Advertisement
header ad
XeeTimesXeeTimes
ވިހެއުމުން އެހީތެރިކަން ދޭންވީ ކުޑަދަރިފުޅަށްވުރެ ބޮޑަށް މަންމަ އަށެވެ!

ވިހެއުމުން އެހީތެރިކަން ދޭންވީ ކުޑަދަރިފުޅަށްވުރެ ބޮޑަށް މަންމަ އަށެވެ!

ތުއްތު ދަރިފުޅު އުފަންވާ ވަގުތަކީ ތަފާތު އިހްސާސްތަކެއް ކުރެވޭ އުފާވެރިކަން ލިބޭ ވަގުތެކެވެ. އެހެންނަމަވެސް އެއުފަލާއެކު މައިމީހާ އެއުފުލާ ވޭން ކުޑައެއް ނޫނެވެ. ސިޒޭރިއަން ހެދުމަށްފަހު ނުވަތަ ވިހެއުމުގެ ތެރޭގައި ކަފަން ޖެހި ފެހުމުގެ ސަބަބުން އެ އަޅާ ވޭނުން ރަނގަޅަށް ހިނގައި ނުގަނެވި އުޅެނީ އެ މައިމީހާއެވެ.

ވިހެއުމާއެކު ގޮވާލުމަށް އަންނަ މީހުން ގިނައެވެ. އެހެންނަމަވެސް މަންމަގެ ހާލު ކިހިނެއްތޯ އަހާލަނީ މަދު މީހެކެވެ. އޭގެ ބަދަލުގައި ދަރިފުޅު އުރާލުމަށްފަހު ދާ މީހުން ގިނައެވެ. މަންމައަށް ބޭނުންވަނީ ކޮންކަހަލަ އެހީތެރިކަމެއްތޯ ބަލަނީ ވަރަށް މަދު މީހެކެވެ.

ކުޑަ ދަރިފުޅު އެހާކުޑައިރު ނަގައިގެން އުޅުމަށްވުރެ ބޮޑަށް ރަނގަޅުވާނީ ނިންދަވަން ބޭއްވުމެވެ. އެއިރުން އެގޮތަށް ފަރިތަވުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި ކައިރިން ދޭ މަންމައެއްނަމަ އެދަރިފުޅަށް އެހީތެރިކަން ބޭނުންވާނީ ނެޕީ ބަދަލުކޮށް، ފެންވަރުވާށެވެ. އޭގެ ބަދަލުގައި މަންމަ އަށް ފޯރުކޮށްދެވޭނެ އެހީތެރިކަން ގިނައެވެ.

Article - in content
Advertisement

މަންމަ އަށް އެހީތެރިކަން ބޭނުންވަނީ ކީއްވެ؟ އަދި އެހީތެރިވެވިދާނެ ގޮތްތައް!

  • އަލަށް ދަރިފުޅު އުފަންވުމުން ހަމަނިދި ނުލިބޭނެއެވެ. ދަރިފުޅަށް ގާތުން ދޭން ޖެހުމުން ހޭލާ އުޅެން މަޖުބޫރުވެއެވެ. އަދި އިތުރު އެހީތެރިއެއް ނެތްނަމަ އެދަރިފުޅުގެ ނެޕީ ބަދަލުކޮށް ސާފުކުރަންވެސް ޖެހެއެވެ.
  • ވިހެއުމާއެކު ހަށިގަނޑަށް އެއަންނަ ބަދަލުތަކަށް ހޭނެން ވަގުތު ހޭދަވާނެއެވެ. ބައެއް ފަހަރަށް ވަރުބަލިވެ ރޮވޭ ފަހަރުވެސް އަންނާނެއެވެ. މިފަދަ ވަގުތުތަކުގައި ބޭނުންވާނީ ކައިރީގައި ހުރެ އެހީތެރިވާނެ އިތުރު މީހެކެވެ. ހިތްހަމަޖެހޭ ގޮތަށް ވާހަކަ ދައްކާނެ މީހެއް ވަރަށް މުހިންމުވާނެއެވެ.
  • ވިހެއުމާއެކު ގިނަ އަދަދަކަށް ލޭ އައުން މިއީ ވަރުބަލިކަން އިހުސާސްވާނެ ކަމެކެވެ. ވަރުބަލި ފިލުވާލެވޭނީ ދަރިފުޅު ބަލާނެ މީހެއް ހުރެގެންނެވެ. ނޫނީ އެދަރިފުޅު ނިދާ ވަގުތުގައި ނިދާލެވިގެންނެވެ. ކުޑަދަރިފުޅު ކައިރިއަށް ޒިޔާރަތްކުރާ މީހުންވެސް އިސްކަންދޭންވީ ވަކި ގަޑިތަކެއްގައި އެކަނި އައުމަށެވެ. އިރުއިރުކޮޅާ މީހުން އަންނަނަމަ މައިމީހާ އަށް އަރާމުކުރާނެ ވަގުތެއް ނުލިބޭނެއެވެ.
  • ހަށިގަނޑަށް ފައިދާހުރި ކާނާ ގަޑިން ގަޑިއަށް ކެވޭނީ އެކަމަށް އެހީތެރިވެދޭނެ މީހެއް ހުރެގެންނެވެ. ވިހައިގެން އުޅޭ ދުވަސްވަރު އަމިއްލައަށް ކައްކައިގެން ކާން ވެއްޖެނަމަ އޮންނާނީ ގަޑިންގަޑިއަށް ނުކެވިފައެވެ.
  • އަލަށް މަންމައަކަށް ވާއިރު އަމިއްލައަށް ދަރިފުޅުގެ ކަންކަން ކުރަން ނޭނގިދާނެއެވެ. ކައިރީގައި ހުރެގެން ކިޔައިދޭނެ މީހަކު ބޭނުންވާނެއެވެ.
  • އަމިއްލަ ނަފްސަށް ވަގުތު ދިނުމަށް އެހީތެރިވެވިދާނެއެވެ. މިގޮތުން ކުޑަދަރިފުޅު ބަލައިދޭނެކަމަށް ބުނެ ހިތްހަމަޖެހިލައިގެން ފެންވަރާލުމަށް މަންމަ އަށް ވަގުތު ދެވިދާނެއެވެ. އެކަނި އުޅޭ މައިންނަށް ކުޑަދަރިފުޅު ގޮވައިގެން އުޅެ ރަނގަޅަށް ފެންވަރާލުމަކީ ވެސް ދަތިކަމަކަށް ވާނެއެވެ.
  • މިދުވަސްވަރަކީ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ދުވަސްވަރަކަށް ވާތީ ވާހަކަ ދައްކާއިރު ވިސްނަންޖެހެއެވެ. ފާޑުކިޔުމަކީ ކޮށްގެންވާނެކަމެއް ނޫނެވެ. 
  • ދަރިފުޅުގެ ބައްޕަ ވެސް އަމިއްލަ އިސްނެގުމަށް ދަރިފުޅުގެ މަންމައަށް ލުއި ދިނުމުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ. މިސާލަކަށް ދަރިފުޅުގެ އެއްޗެހި މެޝިނުން ދޮވެދީ އެތަކެތި ހިއްކުމަށްފަހު އަލަމާރީގައި ބެހެއްޓުން، ކޮޓަރި ސާފުކޮށްދިނުން ފަދަ ކަންތައްތައް ކުރެވިދާނެއެވެ.
  • އެހީތެރިކަމަށް އެދުމުގެ ކުރިން އަމިއްލައަށް އިސްނަގައިގެން އެހީތެރިކަން ފޯރުކޮށްދޭށެވެ. ސަބަބަކީ ކޮންމެފަހަރަކު އެހީތެރިކަމަށް އެދެން ޖެހުމަކީ އެއްވެސް މީހަކު ކުރާ ހިތްވާކަމަކަށް ނުވެދާނެއެވެ. އޭގެ ބަދަލުގައި އަމިއްލަ އިސްނެގުމަށް އެހީވެދިނުމުން އެހީ ލިބޭ މީހާ އަށް ލިބޭ ހިތްހަމަޖެހުން ބޮޑުވާނެއެވެ.

ވިސްނަންވީ ދަރިފުޅު ބެލުމަކީ ހަމައެކަނި އެ މައިމީހާގެ ޒިންމާއެއް ނޫންކަމެވެ. ދަރިފުޅުގެ މަންމައެކޭ އެއްގޮތަށް ބައްޕަވެސް ޒިންމާ އުފުލަން ވާނެއެވެ. ބައްޕަ ވަޒީފާ އަށް ދާ ވަގުތުތަކުގައި ފަސޭހައިން މަންމައަށް ގޭތެރޭގެ ކަންތައްތައް ކުރެވޭނެ ފަދަ އިންތިޒާމް ހަމަޖައްސައިދެވިދާނެއެވެ.

ބަނޑުބޮޑު ދުވަސްވަރާއި ވިހައިގެން އެހޭދަވާ ދުވަސްވަރު ދިމާވާ ކަންތައްތަކަކީ މުޅި އުމުރަށް ހަނދާން ހުންނަ ކަންތައްތަކޭ މީހުން ކިޔައި އުޅެއެވެ. ވިސްނަންވީ އެކަކު އަނެކަކަށް ލޯތްބާއެކު އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ވިހެއުމާއެކު ކުޑަދަރިފުޅު އުރާލަން އަންނަގޮތަށް މަންމައަށް ބޭނުވާ ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދެވޭތޯ ބެލުމަކީ މުހިންމުކަމެކެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

Aishath 25ޖެނުއަރީ2023

V haaluga ulhen jeheny ehytheri vaane meehaku nethumun dhuvahaku ves handhaan nunetheyne aailaa meehun kanthah kuri goiy enme ehytheri kamah beynun vi dhuvahu 3

Mamma 15ޖެނުއަރީ2023

Adives hithun filaigen nudhey hama. Mihaaru 7 years vehjje 😢 3

Mammi 15ޖެނުއަރީ2023

Furathama mi liyun bappa aku kiyaaliyas varah boduvaru 7 3

Mamma 14ޖެނުއަރީ2023

Hama ekani govaalan Anna meehunneh noon.. Aailaage mamma aai dhattha menves vihaigen ulhey iru eheevaanvee mamma ah. Kujjaa kuda iru fenvaruvan maama Anna irah fehoonukoh faahaanaa ah laa thuvaahyaa nappy as hedhun nagaafa aygaay kohdheyn hurefa adhi nimuneema ehchehi hunna thanah laafa nappy ves ellaalan jehenee mamma. Roathee uranjehijjeyyaa hama nuvefa hunnaane. 7 1

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —