ހިރުނދު ދޫންޏަކީ 12 އާއި 18 މިލިމީޓަރުގެ ދިގުމިނަށް ބޮޑުވާ ސޫތްޕެކެވެ. މި ވައްތަރުގެ ސޫތްޕަށް ދޮންމޫސަދޫނި، ދޮންކޮކޮޑި ދޫނިވެސް ކިޔާއުޅެއެވެ.
ރާއްޖޭގައި އާންމުކޮށް މި ސޫފި އުޅެނީ ހިރުނދުގަހުގައެވެ. ނަމަވެސް ކަފަގަހުގައާއި އޮކްރާ (ލޭޑީސްފިންގާ) ގަހުގައި މިސޫފި އުޅެއެވެ. ސައިމާގަހުގައިވެސް މިސޫފި އުޅެއެވެ.
އާންމުކޮށް ގަސްތަކުގައި އަޅާ މަލުންނާއި އޮށްތަކުގައި ހުންނަ ދިޔަ މިސޫފި ބޭނުންކުރެއެވެ. އެއަށްފަހު އެއްޗެއް ނުކައި ގިނަދުވަހު މިސޫފި ދިރިއުޅެއެވެ. މީގައި ހުންނާނީ ކަޅުކުލައިގެ ތިކިތަކެއް ޖަހައިފައެވެ. އެންމެ ވައްތަރުވާނީ މާމަކުނާއެވެ.
މި ސޫފީގައި ހަ ފައި ހުރެއެވެ. ފައިގެ މަތީބަޔާއި ފިޔަ ހުންނަނީ ރަތްރީނދޫ ކުލައިގައެވެ.
މި ސޫފީގެ އަންހެން ވައްތަރު 60-90 އާއި ދެމެދުގެ އަދަދަކަށް ބިސްއަޅައެވެ. ބިސްއެޅުމަށްފަހު ހުންނަނީ ބިންމަތީގައި ފަސްއަޅާ ފޮރުވާފައެވެ. މި ބިސްތަކުން ކުދި ސޫފިތައް 5 ދުވަސް ތެރޭގައި އުފެދި ފުރާ ފުރިހަމަވާން 30-40 ދުވަހުގެ މުއްދަތެއް ނަގައެވެ.
މައުލޫމާތު: އައިނެޗުރަލިސްޓް










Addu meehun kiyany dhonkamana…aharemen rashu maradhu meehun thiya kiyany dhonkamana
Dhonkokkoda Addu meehun kiyaa goh. 1