Advertisement
header ad
XeeTimesXeeTimes
ރޮސެއްލާ ސައިގެ އަޖައިބުކުރުވަނިވި ވާހަކަ ސިއްޙަތު

ރޮސެއްލާ ސައިގެ އަޖައިބުކުރުވަނިވި ވާހަކަ

'ރޮސެއްލާ ޓީ' އޭ ބުނުމުން ގިނަބަޔަކަށް ނޭނގިދާނެއެވެ. އެހެންނަމަވެސް ސައިމަލަކީ އަހަރުމެންނަށް އައު އެއްޗެއް ނޫނެވެ. މިއިން ތައްޔާރުކުރެވޭ ސަޔަކީ ވަރަށް ގިނަގުނަ ފައިދާކުރާ ސައެކެވެ. މިއީ ސައިމަލުގެ ވައްތަރެކެވެ. މެދު އިރުމަތީގައި ވަރަށް އާއްމުކޮށް ބޭނުންކުރާ މިސަޔަށް ކިޔައިއުޅެނީ ސަވަރ (ހުތް) ސައެވެ. އިނގިރޭސި ގައުމުތަކުގައި މިއަށް ކިޔައި އުޅެނީ "ރެޑް ސޮއްލާ" އެވެ.

ރޮސެއްލާއަކީ ސައުތު އެފްރިކާ އާއި ކެރެބިއަންގެ ގައުމުތަކުން އުފަންވެގެން އައި އެއްޗެކެވެ. އޭގެ ފަހުން ސަައުތު އީސްޓް އޭޝިއާގައި މިބޭނުންކުރަން ފެށުނެވެ. މިއީ އެތަކެއް އަހަރުތަކެއް ވަންދެން ބޭސް ހެދުމަށްވެސް ބޭނުންކުރެވުނު އެއްޗެކެވެ. ކުރީ ޒަމާނުގައި ރޮސެއްލާ ބޭނުންކޮށް އުޅުނީ ދަތުގައި ރިހޭ ރިހުން ފިލުވުމަށެވެ. އަދި މީގެ އިތުރުން ކުޑަކަމުދާ މައްސަލަތަކަށް ހައްލު ހޯދުމާއި ރޯގާ ޖެހުމުންވެސް މިބޭނުންކޮށް އުޅުނެވެ. 

ރޮސެއްލާއަކީ ހައްދަން އެހާ އުދަގޫ ގަހެއް ނޫނެވެ. މިގަހުގައި އަޅާ ސައިމަލަކީ ވަރަށް ރީތި އަދި ކުލަގަދަ ކަރުގަނޑެއް ހުންނަ މަލެކެވެ. މިގަހުގައި މިއަޅާ މަލުގެ ކަރުގަނޑު ހިއްކުމަށްފަހު އެކި އެކި ކަންކަމަށް ބޭނުންކުރެއެވެ. ރޮސެއްލާ ގަހުގައި ހުންނަ ފަތުން ސެލެޑް ހެދުމަށްވެސް ބޭނުންކުރެއެވެ. މިގަހުގައި މިއަޅާ މަލުން ޖޫސް ތައްޔާރުކުރުމަށްވެސް މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ބޭނުންކުރެއެވެ.

Article - in content
Advertisement

ލިބިދޭ ބައެއް ފައިދާ

ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ރޮސެއްލާއަކީ ވަރަށް މުހިންމު ދައުރެއް ކުޅެދޭ އެއްޗެކެވެ. މިގޮތުން 'ބޮޑީ ސްކްރަބް' 'މާސްކް' ކަހަލަ އެއްޗެހި ތައްޔާރުކުރުމަށްވެސް ރޮސެއްލާ ބޭނުންކޮށް އުޅެއެވެ. މީގައި ހުންނަ އެންޓިއޮކްސިޑެންޓްގެ ސަބަބުން މީހާގެ ހަންގަނޑު ރީތިވެފައި އުޖާލާކަމަށް ދައްކައެވެ.

މައްސަރުކަންތައް ދިމާވުމުން އަންނަ ރިހުން ކަނޑުވާލުމަށް ރޮސެއްލާ ސަޔަކީ ހަމަ އަޖައިބެއް ފަދަ އެއްޗެކެވެ. މި ސައި ބުއިމުން ހޯމޯން ބެލެންސްކޮށްދީ މީހާގެ މޫޑް ރަނގަޅުކޮށްދީ ޑިޕްރެޝަން ކަހަލަ ކަންކަމަށްވެސް އެހީވެދެއެވެ.

ބޮޑުކަމުދިއުން އަދި ކުޑަކަމުދިއުމުގެ މައްސަލަ ހުންނަ މީހުންނަށްވެސް ރޮސެއްލާ ސައިން ލުއިތަކެއް ލިބިގެންދެއެވެ. "ކޮލޮރެކްޓަލް ކެންސަރ" ފަދަ ބަލިތަކުން ރައްކާތެރިކޮށްދީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދެއެވެ. ކޮލެސްޓްރޯލް އަދި ހަކުރުބަލި ކަހަލަ ބަލިބައްޔަށްވެސް ހައްލު ހޯދައިދިނުމަށް އެހީތެރިވެދެއެވެ.

ކާބޯހައިޑްރޭޓްސްގެ މާއްދާތައް ކެއުމުގައި ބޭނުންކުރާއިރު ހަށިގަނޑަށް އެލިބޭ ގުލްކޯޒް ދަށްކޮށްދޭނެ އިތުރު މާއްދާއަކަށް ރޮސެއްލާ ސައި ވެގެންދެއެވެ. ހަށިގަނޑުގެ ބަރުދަން ލުއިކޮށްދޭ މާއްދާތަކުގައި ރޮސެއްލާ އަކީ މުހިންމު އެއްޗެކެވެ.

ރޮސެއްލާ ސައި އާއްމުކޮށް ބޭނުންކުރާނަމަ ބެކްޓީރިއާތައް ނައްތާލާ ރޯގާއިން ދުރުކޮށްދެއެވެ. ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު ދަށްކޮށްދީ ޕްރެޝަރވެސް ދަށްކޮށްދެއެވެ. އަދި ދަގަނޑުގެ މާއްދާ ވަރަށް ބޮޑަށް އެކުލެވިގެންވެއެވެ. 

މައުލޫމާތު: ރިމްބަހިލްސްޓީ ވެބްސައިޓް 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —