޭނުންވެފައި

2 ކުދިންނާއެކު ގެއިން ނެރެލުމުން ހާލުގައިޖެހުނު އާއިލާއަކަށް އެހީ ބޭނުންވެފައި

މަންމައިންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ފޭސްބުކް ގްރޫޕް 'މަމްސް އެއިޑް' އިން މައުލޫމާތު ދިންގޮތުގައި މަންމައަކާއި 2 ދަރިން ގެއިން ނެރެލުމުން ތިިންމައިން ހާލުގައިޖެހިފައިވާ ކަމުގެ މައުލޫމާތު ލިބުނީ ރޭގެ ދަންވަރުއެވެ. އެ އާއިލާގެ ހުރިހާ އެއްޗެއް މަގުމައްޗަށް ނެރެ އުކާލާފައިވާ ފޮޓޯތަކެއް ވެސް ވަނީ މަމްސް އެއިޑްގައި ހިއްސާކޮށްފައެވެ.

" މި އާއިލާއަށް ގުޅުމުން އެނގުނީ ކާނެ އެއްޗެއް ވެސް ނެތްކަން. ރޭގެ ދަންވަރު އަޅުގަނޑުމެން ވާނީ ކާނެ އެއްޗެހި ފޯރުކޮށްދީފަ. ވަގުތީގޮތުން ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި މިއާއިލާ މިވަގުތު ތިބީ. ކުރިން އުޅުނު ތަނުގައި ގެންގުޅުނު ހުރިހާއެއްޗެއް އިއްޔެގެ ވަގުތެއްގައި އެގެއިން ނެރެ އެއްލާލީ އެކުދިންގެ ބައްޕަ ކަމަށް މައުލޫމާތު ލިބިފައިވަނީ. އެތަނުން މުހިންމު ބައެއް ތަކެތި ގެނެސް މިވަގުތު ދިރިއުޅެމުންދާ ކުޑަ ކޮޓަރިތެރޭގައި ބަހައްޓާފަ ހުރީ".

ކުރިން ދިރިއުޅުނު ގޭގެ ކަރަންޓާއި ފެން އެތައް ފަހަރަކު ކަނޑާލައި އެކި ކަހަލަ ދަތިތައް ކުރިނަމަވެސް ކުޑަކުދިންތަކެއް ގޮވައިގެން ވަންނާނެ ތަނެއް ނެތުމުން އެތަނުގައި ދިރިއުޅެމުން ދިޔައީ ކަމަށް މި އާއިލާއިން ވަނީ ބުނެފައެވެ.

Article - in content
Advertisement

" މިކަންތައްތައް މިގޮތަށް ތަކުރާރުވަމުން ގޮސް އެންމެފަހުން މިދިޔަ މަހު ވަނީ ގޭގައި ނެތް ވަގުތު ބަލާފައި ގޭގެ ތަޅު ބަދަލުކޮށް ގެއިން ނެރެލާފަ. ލާނެ ހެދުމެއް، ކުދިންގެ ފޮތްދަބަހެއް ވެސް ނުދޭ. އަދި ހަރަދުވެސް ނުކުރޭ. ވަރިކުރި ނަމަވެސް ފިރިހެން މީހާގެ ގޭގެ ކޮޓަރިއެއްގައި މި އާއިލާ ދިރިއުޅެމުން ދިޔައީ ވަންނާނެ އިތުރު ތަނެއް ނެތުމުން" އާއިލާ އާއި ހަވާލާދީ މަމްސް އެއިޑް އިން މައުލޫމާތު ދިނެވެ.

ދުވަހު ކުއްޔަށްދޭ ކޮޓަރީގައި ތިންމައިން ދިރިއުޅެމުން ދިޔައީ ރޮށި ފިހައިގެން މަންމަ އަށް ލިބުނު އާމްދަނީއިން އެ ކޮޓަރި އަށް ދުވާލަކު 500 ރުފިޔާ ދައްކައިގެންނެވެ. އެ ރުފިޔާ ދެއްކުމަށްފަހު ކުދިންގެ ހަރަދަށް އަދި ކެއުމަށް ބޭނުންކުރާނެ ރުފިޔާއެއް ނޯންނަ ކަމަށާއި، މި ތިންމައިންނަށް ވީހާ އަވަހަކަށް އެހީތެރިކަން ބޭނުންވާކަމަށް ވަނީ ބުނެފައެވެ.

މަގުމައްޗަށް އުކާލާފަ ހުރި މި އާއިލާގެ ތަކެތި

މި އާއިލާއަށް ހޯދަން ބޭނުންވާތަކެތި:

1 ކޮޓަރީގެ އެޕާޓްމެންޓެއް (6000 ރުފިޔާ އަށްވުރެ އަގުބޮޑު ނުވާގޮތަށް މާލެއިން)

ކުދިންގެ ޔުނިފޯމް

ބަދިގޭގައި ބޭނުންކުރާ ސާމާނު

ކޮޓަރިއަށް ބޭނުންވާ ފަރުނީޗަރ

7 އަހަރުގެ އަންހެން ކުއްޖަކަށް އަދި 4 އަހަރުގެ ފިރިހެން ކުއްޖަކަށް ބޭނުންވާ ހެދުން

މަމްސް އެއިޑް އިން ބޭނުންވަނީ މި މަންމައަށް ވީހާވެސް އަވަހަކަށް ލުއިފަސޭހަ ގޮތަކަށް ދިރިއުޅެވޭނެ ގޮތެއް ހޯދައި ދިނުމަށް މަސައްކަތްކުރާށެވެ. މި ގޮތުން ހެޔޮއަގުގައި ކުއްޔަށްދޭ ތަނެއް ހޯދައިދީ ކުދިން ގަވާއިދުން ސްކޫލަށް ފޮނުވޭނެ ގޮތެއް މަގުފަހިކޮށްދިނުމަށް ދަނީ މަސައްކަތްކުރަމުންނެވެ. ގިނަ އަދަދެއްގެ ރޮށި އެކަނި ފިހުމަކީ ބުރަމަސައްކަތަކަށް ވާތީ އާމްދަނީ ހޯދުމަށްޓަކައި އިތުރު މަސައްކަތެއް ފެށޭނެ ގޮތެއް ހޯދައިދިނުމަށް ބޭނުންވެއެވެ.

މި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން މަމްސް އެއިޑް ޕޭޖް އަށް މެސެޖު ކުރެވިދާނެއެވެ. ނުވަތަ 9851477،7688122،7762160 މި ނަންބަރަށް ގުޅާފަ އިތުރު  މައުލޫމާތު ސާފު ކުރެވިދާނެ އެވެ.

ނޯޓް: މި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި އިއުލާންކުރިތާ 3 ގަޑިއިރު ތެރޭގައި އާއިލާއަށް ބޭނުންވާވަރަށް ފައިސާ އަދި ތަކެތީގެ އެހީތެރިކަން ލިބިފައިވާކަމަށް މަމްސް އެއިޑް އިން ވަނީ މައުލޫމާތުދީފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

Axxa 13އޭޕްރީލް2023

Kee kuran bappa men ,maadhan Anna’ne asaa aduga

އަލީ ކާފަ އަންހެނުން 11އޭޕްރީލް2023

މަވެސް ޢަލީ ގެ ހިޔާލަށް ތާއީދު. ކަލޭ ތީ ވެސް އެކަހަލަ ނުލަފާ ކާފައެއް އެހެންވިއްޔާ. ހަމަގައިމުވެސް މާލެ އަށް ވުރެ ރާއްޖެތެރެ ރައްރަށް ރީތިވެފަ ހިތްފަސެހަވާނެ. ތަޢުލީމުވެސް ވަކި ދަށެއްނުވާނެ. މާލޭ މީހުން ރާއްޖެތެރެއަށް އައިސް ދާހިތްނުވެގެން އުޅޭތަން ފެނޭ ކިތަންމެފަހަރަކު. 1

Juna 10އޭޕްރީލް2023

Hama ajaabuvejje..mithaa thibi baeh meehun ge comments kiyaafa …miulhenee bayaku haaluga jehigen magumathi vegen. .ehee nuvevey fenvaruge meehun comments kiyaalaafa nukumebala mithanun hiyhama jassaalaagen

އަބފިލި 10އޭޕްރީލް2023

އެ އާއިލާގެ AC ނަމްބަރ އަދި ގުޅޭނެ ނަމްބަރެއް ދީބަލަ އެހީވާން ބޭނުން 1

.hassan 10އޭޕްރީލް2023

Saru kaarun beynun fudhey nee 18 aharu vumun saru kaarun maa heyo edhigen rahyyithun badhu naamu koffa ximmaa in baree avamun midhanee komme kameh kuri as komme ves jamaa athaku ekan balaane kamah bune saru kaaruge siyaasathu veyyai mode lanee 1 5

Alifbaa 10އޭޕްރީލް2023

This is ridiculous the people who comment about them bad those people don’t have a heart pls without any complain pls help those kids if you can’t stop talking bull shit about them 3

Reader 10އޭޕްރީލް2023

I just came here for read the comments 😎 1

އަލީއާއެކީ 10އޭޕްރީލް2023

އަލީގެ ހިޔާލަށް ތާޢީދުކުރަން މިހާރުވަރަށްގިނަރަށްރަށުގައި ހުސްގެތައް އެބަހުރި ވީމާ ރާއްޖެތެރޭ ރަށަކަށް ތިޔަޢާއިލާބަދަލުވުން ރަނގަޅުވާނެކަމަށްޤަބޫލްކުރެވެނީ އެއީ ދިރިއުޅުމުގެހަރަދުވެސްމާލެއަށްވުރެބޮޑުތަނުންހެޔޮވާނެ 19 2

ރެއްކަބޭ 10އޭޕްރީލް2023

ކޮންމެޓްކުރާމީހުން އެއްވެސް ރަހުމެއްނެތް ފާޑުފާޑުގެ ކޮމެންޓުނުކޮށް މިކުދިންނަށް ކޮންމެވެސް އެހީއެއްފޯރުކޮށްދީބަލަ. ސަރުކާރުން މިފފިރިހެންމީހާ ހޯދާ ހަރުކަށި އަދަބުދޭންޖެހޭނެ. 6

Dhonhiyala 10އޭޕްރީލް2023

anonymous again heyo baheh ehves mayaku nudhaane dho magumathyga hunnahn if she had a shelter nubunevenna hanu hureba Bala 1

އަހްމަދު 09އޭޕްރީލް2023

ތިގޮތަށް ބޭރުކޮށްލުމުން ރޭވިގެން ކުރިކަމެއް ކަމަށްވެސް ބެލެވޭ. 2

އަލީ ކާފަ 09އޭޕްރީލް2023

އަލީ ރަށުން އޭނައަށް ތަންކޮޅެއް ދޭންވީނު ހުރެލަން. ކުއްޔަށް ނަމަވެސް. ކަލޭ ވަރަށް ސަޕޯޓު ދޯ އެކަހަލަ ނުލަފާ ބަފައިންނަށް. އަނެއްކާ ތި އާއިލާ ފިރިހެނެއްތަ؟ 8

Rangku 09އޭޕްރީލް2023

Rangalu vahaka , anhenmeeha keekogenbaa thivaru aruvalaanee , darin bikakolaafa elaalanee hada nubaanulafaa firhenekey , ekamu teege 2faraatuge vaahaka aduahanjeheyne , ekolundakaavahaka aduahaafa goi nukiyamaa , ekamu nubaako kankan kuraakanuvaane kudhinna when hadaanee evess insaaniyatukameneteema 6

ސަންކޮ 09އޭޕްރީލް2023

ވީ މިންވަރަކުން އެހީ އެއް ނުވެވެންޔާ ހެޔޮ ދުއާ އެއްކޮށްލާ ޒިންމާ ނަގާފަރާތް ޒިންމާ ނަގާތޯ ބަލާކަށް އެކުދިން ނުޖެހޭނެ 49 2

Anonymous 09އޭޕްރީލް2023

Bappa jalah leema geyga jaaga onnaane ulhen 11

އުމަރު މުޚުތާރު 09އޭޕްރީލް2023

ތިޔަ ދަރިން ގެ ބަފަޔަކު ހުރިތޯ ބަލާބަލަ ހުރިނަމަ އޭނަގެ ޒިއްމާ އޭނަ އަދާ ކުރޭތޯ ބަލާ ބައަ، ނުކުރައްޏާ އޭނަ ހިފާ ހައްޔަރު ކޮށް އޭނަގެ ގެދޮރާ މުދާ އަތުލާފަ އެކުދިން ނާ ހަވާލް ކުރަންވީ ބަފާ އުޅޭނެ ގޮތެއް ހޯދުމަކީ ބަފާގެ އަމިއްލަ ކަމެއް 18އަހަރު ފުރެން ދެން ދަރިން ނައް ހަރަދު ބަރަދު ކޮށް ހިމާޔައް ދިނުމަކީ ބަފާގެ ބޮލުގައި އެޅިފައިވާ ވާޖިބެއް ދެފަރާ ތުގެ ވާހަކަޔާ ހަމަޔައް ދާން ޖެހޭ އެއްވެސް ސަބަބެއް ނެއް،މިހެން މިބުނީ ދެފަރާތުން ވެސް އިޚްލާޞްތެރި ވިނަމަ މިއަދު މިހާލަތަކައް ކަން ކަން ދާކަށް ނުޖެހުނީސް، ދެފަރާތުގެ ވާހަކަ އަޑުއެހިއަސް ދެފަރާތުން ވެސް މިހާލަތުގައި ހަދާނީ ދޮގު، ދެފަރާތުން ކިތައްމެ ދޮގެއް ހެދިއަސް ދަރިންގެ ހައްގުތަކުން‘ އެދަރިން ހިނދު ކޮޅަކައްވެސް މަހުރޫމް ކޮށްފައި ބެހެއްޓޭކައް ނެއް، އަދި ފާއިތުވެގެން ދިޔަތަނުގައި ބަފާ ދަރިންނައް އެވީ އިހުމާލުގެ ބަދަލެއްގެ ގޮތުގައި އޭނަ މިހާރު ކައިވެއްޏެއް ކޮށްގެން އުޅޭނަމަ އިނދެގެން އުޅޭއަނބިގޮތްޔެ ކާރިން އޭނަ ދުރުކޮށް ކާވެނިރޫޅުވާލަން ކޯޓުތަކައް ގޮވާލަން،އެހެން ނޫނީ އަނެއްކާވެސް ދަރިން ތަކެއް ހޯދާފައި މަގުމަތި ކޮށްލުމަކީ އެކަށީގެން ވާކަމެއް. 99

sameera 09އޭޕްރީލް2023

adhi ekudhin boduve ehkala bappa ekudhin akiriyah ahnaane salaam jahan . ladheh nugahnanae.. edhuvahu dharin nubeliyma bunaane nubalaafiyey 7

snonymaa 09އޭޕްރީލް2023

amonymas ah bunelan.. kaakutha 2 dharin govaigen vahnaane thaneh nethi roshifihegen aammdhani hiadheyne kmaah nikuhnaani.. maadhamaa eyna balivegen roshi nufohevey dhuvaheh ga e 500 RG eynayah annonymas dheynan tha.. dahhakaa vaahka dho.. dhefulhi ehn nuvaa vaahka mitha nudhakaa.. if you can’t help then keep quite 8

Mohamed Thasleem 09އޭޕްރީލް2023

Varah suvaalu ufedhey thi photo ah beleema. Liyumuga othee school ah dhaa umuruge dhe kudhinge vaahaka. Ekamaku ththaa fennannhuri kuneega neiy e umuruga kudhinnah behey echcheh. Baa vefa oiy baby laigen gengulhey echchakaa baa diary notebook kahala echchissaa. Hama kuni buni. Thiya bunaa jamiyyaa eh medhuveri nuve aammunnah ehee veveyne gotheh dhakkaa liyyaa varah gina meehun ehee vaan eba thibi. Xeetimes in mikan kodhdheyne kamah ummeedhu kuran 6 5

wawi 09އޭޕްރީލް2023

bala magumathi vumun apartment hoadhan downpayment aa ehcethi dhakkaigen ulheveyne tha. kos vahaka . maheh vandhenenuun 500 rf dheegen e ulhenee.. mihaaru mi vaguthu e ulhenee dhaane thaneh nethigen. adhi neyge 2 thin dhuvahah ethanah laari dhin kameh.. anga thalhan nuhure gulhaafa eheevedheebala 15

Bxh 09އޭޕްރީލް2023

Kobai dhaulayyy mieeves haaluga jehun ?Alifaan roaveema ekanitha sarukaaru 2 5

ޢަލީ 09އޭޕްރީލް2023

ކޮންމެ ހެން ހަމަ މާލޭގައި އުޅެން ޖެހޭ ތޯ، ހާލުގައި ޖެހިފައި ވާ މިހަކަށް، އެހެން ރަށަކުން ވިޔަސް އެހީ ވާނީ އެހީ އަކަށް ނޫން ތޯ… ކޮންމެ ހާލެއްގައި ވިޔަސް މާލެ ދެއްތޯ 23 16

Blob 09އޭޕްރީލް2023

ތަނެއް ހޯދަންޏާ އެޑްވާންސް އަށް 15000، ފަރުނީޗަރަށް އަނެއް 10000 ހޯދަން އެބަޖެހޭ 9

Vahakaige Aneikolhu 09އޭޕްރީލް2023

mi firihen meeha ah ambimeeha aai dhariya ehen hadhaafaves hurevigen nuvaane dho. eyna aai dhekolha ebajehei mi massala belen. 16 2

Anonymous 09އޭޕްރީލް2023

Bunefa ebain dhuvaalakah e kotariah 500 rf dheegen ulhunu vaahaka. Eyrun monthly 15000rf vaane. Keevve kurin apartment eh nuhoadhee. Varah laainsaanee manzareh mi noohuga huri photo thakah beleema fennanee. Hageegaiy engen Dhefaraathuge vaahaka ahan beynun. 57 9

Anonymous 09އޭޕްރީލް2023

ފުރަތަމަ ތި ކުދިންގެ ބައްޕަ ގެ ވާޖިބު އަދާ ކުރަން އުޅެބަލަ. ދަރިން ހޯދާފަ ރައްޔިތުންގެ ބޮލަކަށް ނޫން ޖަހަންވީ. މިހާރަކަށް އައިސް އެކި އެކި ޖަމްޢިއްޔާތައް ހަދައިގެން ޒިންމާ ނަގަން ޖެހޭ ފަރާތްތަކުން ޒިންމާނުނަގަނީ. 143 10

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —