Advertisement
header ad
XeeTimesXeeTimes
ޗެރީ ބްލޮސަމްގެ ތަފާތު އިހްސާސެއް

ޗެރީ ބްލޮސަމްގެ ތަފާތު އިހްސާސެއް

ކޮންމެ އަހަރެއްގެވެސް ފެބުރުއަރީ އިން ފެށިގެން މާރިޗްމަހުގެ ނިޔަލަށް މިފެންނަ ރީތި ސަކޫރާ ނުވަތަ ޗެރީ ބްލޮސަމްގެ ރީތިކަން ފެނިފައި ހައިރާންވާވަރުވެއެވެ. އާއްމުކޮށް ޗެރީ ބްލޮސަމް އަކީ ޖަޕާނުގައި ވަރަށް މަޝްހޫރުކަން ލިބިފައިވާ މަލެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކު ޗެރީ ބްލޮސަމް ބަލަން އެތައްބަޔަކު ޖަޕާނަށް ޒިޔާރަތް ކުރެވެ. އަޖައިބު ކުރުވަނިވިހާ ރީތ މަލެއްކަމަށް ދެކޭ މީހުންވެސް އުޅެއެވެ. މާތައް ފޮޅިލާފައި އޮންނައިރު އެފެންނަ ޗާލު ކަމަކީ އެހާމެ ހިތްގައިމުކަމެއް ގެނުވާ މަންޒަރެކެވެ. މާލޭގައިވެސް ބަހާރު މޫސުން އައިސްގެން އުޅުނެވެ. އެއީ މާލެއާއި ހުޅުމާލޭގައި ހުރި ގަސްތަކުގައި ފިޔާތޮށި ކުލައިގެ މަލުން ޖަރީކުރުވާފަދަ މަންޒަރު ފެނުނުއިރުއެވެ. 

ތައިލެންޑްގެ ވެރިރަށް ބެންކޮކުން 1 ގަޑި އިރާއި 45 މިނިޓް ދުއްވާލާފައިދާއިރު އެފެންނަ ސަކޫރާ ނުވަރަ ޗެރީ ބްލޮސަމްއަކީ އެހާމެ ރީތި ހައިރާން ކުރުވަނިވި މަންޒަރެކެވެ. ގަސްތަކުން ފުރިފައި އޮންނަ "ސަޓިޓް ކަސެޓް ކަންޕައެން ސައެން" ޔުނިވަރސިޓީގެ ގޯތިތެރެއަކީ ކުޑަވަރެއްގެ ޕާކެކެވެ.

Article - in content
Advertisement

ދެފަރާތުން ފުރިފައި އޮންނަ މިގަސްތައް ފެނުމުން ހަމަގައިމުވެސް ހީވާނީ ޖަޕާނުގެ އެބުނާ ޗެރީ ބްލޮސަމް ފެސްޓިވަލަކަށް ޒިޔާރަތްކޮށްލެވުނު ހެންނެވެ. އެހާމެ ރީތިވެފައި ނަލައެވެ. ޖަޕާނަށް ދިއުމަކީ އެހާ ފަސޭހަ ޚަރަދުކުޑަ ކަމަކަށް ނުވާނެއެވެ. އެހެންނަމަވެސް ބެންކޮކަށް އައުމަށް ކުރަންޖެހޭ ޚަރަދު ކުޑަވާނެއެވެ. ހަމަގައިމުވެސް އަޅުގަނޑު އަމިއްލައަށް މިތަނަށް ގޮސް ހަމަލޮލުން ފެނިފައި އަޖައިބުވިއެވެ.

ހަވީރު ފިނި ފިނި ތެތްކަމާއި އަރާމުކަމުގައި ދެފަރާތުން ފެންނަ ފިޔާތޮށި ކުލައިގެ ނަލަ ނަލަ މާތަކުން ހިތަށް ގެނެސްދިން ފިނިކަން ވަރަށްވެސް އަރާމެވެ. ހަވީރުވުމުން މާތައް ގަސްތައް ކައިރިއަށް މަޑުމަޑުން ފައިބަމުންދާ މަންޒަރު ފެނުނެވެ.

މަޑު މަޑު ވައިރޯޅިން އެގެނެސްދޭ ފިނިކަމާއި ހިތްހަމަޖެހުން އެހާމެ ބޮޑެވެ. އެތަނަށްގޮސް ފޮޓޯ ނަގާ މީހުންނާއި ކަސްރަތުކޮށްލުމަށް ހިނގާ މީހުންނާއި ކުޑަކުދިން ގޮވައިގެން ހިތްހަމަޖައްސާލަންދާ މީހުންވެސް ތިއްބެވެ. ބެންކޮކުން ޓެކްސީއެއްގައި ދެކޮޅަށް 500 ރުފިޔާއަށް ދެވެއެވެ. މިފަހަރު ޖަޕާނު ނޫނަސް ޗެރީ ބްލޮސަމް ބަލާލުމުގެ ފުރުސަތު ލިބިއްޖެއެވެ. މިތަން ފެނިފައި ޖަޕާނަށް ދެވުނު ކަހަލައެވެ. މިތަނުގައި މާތައް ފޮޅެން ފަށަނީ ޖެނުއަރީ އިން މާރޗް މެދުތެރެއަށެވެ. މިހާރު މިވަނީ މާތައް ފައިބަން ފަށައި މާތައް ހުސްވާން ކައިރިވެފައެވެ.  

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ޗެރީ 02އޭޕްރީލް2023

“ބްލޮސަމް“ ބްލޫސަމް އެއްނޫން

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —