Advertisement
header ad
XeeTimesXeeTimes
ކީރިތި ޤުރުއާނުގައިވާ މަތިވެރި އަޤީދާއާއި ޢިލްމު ޅަދަރީންގެ ހިތްތަކުގައި ބިންވަޅުނަގައި ދޭންޖެހޭ- ހުކުރު ޚުތުބާ ދީން

ކީރިތި ޤުރުއާނުގައިވާ މަތިވެރި އަޤީދާއާއި ޢިލްމު ޅަދަރީންގެ ހިތްތަކުގައި ބިންވަޅުނަގައި ދޭންޖެހޭ- ހުކުރު ޚުތުބާ

ޢިލްމާއި އަޚްލާޤުގެ މަތީގައި ޖީލެއް ބިނާކުރެވޭނީ ތަޢުލީމާއި ތަރުބިއްޔަތުގައި ޤުރުއާނުގެ މަންހަޖަށް ރުޖޫޢަވެގެންނެވެ. އެ މަންހަޖަކީ ވިސްނައި ފިކުރުކުރުމުގެ މަންހަޖެވެ. ކީރިތި ޤުރުއާނަށް ފުންކޮށް ނަޒަރު ހިންގުމުން ދޭހަވަނީ ﷲ ތަޢާލާ މަޢުރިފާކޮށް ދަނެގަތުމުގައި އޮތް އެންމެ ފުރިހަމަ މަންހަޖަކީ ވިސްނައި ފިކުރުކުރުމުގެ މަންހަޖުކަމެވެ.

އިންސާނާއަށް ﷲ ތަޢާލާ ދެއްވި ޢިލްމުގެ ކުޑަކުޑަ މިންވަރުގެ ބޭނުން ހިފައިގެން ލިބުނު ކުރިއެރުމާއި ތަރައްޤީގެ ސަބަބުން އޭނާ ވަނީ އޭނާގެ އަމިއްލަ ނަފްސު ހަނދާން ނައްތާލާފައެވެ. އަދި އޭނާ ހެއްދެވި ފަރާތްވެސް ހަނދާން ނައްތާލާފައެވެ. މި ހޯދުނު ކުރިއެރުމުގެ ސަބަބުން އޭނާއަށް ހީވެފައިވަނީ މުޅި ކާއިނާތު އޭނާގެ މުށުތެރެއަށް ލެވިއްޖެހެންނެވެ. އެހެނެއްކަމަކު އަރަހުށި ހުސްތާހިރުވަންތަ ﷲ ތަޢާލާގެ ބަސްފުޅަށް އެ އިންސާނާ ކަނުލައި އަޑު އެހިނަމަ އޭނާގެ ނިކަމެތިކަން އޭނާ އަށް ވިސްނުނީހެވެ.

ޢިލްމާއި އަޚްލާޤުގެ މަތީގައި އާ ޖީލެއް ބިނާކުރަން ބޭނުންނަމަ ކުރަންވީކަމަކީ ކީރިތި ޤުރުއާނުގައިވާ މަތިވެރި އަޤީދާއާއި އެ ޤުރުއާނުގައިވާ މަތިވެރި ޢިލްމު އަހަރެމެންގެ ޅަދަރީންގެ ހިތްތަކުގައި ބިންވަޅުނަގައި ދިނުމެވެ. އެކަންކޮށް ނުދެވިއްޖެނަމަ އެއްދުވަހުން އަނެއް ދުވަހަށް ޤައުމު ދާނީ ނިކަމެތިވެ ދަށު ދަރަޖައަށް ވެއްޓެމުންނެވެ.

Article - in content
Advertisement

ޢިލްމާއި އަޚްލާގުގެ މަތީގައި ރަނގަޅު ޖީލެއް ބިނާކުރެވޭނީ، ދަރިންގެ އުނގެނުމާއި ތަރުބިއްޔަތުގައި ހުރިހާ ދިމާއަކުންވެސް ޤުރުއާނުގެ މަންހަޖު ހިމަނައިގެންނެވެ. ޤުރުއާނުގެ އާޔަތްތަކުގެ މާނަ ބޭރުފުށުން ކިޔަވައިދިނުމުގެ ބަދަލުގައި އެ އާޔަތްތަކުގައިވާ ޢިލްމީ ހަގީގަތްތަކާއި ހަމައަށް ކިޔަވާ ކުދިންގެ ވިސްނުން ވާސިލްކޮށްދެވިގެންނެވެ. ޤުރުއާނުގެ ވާހަކަތަކުން ޢިބުރަތް ހާސިލުކޮށްދެވިގެންނެވެ. އޭގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ އާޔަތްތަކާއި ނަރަކައިގެ ބިރުވެރިކަމުގެ އާޔަތްތަކުގެ ތެރެއިން ނަފްސާނީ ދުޅަހެޔޮކަމާއި ރޫހާނީ ދުޅަހެޔޮކަމުގެ ތިލަފަތް ހަމަކޮށްދެވިގެންނެވެ. ކީރިތި ޤުރުއާނުގައިވާ އަޅުކަމުގެ ތަރުބިއްޔަތުގެ ތެރެއިން އެކުދިންގެ ނަފުސަށް ހަމަހިމޭންކަން ހޯދައިދެވިގެންނެވެ. އޭގައިވާ ޙަރާމާއި ޙަލާލުގެ މައްޗަށް ދަރިން ހެޔޮގޮތުގައި ހާނުވައި ތަރުބިއްޔަތު ދެވިގެންނެވެ.

 

މައުލޫމާތު: ހުކުރު ޚުތުބާ

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —