Advertisement
header ad
XeeTimesXeeTimes
ލަންސިމޫ: ހަންގަނޑުގައި އަނދާފައި ހުންނަ ތަންތަނާއި ލައްތައް ރަނގަޅުކޮށްދޭ

ލަންސިމޫ: ހަންގަނޑުގައި އަނދާފައި ހުންނަ ތަންތަނާއި ލައްތައް ރަނގަޅުކޮށްދޭ

ލަންސިމޫ ގަހަކީ ފަތްތައް ހިމަދިގުކޮށް ކާސިންޖީގަހާ އެއްގޮތަކަށް ހުންނަ އާންމުކޮށް ދެމީޓަރުގެ އުސްމިނުގައި ހެދޭ ގަހެކެވެ. މި ގަހުގެ މޫތައް ބިމުގެ އަޑިއަށް 2-4 މީޓަރަށް ފައިބާ މުލުގައި އާދަޔާޚިލާފު މީރުވަހެއް ހުރެއެވެ.

ލަންސިމޫގަސް

މިގަހުގެމޫ ބޭނުންކޮށްގެން އުފައްދާ ތެލުން ރީތިވުމަށް ބޭނުންވާ ތަފާތު ބާވަތްތަކުގެ އެއްޗެހި ތައްޔާރުކޮށް އުޅެއެވެ. މީގެތެރޭގައި ސެންޓާއި، ސައިބޯނި އަދި ޝޭންޕޫ ފަދަ ތަކެތި ހިމެނެއެވެ.

މޫ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އަތުފަންކާއެއް

ރާއްޖޭގެ ބައެއް ރަށްތަކުގައި މެހުމާނުންނަށް ހަދިޔާ ދިނުމަށްޓަކައި މިގަހުގެމޫ ބޭނުންކޮށްގެން އަތުފަންކާވެސް ތައްޔާރުކޮށް އުޅެއެވެ. ލަންސިމުލުން ތައްޔާރުކުރާ މި ފަންކާއިން ވަރަށް މީރުވަސް ދުވާނެއެވެ.

Article - in content
Advertisement

ގައިގެ ހަންގަނޑުގައި ހެދިފައި ހުންނަ ލައްތަކާއި ސްޓްރެޗްމާކް، އަދި ހަންގަނޑުގެ އަނދާފައި ހުންނަ ތަންތަން ލަންސިމުލުގައި ހިމެނޭ 'ސިކޭޓްރިޒެންޓް' މާއްދާގެ އެހީގައި ނައްތާލެވެއެވެ. އަދި ލަންސިމުލުގައި ދުވާ މީރުވަހުގެ ސަބަބުން ހަށިގަނޑަށް ހިތްހަމަޖެހުން ލިބި ފަސޭހައިން ނިދުމަށްވެސް އެހީތެރިވެދޭކަމަށް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.

ލަންސިމުލުން ތައްޔާރުކޮށްފައިވާ ތެޔޮ

ލަންސިމުލުން އުފައްދާފައިވާ ތެޔޮ ބޭނުންކޮށްގެން ހަށިގަނޑު މަސާޖުވެސް ކުރެވިދާނެއެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —